ޚަބަރު / ސުޕްރީމް ކޯޓް

މާރާމާރީއެއްގެ މައްސަލައެއްގައި ވީޑިއޯއަށް ބާރުދީ، ކުށް ސާބިތުވެއްޖެ

ސުޕްރީމް ކޯޓް: މާރާމާރީއެއްގައި ލިބުނު ވީޑިއޯއަކަށް ބާރު ދީ، ސުޕްރީމް ކޯޓުން ވަނީ ކުށް ސާބިތުވާ ކަމަށް ނިންމާފައި --- ފޮޓޯ/މިހާރު

14 ޖުލައި 2024 - 16:21

14 comments

ތޫނު އެއްޗެހިން މީހަކަށް ހަމަލާދިން މައްސަލައެއްގައި ބައިވެރިވި ކުޑަކުއްޖެއްގެ މައްސަލާގައި ލިބުނު ވީޑިއޯ ފުޓޭޖްތަކަކަށް ބާރު ދީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ 2018 ގައި މާލޭގައި މީހަކަށް ތޫނު އެއްޗެހިން ހަމަލާދިން މައްސަލާގައި ދައުލަތުން ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދައުވާކުރީ ހަމަލާދިން މީހާ ގޮވައިގެން އެ ސަރަހައްދުން ސައިކަލެއްގައި ގޮސްފައިވާތީ އެވެ. އެ ކުއްޖާއާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ނަމަވެސް، ވީޑިއޯ ފުޓޭޖްތަކެއް އެ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އެވެ. އެކަމަކު، ޖުވެނައިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ ވީޑިއޯތަކާއި އޭގެ އެނަލިސިސް ރިޕޯޓަކީ ގަރީނާއެއް ކަމަށް ވާތީ އޭގެ މައްޗަށް ބިނާކޮށް ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހަމަލާދިން މީހާ ގޮވައިގެން ސައިކަލުގައި ދިޔައީ އެ ކުއްޖާ ކަމަށް ސިއްރު ހެކިވެރިޔާ ބުނާއިރު، ވީޑިއޯ ފުޓޭޖްތަކުން ފެންނަ މީހާއާ އެ ކުއްޖާގެ ސިފަތައް ދިމާވާ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓްގައި ބުނާ ކަމަށެވެ. ވީޑިއޯތަކަކީ ގަރީނާއެއް ކަމަށް ވާތީ އޭގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުވާނެ ކަމަށް ހައި ކޯޓުން ބުނެފައިވީ ނަމަވެސް އޭގެ އެއްވެސް އަސާސެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

"ހަމައެކަނި ގަރީނާއިން ޖިނާއީ މައްސަލައެއް ސާބިތު ނުވާނެ ކަމުގައި ބަޔާން ކޮށްފައި ވާއިރު، އެއީ ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫނެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ސިއްރު ހެކިވެރިޔާގެ ބަހުން، އެކަމުގައި އެ ކުއްޖާ ބައިވެރިވިކަން ކަށަވަރު ނުވާ ކަމަށް ޖުވެނައިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ ރަނގަޅަކަށް ނޫނެވެ. އެ ހެކިވެރިޔާ ކޯޓުގައި ދިން ހެކިބަހަށް ބަލާއިރު، އެ ކުއްޖާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެގޮތުން ވީޑިއޯ ފުޓޭޖްތަކާއި އޭގެ އެނަލިސިސް ރިޕޯޓަށް ބެލުމުން ސިއްރު ހެކިވެރިޔާގެ ބަހަކީ އާދަޔާ ހިލާފު ތެދެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ ހުރިހާ ހެކިތައް ހުރީ ދައުވާ ލިބޭ ކުއްޖާއާ ދެކޮޅަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެންމެ ހެކިވެރިއަކު ހުންނަ ހާލަތުގައި އޭނާގެ ބަހުގައި އެތެރެފުށާއި ބޭރުފުށް އެއްގޮތްވާ ނަމަ ކުށް ސާބިތުވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ އެ އުސޫލަކީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އެކަނި ބޭނުން ކުރެވޭނެ އުސޫލެއް ނޫނެވެ. ގުޅުވާލެވޭ ގަރީނާ ހުންނަ އެ ނޫން މައްސަލަތަކުގައި ވެސް އެ އުސޫލު ބޭނުން ކުރެވޭނެ ކަމަށާއި އެގޮތުން މި މައްސަލާގައި ސިއްރު ހެކިވެރިޔާގެ ބަހުގެ ތެދުކަން ދެން ހުރި ގަރީނާތަކުން ކަށަވަރުވާ ކަމަށް ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އަދި އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ކުއްޖާގެ މައްޗަށް ކަނޑައަޅާނެ އަދަބާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ ތަހުވީލްކުރީ ކަަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.

14 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2008

15 July 2024

2018 ގެ ހިނގައިދިޔަ ކަމެއް. މިއީ 2024. އަވަސްތާ ދޯ 7 އަހަރު.

The name is already taken The name is available. Register?

raajje

14 July 2024

ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް އެއްވެސް އަސާސެއް ނެތްވާހަކަތަކެއްދެއްކުމަށްފަހު ނުވަތަ ސަބަބެެއްކަމަށް ބެލުމަށްފަހު ހައިކޯޓުން މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާކަމަށް ސުޕުރީމްކޯޓުގެ ހުކުމުގައި ސާފުކޮށްބުނެފައިވާތީ ދަށުކޯޓުތަކާ ހައިކޯޓުގެ ފަނޑިޔާރުންގެ ޢިލްމީގާބިލުކަމާމެދު ސުވާލުއުފެދޭ، ޢިލްމީގާބިލުކަމުގެ އިތުރުން ކޮންމަންސެންސު އަދި ކިޔަވާފައިހުރިއެއްޗަކާ ތަޖުރިބާ މައްސަލަތައްބެލުމުގައި އެޕުލައިކުރަން ނޭންގޭކަންފާހަގަކުރަން،

The name is already taken The name is available. Register?

މަރުހަބާ

14 July 2024

ވީޑިއޯ ފުޓޭޖަށް މިގައުމުގެ ޝަރުއީ ދާއިރާގަ ލިބުނު ފުރަތަމަ ކާމިޔާބުނަމަ އެކަމާމެދު ހަވާ އަރުވާނެ މީހަކު ނެތްތަ

The name is already taken The name is available. Register?

މުރީދު

14 July 2024

ޒަމާނީ ޓެކްނޯލޮޖީ އާއި ސައިންސްގެ ކުރިއެރުންތައް ޝަރުއީ ދާއިރާގައިވެސް ބޭނުންކުރާތަން ފެނުމުން ވަރަށް ހިތްހަމަޖެހޭ.

The name is already taken The name is available. Register?

އަނދުނެއްއެޅުވީ

14 July 2024

ކީއްވެ އަދބުނުދީ ދަށު ކޯޓަށް ތި ފޮނުވާލީ؟ ތިޔައީ ޙުކުމަކަށް ވާނީ އަދަބު ދިންނަމަތާ. ތިޔަކަންވެސް ތި ނިމުނީ. ތައްޔިތުންގެ ލޮލުގަ އަނދުން އަޅުވަނީ

The name is already taken The name is available. Register?

ވާނުވާ78

14 July 2024

އެއީ އެކަން ގާނޫނުނުގަ އޮންނަ ގޮތް. ފަނޑިޔާރުން ބޭނުންހާ ގޮތަކަށް ނޫން ހުކުން ކުރަނީއެއް

The name is already taken The name is available. Register?

ގފދރ

14 July 2024

ސުޕްރީމް ކޯޓުގެ މިހާރުގެ ޙުކުމްތަށް ހަމަ ވ ސަޅި. ގާނޫނީ ގޮތުންނާއި ޢިލްމީ ގޮތުން އަދި ޢަދުލުވެރި ކަމުގެ ގޮތުންވެސް ހަމަ ވ ކޮލި.ދެރައީ މިހާރުގެ ސަރުކާރުން ބެންޗް ބަދަލުކޮށް ގަޑު ބަޑު ކުރަން މަސައްކަތް ކުރާތީ.

The name is already taken The name is available. Register?

އަލުން ބަލާލާ

15 July 2024

ނޫނޭ. މިހާރުގެ ސުޕްރީމް ކޯޓުގެ ޖިނާއީ މައްސަލަތައް ޖުމްލަކޮށް ރަނގަޅު. އެކަމަކު މަދަނީ މައްސަލަތަކުގަ ޖަހަމުންދާ ސަކަރާތުގެ ނަތީޖާ އެތައް އަހަރަކުންވެސް ހައްލެއް ނުވާނެ.

The name is already taken The name is available. Register?

ކޮރަލް

14 July 2024

ހުކުމް ގޯހެއް ނޫނެވެ. ކޯޓުތަކުން ކުށް ސާބިތުކުރަން ބޭނުންވާ މައްސަލަތަކުގައި ކުށް ސާބިތުވޭ. ހާއްސަ ކޮށް ސިޔާސީ ކަންކަމުގަ ޝަރީއަތް އަވަސް ވެފަ ހުކުމް ވެސް އަވަސް ވެ އެވެ. ޑްރަގް އަށް ވީމަ ހެކި ގެއްލެނީ އެވެ. ސިއްރު ހެކީގެ ސިއްރުކަން ގެއްލެނީ އެވެ.

The name is already taken The name is available. Register?

ލައިޓް

14 July 2024

ތާރީޙި ދުވަހެއް! ސުޕްރީމްކޯޓްއަކީ ނަމޫނާ ބާރެއް! މިއަދު މިދެކޭ ޑިމޮކްރެސީއިން ލިބުނު ހަމައެކަނި ފޮނިމޭވާ!

The name is already taken The name is available. Register?

އަފްރާސިޔާބު

14 July 2024

އަސްލުގައި ހެކިދޭ މީހަކު ހުރުމާއި ހުރިހާ ގަރީނާ އަކާއި ހުއްޖަތުތައް ހުރީ ދައުވާ ލިބޭ މީހާއާ ދެކޮޅަށް ކަމަށްވާއި ދެން ސާބިތު ނުވެޔޭ ބުނުމަކީ ބޮޑު ޖޯކެއް. ސީސީ ޓީވީގެ ފޫޓޭޖް އާއި އެކަން ކުރަނި ކޮށް ނަގާފައިވާ ވީޑިއޯއާއި ފޯޓޯ ފަދަ ތަކެތި ގަބޫލު ނުކުރެވޭނަމަ ކީއްކުރާ އެއްޗެއް.

The name is already taken The name is available. Register?

ހީވަނީ

15 July 2024

ހީވަނީ މިއީ ފަނޑިޔާރެއް ހެން. ލޮލް. ތި ސުޕްރީމް ކޯޓުގެ ކިތަންމެ ނިންމުމެއް ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ނިންމާފަ އެބަ ހުރި. އާދައިގެ މީހުންގެ މައްސަލަވީމަ ހެޑްލައިންތަކަށް ނާރަނީ.

The name is already taken The name is available. Register?

ގޮއްޔެ.

14 July 2024

ކޯޓުތަކުން ކުށް ސާބިތުކުރަން ބޭނުންވާ މައްސަލަތަކުގައި ކުށް ސާބިތުވޭ. އެކަމަކު މީހަކު މަރާލައިގެން ހުށަހަޅާއިރު ވީޑިއޯ ނޫން ކޮންމެ އެއްޗެއް ހުށަހެޅިއަސް ޙުކުމް އަންނައިރު މި ބުނަނީ ސާބިތުވާ ވަރަށް ހެކިނެތްކަމަށް. އެއީ ފަނޑިޔާރުން ސާބިތުކުރަން ބޭނުން ނުވާ މައްސަލަތަކުގައި. އޭގެ މައްސަލަތައް އެންމެ ގިނައިން ފާހަގަވަނީ މަސްތުވާ ތަކެތީގެ މައްސަލަތަކުގައި. ސަބަބެއް އެއްގޮތަކަށްވެސް ނޭނގެ. މިހެން ބުންޏަސް ބުނާމީހާ ޖަލުގޮޅިއަށްވެސް ފައްތަފާނެ.

The name is already taken The name is available. Register?

ކުދެކަލޯ

14 July 2024

މީ މި ބުނާ ވާހަކަ. ހައިކޯޓުގަ ނެތީތަ ފެންވަރު ރަގަޅު ގާޒީން. މަހާޒަކީ ހަމަ ތަފާތު ގާޒީއެއް. ސަޅި ހުކުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454