ޚަބަރު / ހައި ކޯޓް

އެއް މިލިއަން ޑޮލަރު ހޯދަން ޔާމީނަށް ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ: ބީއެމްއެލް

ޔާމީން: އެމަނިކުފާނު އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވި އެއް މިލިއަން ޑޮލަރު ހޯދަން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ބުނޭ --- ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަނާ ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ޔާމީން ޖަމާ ކުރެއްވި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަނބުރާ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އެ ބޭންކުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓެއްގައި ޔާމީންގެ ފަރާތްޕުޅުން އެއް މިލިއަން ޑޮލަރު ޖަމާކުރި އެވެ. އެއީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ ފައިސާ އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށެވެ.

އެކަމަކު ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ. އެހެންވެ، ބޭންކުން އިޖްރާއީ ނުކުތާއެއް ނެގީ އެ ދައުވާ ބޭންކުގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފް ކުރި އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލުން ބުނީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ މުއާމަލާތުގެ ބައިވެރިއެއް ނޫން ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.

ބޭންކުގެ ވަކީލުން ބުނީ ކޮންޓްރެކްޓެއްގައި ނުހިމެނޭ ބައިވެރިއެއްގެ މައްޗަށް އެ ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަކީ އިޖްރާއީ ނުކުތާއެއް ނެގި ނަމަވެސް އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭ ފަދަ ކަމެއް ކަމަށް ވަކީލުން ބުންޏެވެ.

ބޭންކުން ބުނިގޮތުގައި އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ދޫކުރެވޭނެ ގޮތްތައް ޔާމީނާއި އޭސީސީއާ ދެމެދު ހެދި އެއްބަސްވުމުގައި އެބައޮތެވެ. އެހެންވެ، އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާ ކުރިޔަސް ކުރަން ޖެހޭނީ އޭސީސީގެ މައްޗަށް ކަމަށާއި ނަމަވެސް ޔާމީންގެ ފަރާތުން އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާކުރީ ވެސް ބޭންކުގެ މައްޗަށް ކަމަށާއި އަދި އޭސީސީގެ މައްޗަށް ދައުވާކުރީ ފަހުން ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.

ބޭންކުގެ ވަކީލުން ބުނިގޮތުގައި ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ އެ ފަރާތުގެ ހުއްދަ ނެތި އެހެން މީހަކަށް ދޫ ކުރުމުގެ ހައްގެއް ބޭންކަކަށް ނޯންނާނެ އެވެ. އެހެންވެ، ބޭންކުން އެދުނީ އެ މައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.

އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށްފަހު އެވެ.

އެ މައްސަލަ ނިމެންދެން އެ މައްސަލަ ސިވިލް ކޯޓުގައި މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.

10 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުނާ

18 July 2024

ކޯޓަކަށް ގޮސްގެން ބީއެމްއެލްއަށް އެއްވެސް ކޭސްއެއް ވިން ވި ތޯ؟

The name is already taken The name is available. Register?

ޑައިޖިން

16 July 2024

އެއްކަލަ ވިއްކި ކޮންމެ ރަށަކުން "ޑޮލަރު ގަންނަން" މިމަނިކުފާނަށް ދޭންޖެހޭ އެއް މިލިޔަން ޑޮލަރު ދޯ؟ ތިޔަ ވާނެ ހޯދަން ކޮންމެހެންވެސްް!

The name is already taken The name is available. Register?

ޖަލީލީ

16 July 2024

މިހާރު ޑޮލަރު ހުރި ރޭޓުން ބަލަންޔާ 18 މިލިއަން ރުފީޔާއޭ އިނގޭތޯ އެއީ. ވިޔަފާރިއެއް ކުރާ މީހެއްނޫން. 5 އަހަރުގެ ދައުރެއް ނިންމާލާއިރު މި ހުންނަނީ ބިލިޔަނަރަކަށްވެފަ. އަދި މީ ފެންނަން އޮތް ކަންތަށް. ނުފެނި ފޮރުވާފަ ކިހާ ކަމެއް ހުންނާނެތޯ. ޕޯޑިއަމް ތަކަށް އަރާ މޮޅު ވާހަކަ ދައްކަން ލަދުގަންނަންޖެހޭ. ކޯޓް ތަކުން ސަލާމަތް ވިޔަސް ﷲ ގެ ހަޒުރަތުން ސަލާމަތް ނުވެވޭނެ.

The name is already taken The name is available. Register?

އަސަަރަފަ

16 July 2024

ރޔ ކުރާ އަނިޔާ ހުއްޓާލާ

The name is already taken The name is available. Register?

ހާމާނު

15 July 2024

1 މިލިއަން ޑޮލަރު ގެއަށް ވެއްދީމަ ހުދު ނިބިހޫރުވެސް ނާހާނެ އެއީ ހަލާލު ފައިސާތޯއެއް... ހެހެހެހެހެ

The name is already taken The name is available. Register?

ބަންކަރު

15 July 2024

އެޑޮލަރު މިޑޮލަރު.

The name is already taken The name is available. Register?

އެހެ

15 July 2024

ވައްކަމެއް ކުރަންޏާ މިހާ ގަޓު ހުރެގެން ވައްކަންކުރަންވާނީ. ވައްކަން ކޮށްގެން ހޯދި ފައިސާ ހިފެހެއްޓީމަ އެ ހޯދަން ދައުވާ އެކުރަނީ. އެމް.އެމް.ޕީ.އާރު.ސީ މައްސަލާގަ ކެރިހުރެގެން ލާރި ލިބުނުކުމަށް ކޯޓުތަކުގައިވެސް ބުނަން ކެރުނީ ރައީސް ޔާމިނަށް އެކަނި. ދެރަކަމަކީ ކޯޓަށް އެއީ ވައްކަންކޮށްގެން ހޯދި ފައިސާކަން ޔަގީންނުވާތީ.

The name is already taken The name is available. Register?

މމޕރޗ

15 July 2024

ގައުމެއްގެ ވެރި އަކު 1މިލިޔަނުން ވައްކަން ކުރިޔޭ ބުނީމަ ހައިރާން.ކާކު އެކައުންޓަށް ފައިސާ ލީ. އެމީހާ އަދިވެސް ނުފެންނަނީތަ.މިދެން އަރަތެއް.މިފައިސާ ބޭންކުގެ ފައިސާ އަކަށް ނުވާނަމަ އެ ޖަމާ ކުރިމީހާ އަށް ދޭން ވީނު.މައުމޫނު ދިޔަފަހުން މިގައުމުގަ ސަރިއަތެއް ނުނިމޭ.

The name is already taken The name is available. Register?

ވަގުވުމަކީގަޓުވުމެއްނޫން

15 July 2024

މަކަރާހީލަތްހަދާ ވައްކަންކޮށް ކޮރަޕްޓަވުމަކީ މާގަދަކަމެއްނޫން. އެކަންކުރެވޭ ކޮންމެމީހަކަށްވެސް އަދި ގަދަދެއްކޭނެ ނުލަފާ ޖައްބާރުކޮށްމެ މީހަކަށްވެސް. ކަންކަން ހެޔޮމަގުގަ ކުރެވޭނީ ވަރަށް ހިއްވަރުހުރި ގަޓުމީހުންނަށް.

The name is already taken The name is available. Register?

ޓޫރިޒަމް ޕޮރޮމޯޝަން ބޯޑު

16 July 2024

"ވަގުވުމަކީގަޓުވުމެއްނޫން" ތިބުނީ ވަރަށް ބޮޑު ހަގީގަތެއް. ނަމަވެސް ރައީސް ޔާމީން ތިޔައިގެން އިސްތިސްނާވޭ.. ރައީސް ޔާމީން އަކީ ސ.ކޯޓު ފުރާޅުން ޓިނުނަގައިގެން (ކޮރަޕްޓް) ގާޒީންތަށް ދަމާ ކޫއްތާފަ އިންސާފުގެ ކުރިމައްޗަށް ގެނެއި ގަޓުހުރި ކެރޭ ލީޑަރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454