16 ޖުލައި 2024 - 11:32
ރާއްޖެ އަށް ވަގަށް ސިގިރޭޓް އެތެރެ ކުރި މައްސަލާގައި ކަސްޓަމްސްގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، މި ފަހުން ސިގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯ އިން ވެސް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިގިރޭޓް ހިފަހައްޓާފައިވާ ކަމަށެވެ.
ނަމަވެސް އެކަން ކުރި މީހުން ހޯދުމަށްޓަކައި އެ ޝިޕްމަންޓުން ބައެއް މާލެ ތެރެއަށް ދޫކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޮއިންޓުން އަތުލައިގަތީމާ އަޅުގަނޑުމެންނަކަށް ނޭނގޭ ކޮން ބައެއް ހިއްސާވާ އެއްޗެއް ކަމެއް. އެ ހިސާބުން އެކަންތަކުގައި ވަގުތު އެ ތަނުގައި އުޅޭ މީހުން އެކަނި އެނގޭނީ. އެހެންވެ، އަޅުގަނޑުމެން އެއްބައި އެއްޗެހި މާލެތެރެއަށް ދޫކޮށްލައިގެން ފޮލޯ ކުރީ،" މާނިއު ވިދާޅުވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މާނިއު 241 ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ ތަކެތި އެތެރެކުރި މީހުން ހޯދުމަށް އިންޓެލިޖެންސްގެ ވެސް އެހީތެރިކަން ހޯދައިގެން ކުރި ތަހުގީގުން އޭގެ ފަހަތުގައި ތިބީ ކޮން ބައެއް ކަން އެނގުނު ކަމަށް މާނިއު ވިދާޅުވި އެވެ.
އެ މައްސަލާގައި ސަސްޕެންޑްކުރީ ސްކޭން ކުރާ މެޝިން ކައިރީ ހުރި ކަސްޓަމްސްގެ އޮފިސަރަކު ކަމަށް މާނިއު ވިދާޅުވި އެވެ.
ކަސްޓަމްސް އިން މި ފަހުން ވަނީ ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އޮންނަ އިޖުރާއާތު ފުރިހަމަ ނުކޮށް، ސިއްރުން ގެނައި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކޭސްތަކެއް ވެސް އަތުލައިގެންފަ އެވެ.
މިގޮތުން ހަތަރު ތަނަކުން 173 ކޭސް ސިގިރޭޓް އަތުލައިގެންފައިވާ ކަމަށާއި އިމްޕޯޓު ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ދިވެހި ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަވަރު
17 July 2024
އަޑު އަހަން ސައިކަލް ސްޕެއަރ ޕާރޓްސް އާ، ފިޔާ އަލުވި އަލަނާސި ކޭސްތަކާ އެކުވެސް ޑްރަގު އެތެރެކުރާ ވާހަކަ. ޙަޤީޤަތެއް ނޭގޭ. ބައެއްވާހަކަ އެއިރެއްގެ ވެރިކަންކުރާ ޕާޓީ ބޮޑުންނާ ގުޅޭތީ އެންމެން ދަންނަ ބޮޑު ސިއްރަށް ވަނީ.
ވާނުވާވާ
16 July 2024
ކޮންކަހަލަ ހޮޅިވާހަކައެއް މިދައްކަނީ، އިތުރަށް ތިޔަވާހަކަ ދައްކާކަށް ނެތިން، ބޮލެއް ހުރިމީހަކަށް ތިޔަވާހަކަ ދިމާނުވާކަންއިގޭ
ޙުވާ
16 July 2024
ލިޓަސް އިން ސަިކަލް އެތެރެކުރަނީ ކަސްޓަމް އޮފިސަރުންނާ ގުޅިގެންނޯ.. އެކަން ދުވަހަކުވެސް ބެލިންތޯ..
ކެކކ
16 July 2024
މި ސަރުކާރަކީ މިހާ ގިނަ ބަޔަކަށް ފިޔަވަޅު އެޅު ފުރަތަމަ ސަރުކާރު. ރަނގަޅު. ރަނގަޅަށް މަސައްކަތް ނުކުރަންޏާ މީހުންނާ މެދު ފިޔަވަޅު އަޅަންވީ
ކޮރަލް
16 July 2024
ސަރުކާރުގެ އޮފީސް ތަކަށް ކޮރަޕްޝަންގެ މައްސަލަ ތައް ހުށަ ހެޅޭނެ ފަސޭހަ ސޯސަލް މީޑިޔާ ގްރޫޕް އެއް ހަދާ ދިނުން އެދެމެވެ.
ގަބުޅިބާދަލާ
16 July 2024
"ޕޮއިންޓުން އަތުލައިގަތީމާ އަޅުގަނޑުމެންނަކަށް ނޭނގޭ ކޮން ބައެއް ހިއްސާވާ އެއްޗެއް ކަމެއް". މީ އަޖައިބެއްކަހަލަ ވާހަކައެއް. ހިއްސާވާފަރާތް ހޯދަނީ ކީއްކުރަންބާ؟ ކޮންމެވެސްބައެއްގެ ނަމުގަދޯ ގެނެވޭނީ. އެބަޔަކު އެކަމުގެ ޒިންމާއިން ރެކެވޭނެ ގޮތެއްއޮވެގެންނުވާނެ. އެބަޔަކު ބޮޑުއަދަދަކުން ޖޫރިމަނާކޮށް ތަކެތި ހިފެހެއްޓީމަކާ ތިކަމެއް ތަކުރާރެއްނުވާނެ. މިވަރު ނޭގެނީބާ
ހަސީނު
16 July 2024
މިސާލަކަށް އެހެންމީހެއްގެ ނަމުގައެމީހާ އައްނޭންގި އެހެންބަޔަކަށް ވެސްމުދާއެތެރެ ކުރެވިދާނެ. އެހެންނަމަވެސް މުދާފޮނުވިފަރާތްއެގެންޏާ އެއީކޮންބައެއްކަން ހޯދެންވާނެ.
އަފްރާސިޔާބު
16 July 2024
ދިވެހިރާއްޖޭގައި ހައްދާ އެއްޗެހި ނޭނގޭ ފަހަރުގާ. އެކަމަކު މުދަލަކީ އިމްޕޯޓްކުރާ އެއްޗެއްވިއްޔާ ޕޮއިންޓުން އަތުަލައިގަތަސް އެނގޭނޭ އެއީކޮންބައެއްގެ އެއްޗެއްކަމެއް. އެއީ ފައިސާ ދައްކާނީ ކޮންމެވެސް ބޭންކެއް މެދުވެރިކޮށް. މުދާގެންނާނީ އިތުބާރު ހިފޭ މީހެއްގެ ނަމުގައި. ނޫނީ ކޮންމެވެސް ކުންފުންޏެއްގެ ނަމުގައި. އެކަމަކު ކަސްޓަމުމީހުން ކުރާކަންތައް ސިއްރުން ކަސްޓަމުން ނެރެވިދާނެ. އެކަންހިނގަނީ ވަރަށްފުޅާ ދާއިރާއެއްގައި. ދުއްވާލަންބޭނުންވި މިހާއަތުލައިގަތީ
ކޮވެލި
16 July 2024
ތިވެސް ގައުމީ ސަލާމަތާ ބެހޭ ސިއްރެއްތަ. ތިކަން ކުރި މީހުން ނުވަތަ ކުންފުނި ހާމަނުކުރެވިގެން ތިއުޅެނީ.
މަބުނީ
16 July 2024
ކުޑާކޮށް ދެވަނަދައުރެއް އެބަހީވޭ. ހިފަހައްޓާލެވިއްޖެއްޔާ ލައްކަރަނގަޅު.
އަސަރަފަ
16 July 2024
އެބަ ރަނގަޅުވޭ. ތިޔަހެން ހިފަހައްޓާ ލެވިއްޖާ ކިތަންމެހާވެސް ރަނގަޅު