އެޗްއާރްސީއެމްގެ ބައެއް ބޭފުޅުން: މުލީގައި ކަރަންޓު ކެނޑި އަސާސީ ހައްގުތައް ހުއްޓިފައިވާތީ އެޗްއާރްސީއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
18 ޖުލައި 2024 - 20:12
މ. މުލިން ކަރަންޓް ކެނޑި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ބުރޫއަރާފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަންބޮޑުވުން މިއަދު ފާޅުކޮށްފި އެވެ.
އެ ރަށުގައި ހުރި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކެނޑުނީ އިއްޔެގެ ހެނދުނު އެވެ. އަދިވެސް ކަރަންޓު ނުލިބޭ ކަމަށް ކައުންސިލުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ، މުލީގައި ކަރަންޓު ނެތް މައްސަލަ އެ ކޮމިޝަނުން މޮނީޓާ ކުރަމުން އަންނަ ކަމަށާއި އިދާރާތަކާ އެކު މަޝްވަރާކޮށް، އަވަސް ހައްލެއް ލިބޭތޯ ބަލާ ކަމަށެވެ.
ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ ހައްގެއް ދިގު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑިފައިވުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްގުތަކަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށާއި އެއީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްއާރްސީއެމުން ބުންޏެވެ.
"މި މައްސަލަ އަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ކަމާ ގުޅުން ހުރި އެންމެހާ އިދާރާތަކަށް ގޮވާލަން. އަދި މި މައްސަލައަށް ހައްލެއް ލިބުމާ ހަމައަށް މިކަން ކޮމިޝަނުން ވަރަށް ގާތުން މޮނީޓަ ކުރަމުން ދާނެ ކަމުގައި ދަންނަވަން،" އެޗްއާރްސީއެމުން ބުންޏެވެ.
ފެނަކައިން ބުނީ އެ ރަށުގެ ކަރަންޓަށް ދިމާވި ވަގުތުން ފެށިގެން، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން 600 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސް، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އާބާދީގައި 1،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މުލީގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާތީ، ކައުންސިލް މެމްބަރު އަހްމަދު ސާކިފް ވިދާޅުވީ ރޭ ގިނަ ރައްޔިތުން އުޅުނީ ނުނިދާ ކަމަށެވެ. އެހެންވެ، ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ހާލުގައި މި އުޅެނީ. އިއްޔެ އިން ފެށިގެން ކޮންމެހެން ކަރަންޓު ދޭން ޖެހޭ ތަންތަނަށް، ހޮސްޕިޓަލް ކަހަލަ ތަންތަން، ބަހާލައިގެން ދެމުން މި ގެންދަނީ، ބައި ގަޑިއިރުން ބައި ގަޑިއިރުން،" ސާކިފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
20 July 2024
ތިކޮމިޝަނަށްކިޔަންވީ ކަންބޮޑުވާކޮމިޝަން، އެހެންކަމެއްކުރެވޭބައެއްނޫންތީ!
ބޭކާރުދ
19 July 2024
ތިތަންތަން އުވާލާ.
ހަމާރީ
19 July 2024
ބައެއް ކަންކަމުގައި ކަންބޮޑުވުން ފާޅުކޮށްލުން ފިޔަވާ އިތުރު ކަމެއް ކުރެވޭ ތަނެއްތޯ މިއީ. މިލިއަނުން ފައިސާ ޚަރަދުކުރަންޖެހޭ ބޭކާރު މުއައްސަސާއެއް
ބާގިރުގެ ޖާބިރު
19 July 2024
ދެން ކަރަންޓު ކޮޅެއް ކޮތަޅަކަށް އަޅައިގެން ދަގަ ކަލޭމެން މުއްޔަށް. އުވާލަންވެފަ އޮތް ތަނެއް ތިޔައީ.
އަބްޑޫޅް +
19 July 2024
ހޫނ. ބީރަށްޓެހި ރަށެއް ދޯ؟
ޢޭމާލްހަމީން
19 July 2024
ކަރަންޓު މައްސަލަ ނާޒުކު ހާލުގައި އޮންނަތާ ވަރަށް ދުވަސްވެއްޖެ 2 އިންނީނު މަރާމާތުކުރަން ފޮނުވިބސްޕެއާތައްވެސް ފެނަކައިން އަންވައިގެން އެހެން ރަށަކަށް ފޮނުވަލީ. އަދި މިދިޔަ ރަމަލާންމަހު ގެނެއްސަ ހުރި އިންޖީނު އިންސްޓޯލު ނުކޮށް ހުންނަތާ މިއަދަށް 5 މަސްދުވަސްވެއްޖެ. މީކީ ކުއްލިއަކަށް މިއަދު ފޮނުވި އިންޖީނެއްނޫން އެއީ އިންސްޓޯލު ނުކޮށް 5 މަސްދުވަހު ސަތަރި އަޅާފަ ބޭރުބަހައްޓާފަހުރި އިންޖީނު. މީ ފެނަކައިން ބެފާފާ ހަމަބޮޑުބއިހުމާލެއް. ވަރަށްވެދުން
ހަމަދު
19 July 2024
އެއީ ކުރީ ސަރުކާރުގެ ކަމެއް ނޫންތަ؟ އެހެންވީމައި އޯކޭ ވާނެ.
1828
18 July 2024
ކަންބޮޑުވުން ފާޅުކުރުމަކުން ނުނިމޭ.
1828
18 July 2024
ކޮވިޑް-19އަށް ފައްސިވެގެން އެކަހެރިކޮށްގެން އޮންނަން ޖެހޭ މުއްދަތައް ދޫނުކޮށްގެން ގުޅީމައި އަހަރެމެންގެ ހައްޤުތައް ކަށަވަރު ކޮށެއްނުދެވުނު.
ހުސެންބޭބެ
18 July 2024
އަލައްތަ ރަށަކުން ކަރަންޓު ދިޔައީ މަންޖެމެން ތިއުޅެނީ؟؟ ސޯލިހު ދައުރު އަހަރުމެން ތިބީން ހަފްތާއެއް ކަރަނއޓު ނެތި
ރޫހު
18 July 2024
އަލަށްދޯ އަދި ރަށަކުން ކަރަންޓު މި ދިޔައީ!!! އެމްޑީޕީ ވެރިކަމުގަ ނެތިއްޔާ ނިކަން އެކްޓިވް ވާނެ. އެޗްއާރުސީއެމް އާއި ޓްރާންސްޕޭރަންސީ މިވެސް ހަމަ އެކްޓިވް ވާނީ އެ ބައިގަނޑު ވެރިކަމުގަ ނެތިއްޔާ.