އައްޑޫގައި ހިންގާ ޕޮލިސް ކޮލެޖުގައި ކިޔަވާ ދަރިވަރުންތަކެއް ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި.-
21 ޖުލައި 2024 - 20:28
އައްޑޫގައި ހިންގާ ޕޮލިސް ކޮލެޖުގައި ކާނާ ވިހަވެގެން ހާލު ސީރިއަސްވި އެކަކު ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ، ހޮސްޕިޓަލުން ދޫކޮށްލީ އެ ހާދިސާގައި ހާލު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާދިން ދެ ދަރިވަރުންގެ ތެރެއިން ވޯޑަށް ބަދަލުކުރި މީހާ އެވެ.
ސ. ހިތަދޫގައި ހިންގާ ޕޮލިސް ކޮލެޖުގެ ތަމްރީނަށް ދިޔަ ފުލުހުންގެ ތެރެއިން 32 މީހަކު ކާނާ ވިހަވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ ބުދަ ދުވަަހުގެ ރެ އެވެ. އޭގެ ތެރެއިން ފަސް މީހަކަށް އައިސީޔޫގައި ވެސް ފަރުވާދިނެވެ.
އެނގިފައިވާ ގޮތުގައި ޕޮލިސް ކޮލެޖުގައި ކޭޓަރިންގެ ހިދުމަތް ދެނީ ބެސްޓް ސިލެކްޝަން ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ ދަށުން މާލެ އާއި އައްޑޫގައި ވެސް ރެސްޓޯރަންޓުތައް ހިންގާއިރު އެތަނުން ކޭޓަރިންގެ ހިދުމަތް ވެސް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
22 July 2024
ހޮސްޕިޓަލު ބަންދުން ދޫކޮށްލި އިރު އޮތީ ބިޑި އަޅާފަތަ؟