ހުޅުމާލެ މަގުމަތިން ކާރެއް ނަގަނީ.-- ފޮޓޯ: ޕޮލިސް
23 ޖުލައި 2024 - 16:12
ރަޖިސްޓްރީ ނުކޮށް ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން އިއްޔެ ފެށި މަސައްކަތުން އެކި ސަރަހައްދުތަކުން 10 ވެހިކަލެއް ނަގާފައިވާ ކަމަށެވެ.
ރަޖިސްޓްރީ ނުކޮށް ހުޅުމާލޭގެ މަގުތަކުގައި ހުންނަ ވެހިކަލްތައް ކުރިއަށް އޮތް ތަނުގައި ވެސް ނަގާނެ ކަމަށާއި އަދި މަގުތަކުގައި ހުންނަ ވެހިކަލްތައް ރަޖިސްޓްރީކޮށްފައި ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަގުމަތީގެ ރައްކާތެރި ކަމަށް ކުރާ މަސައްކަތުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅު އެޅުމުގެ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށެވެ.
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
24 July 2024
ވެހިކަލު ސަރުކާރައް ނެގުމަށް ފަހު، އެ އަށް ވާގޮތް، ރައްޔިތު މީހާ އަށްދައްކަން ޖެހޭނެ. މީހުން އެއްވެވޭނެ ތަނަކަށް ވެހިކަލް އާއި އޭގެ ވެރި މީހާ ގެންދިޔުމަށް ފަހު، ވެރިމީހާއާއި ކުޅިބަލަޏް އެއްވާ މީހުންނާއި ޓިވީ ކެމެރާ ތަކުގެ ކުރިމަތީ، ވެހިކަލްގެ މައްޗަށް ބަރު އެއްޗެއް ވާއްޓާލައި. ވެހިކަލް، ޗިސްކޮށްލާ ތަން ރައްޔިތު މީހާ އަށް ދައްކަން ފެށުމުން، މިކަން ހައްލު ވެދާނެ.
ސުފްޔާން
24 July 2024
ބަރާބަރު. ތި އުޅަނދުތައް ބާ ދަގަޑައް ވާއިރުވެސް ނުނަގާ ބައެއް މީހުންތިބޭ. އޭގެ ސަބަބުން ޕާރކޮށްލާނެ ޖާގައެއްވެސް ނުލިބޭ
އަރްގަމްް
24 July 2024
މި ފިޔަވަޅަކީ ތޮއްޖެހުން ކުޑަކުރުމަށާއި ޓްރެފިކް ފްލޯ ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ފިޔަވަޅެއް
އަންސާމްް
24 July 2024
ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ނަގައި ރައްކާތެރި މަގުތައް ކަށަވަރު ކުރުމަށް ފިޔަވަޅު އަޅަމުންދާތަން ފެނުމަކީ އުފާވެރި ކަމެއް.
ދޭހިލޭ
24 July 2024
މުއްސަނދި ނުލަފާ އަނިޔާވެރިންގެ ކިބައިން މަގުމަތި ސަލާމަތްވެގެން ނޫނީ ނިކަމެތި ރައްޔިތުންނަށް ހަމަޖެހުމެއް ނެތް. މުއްސަނދިންގެ ކިބައިގައި ނުލަފާކަމެއް ނެތް ނަމަ ބޮޑު އަގު ދީފައި އަގުބޮޑު ކާރުތައް ގެނެސް ނިކަމެތި ރައްޔިތުން ހިނގައި އުޅެން އޮންނަ ތަންތަނުގައި ބާއްވައެއް ނުހަދާނެ. ބޮޑު އަގު ދީފައި އަގުބޮޑު ކާރު ގަންނަ ގޮތަށް އަގުދީފައި ބާއްވާނެ ގަރާޖެއްވެސް ގެންގުޅޭނެ. ހަގީގީ ނުބައި ނުލަފާކަމާއި އަނިޔާވެރި ވުމަކީ މިއީ.
އަނާނު
24 July 2024
ގަވާއިދާ ހިލާފަށް ކަންކަން ކުރަންޏާ ފިޔަވަޅު އަޅަން ޖެހޭނެ
ބާސިލް
24 July 2024
ތިހެން ހުންނަ ކާރުތަކުން ބައެއް ފަހަރު ވަރަށް އުނދަނގޫވޭ. ބައެއް ފަހަރު ދުވާރު މަތީވެސް ޕާކުކޮށްފަ އެބަ ބަހަށްޓާ ކާރުތަށް
ކަލާމު
24 July 2024
ތިހެން ބަހަށްޓާފައިި ހުންނަ ބާ ކާރުތަށް ބާ ދަނގަޑަށް ވިއްކާލަން ވީނު
މިންހާޖު
24 July 2024
ބަރާބަރު ކަމެއް. ގަވާއިދާ ހިލަފަަށް ކުރާ ކުރިހާ ކަމެއް ހުއްޓުވާ އެކަން ކުރާ މީހުުންނަށް ފިޔަވަޅުއެޅެން ވާނެ
ވޯލް
24 July 2024
މާލެގައި އޮންނަ ވަހިކަލްތަކޯ،