މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބަނގުރާފުޅިތަކެއް ނައްތާލަން ތައްޔާރުވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
24 ޖުލައި 2024 - 15:03
ގިނަ އަދަދެއްގެ ބަނގުރަލާ އެކު ތިން ބިދޭސީން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ބަލާ ފާސްކޮށް 24 އަަހަރާއި 29 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ތިން މީހުން ވެސް ޑީޕޯޓުކުރަން އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 141 ފުޅި ފެނިފައިވެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
24 July 2024
ގާނޫނުތައް ހަރުދަނާކޮށް، މަރާއި ވައްކަމާއި ނުރައްކާތެރި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގް މާރާމާރީ ފަދަ ކުށްތަކަށް އިސްކަންދީ އެކަންތައް ހުއްޓުވައިގެން އެހެން ކަންކަމާ އުޅެންވީ ފުލުހުން. މިއީ މިގައުމުގެ ހަލާކު ގައުމުގެެ ހާލަތު ރަނގަޅު ކުރެވޭނީ މި ވަބާތައް މުޅިން ނައްތާލައިގެން.
ކޮރަލް
24 July 2024
ގިނަ އަދަދެއްގެ ބަނގުރަލާ އެކު ތިން ބިދޭސީން އިއްޔެ ހައްޔަރުކޮށްފި އެވެ. ޑިޕޯޓް ކުރުމުގެ ކުރީން އެމީހުންގެ އެކައުންޓް ތައް ފްރީޒް ކޮށް އެފައިސާ ސަރުކާރަށް ނަގަން ވީ އެވެ.
ހިޔާލު އަލީ
24 July 2024
ކީއްވެ އަދަބު ނުލިބި، ޑީޕޯޓޤ ކޮއްލަނީ؟ ތިގޮތަށް ހެދީމަ އަމިއްލަޖީބުން ހަރަދުނުކޮށް ގައުމަށްދާން ބޭނުންވާ މީހުން ކުރާނީ ކުށްތައް. ދިހަ ފަނަރަ އަހަރު ޖަލުގަ ބާއްވާފަ ޑީޕޯޓް ކޮށްލަންވީ.
ހުސެންް
24 July 2024
ރަގަޅުކަމެއް
އެކް
24 July 2024
އެންމެ ގިނައިން ރާވިއްކަނީ ލަންކާމީހުން މާލެތެރެޔައް ދެން ބަންގާޅިން މިކަން ހުއްޓުވަން އަވަސް ކުރޭ..
ސަލީމު އިދުރީސް
24 July 2024
ތިއީ ތެދެއްނޫން ވިލާކުންފުނިން އެކަނިވެސް ލައްކާމީހުނާ ބަންގާޅިން ނައްވުރެ ގިނަ ބަނގުރާ ވިއްކާނެ! ބަނގުރަލުގެ ހުކުމަކީ ވިއްކިމީހެބުއިމީހެކޭ އެއްވަރުކަމައް! މަޖިލީހުގަ ބަންގީގެ އަޑުއިއްމައް ވުރެ ރަނގަޅުވާނެ ރާއްޖޭގަ ބަގުރަލާ އޫރުމަސް ނުވިއްކޭ ގޮތައް ގާނޫނެއް ހެދިއްޔާ
ބަބްސް
24 July 2024
ކޮން ގާނޫނެއްގަތަ އޮތީ ޑިޕޯޓްކުރަން ... މިއީ ދިވެހިން އަޑީގަ ތިބެގެން ކުރާކަންކަން. ޑޮޕޯޓް ކުރާއިރަށް އަނެއް ބެޗް އަންނާނެ.