ލައިސަންސް ޓެސްޓް ހަދާ ސަރަހައްދުގައި މީހަކު ސައިކަލެއް ހިފަހައްޓާލައިގެން --- ފޮޓޯ/މިހާރު
25 ޖުލައި 2024 - 11:05
ޑްރައިވިން ލައިސަންސް ޓެސްޓް ހެދުމުގެ ނިޒާމު ބަދަލުކޮށް، އެއްގަމު އުޅަނދުތަކުގެ ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާހުކުރި "މާލެ ފަހި" ޕްރޮގްރާމްގައި ވާ ގޮތުން މިނިސްޓްރީން ލައިސަންސް ދޫކުރަމުން ގެންދާ އުސޫލުތައް މުރާޖާކޮށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހެ އެވެ.
އެގޮތުން ތިއަރީ ޓެސްޓް ދިނުމުގައި ކޮމްޕިއުޓަރައިޒްޑް ރައްކާތެރި ސުވާލު ލިސްޓެއްގެ ތެރެއިން ތިއަރީ ޓެސްޓު ދެވެނެ ނިޒާމަކަށް ބަދަލު ކުރުމާއި ފަރިތަކުރަން ޓެސްޓު ހެދުން ހަރުދަނާ ކުރުން ހިމެނެ އެވެ.
އެގޮތުން ފަރިތަކުރަން ހަދާ ޓެސްޓު ފުލުހުންގެ ބެލުމުގެ ދަށުން ނުވަތަ އެކަމުގެ ހަރުދަނާ ސިސްޓަމެއް ގާއިމްކޮށްފައިވާ ބައެއްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ މިވަގުތު ހާލަތައް ބަލާއިރު ގެންނަންޖެހޭ ބަދަލެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެއްގަމު އުޅަނދުތަކުގެ ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީ ބަދަލުކޮށް، އެ ޕޮލިސީގެ ދަށުން ދެވޭ ކަވަރޭޖަށް ބަދަލު ގެންނާނެ ކަމަށް ވެސް އެ ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ލައިސަންސް ނެގުމަށް ޓެސްޓު ހެދުން މިހާރު ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީންނާއި މިނިސްޓްރީން ހުއްދަ ދީފައިވާ ރަށްރަށު ކައުންސިލް ތަކުންނެވެ. މާލެ ސަރަހައްދުގައި މިހާރު ލައިސަންސްގެ ފަރިތަކުރުމާއި ޑްރައިވިން ޓެސްޓް ހެދުން ކުރިއަށް ގެންދަނީ ހުޅުމާލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ ދީދީ
27 July 2024
އިންޝުއަރެންސް ޕޮލިސީތަކަށް ބަދަލު ގެނެސް، މަޖުބޫރު ކަމަކަށް ވަންޏާ އެކަން ނުކުރާ މީހުން ކުށްވެރި ވާނެ ގޮތަކަށް ހަދަން ޖެހޭ. ފާއިތުވި ރަމަޟާްން މަހު އަހަރެން ދުއްވި ކާރުގައި އިންޝުއަރ ނުކުރާ ކާރަކުން ޖެއްސި، ނުގަވާއިދު ފަޅިން ދުއްވާފަ އައިސް… ފުލުހުން ބުނީ އެ ކާރު ދުއްވި މީހާ ކަމަށް އިހުމާލު ވަނީ، ނަމަވެސް ބަދަލެއް ހޯދޭނެ ގޮތެއް ނެތޭ، ކޯޓަށޭ ދާން ޖެހޭނީ… ކޮބާ އިންޝުއަރެންސް މަޖުބޫރު ކުރުމުގެ ބޭނުމަކީ؟؟
ރޮދިކަޅޭ
26 July 2024
ޓެސްޓު ގެ މައްސަލައެއްނޫން މިތާ އުޅެނީ. ނުގަވާއިދުން ދުއްވާ މީހުން ނަށް އެކަން އަންގާދިނުމުގެ މައްސަލަ އުޅެނީ. އަންގާ ދޭނެ ގޮތެއް އިނގޭނީ އިދާރަތަކަށް ތާ. އެކަން ކުރާނަމަ މީހުން ގަވާއިދަށް ފެތެންފަށާނެ. ދެން ކޮންމެތާކު ވެސް ޖަނވާރުން އުޅޭނެ.
ޒިބްރާ ކްރޮސަ
26 July 2024
އެއް ލަކިން މާ ސަޅިވާނެ.
ކުރުބެ
25 July 2024
”އެގޮތުން ފަރިތަކުރަން ހަދާ ޓެސްޓު ފުލުހުންގެ ބެލުމުގެ ދަށުން ނުވަތަ އެކަމުގެ ހަރުދަނާ ސިސްޓަމެއް ގާއިމްކޮށްފައިވާ ބައެއްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ މިވަގުތު ހާލަތައް ބަލާއިރު ގެންނަންޖެހޭ ބަދަލެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ“. މާލެ ފަހި ޕްރޮގްރާގެއް ގެ ދަށުން ކުރަން ރާވައިފައި ހުރީ މުޅިންވެސް ޕްރެއޮވެޓައިޒް ކޮށް ޕާޓީކިސިންގެ ކުންފުނިތަކަށް މިހާރު މުއައްސަސާތައް ކުރާކަންތައް ހަވާލު ކުރުން.
އަލީބެ
25 July 2024
ކޮމްޕިއުޓަރ ގޭމްގޮތަށް ސައިކަލް ދުއްވުން ޓެސްޓްކުރާނެ އެޕެއް ހަދަންވީ. އޯވަރޓޭކް ކުރާނެ ގޮތްތަކާ ބޮޑަތި ވެހިކަލް ތަކުގެ ކައިރިން ދާނެގޮތް އަދި ވެހިކަލްތަކުގެ ތެރެއިން ގޯޅިއަޅާނެ ގޮތާއި ޒިބްރާކްރޮސްއަންނައިރު ބަލަންޖެހޭ ހާލަތްތައް. އަނެއްކަމަކީ ޒިބްރާ ކްރޮސިންކައިރީ ނިޝާން ބެހެއްޓުން.
ފުރޭންކުލިން
25 July 2024
ޕްރެކްޓިކަލް ޓެސްޓެއް ހެދުމުގެ ބަދަލުގަ ޖީޓީއޭ ފަހެއްގަ ޓެސްޓު ހަދާގޮތަށް ބަދަލު ކުރުން ބުއްދިވެރި. މިކަމުން މާލޭގެ ޓްރެފިކް މައްސަލަ ހައްލު ވެގެން ދާނެކަން ޔަޤީން.
ލައިސަންސް
25 July 2024
އެބަލިބޭ ރޯޑްވާދީ ގޮތަށް އައިޑީ ކާރޑް ފޮނުވާލީމަވެސް
ކޮރަލް
25 July 2024
ރާއްޖޭގަ ލައިސަންސް ހޯދަން އެންމެ ފަސޭހަ އީ ބިދޭސީންނަށެވެ. ތިއަރީ ހަދާކަށް ނުޖެހެ އެވެ. ބައެއް ފަހަރު ޓެސްޓްވެސް ހަދާކަށް ނުޖެހެ އެވެ. ގޭގަ ހުއްޓަ ލައިސަންންސް ލިބެ އެވެ. ދޭން ޖެހެނީ އީފާސްމައުލޫމާތާއި ފޯންނަންބަރެވެ. ދިވެހި ޑްރައިވަރުން ވަޒީފާ ނެތި ހުއްޓަ ބިދޭސީ ޑްރައިވަރުން ބޮޑު މުސާރައިގަ ރާއްޖޭގެ ނެސް ކާރު ދުއްވަން ދަސް ކޮށްދީފަ ވަޒީފާ އެބަ ދެއެވެ.
ދެޖަމަލުގެވެރިއާ
25 July 2024
ރަނގަޅު ވާަހަކައެއް! އަތުން ސައިކަލް ދުއްވާ ފަ ހަދާލެވޭ ކުޑަގޮތަކުން ކަޓައި، 8 އެޅުނަސް އަދި ދުއްވުން ޖުމްލަކޮއް ރަނގަޅު ވިޔަސް ލައިސަން އެވްރެޖް ޕާފޯމަންސައް، މިސާލަކައް 3 ފަހަރުގެ އެވްރެޖް ނުވަތަ 5 ފަހަރުގެ އެވްރެޖް އައް ބަލާނަމަ ރަނގަޅުވާނެ. މިހާރު ލައިސަންސް މާލޭގައި މިދެނީ 1500ރ އާއި 10000ރ ދެމެދުގެ އަގަކައް. ނިކަމެތި ކުއްޖާ ދުއްވާ ދުއްވާފަ ޓެސްޓުހަދައި ހަދާ، ގޮސް ނަޕްސާނީ ބަލި ޖެހެނީ.
ޑޮކްޓާރ. ބަނާނާ
25 July 2024
"އެއްކުއްލިން " ހަތެރެސް ފައި ޖަހައިގެން ތިޔަ ލައިސަންސް ނެގުން ތައާރަފު ކުރެއްވީތޯ؟ އެކަމުގެ ނަތީޖާ ވެސް ރަގަޅުވީމާ ހަމަ އަހާލީ އިގޭތޯ؟
ކޮވެލި
25 July 2024
ސީމަނުންނަށް ދޭ ތަމްރީނާ ސެޓްފިކެޓް ތި މިނިސްޓްރީ އިން ބޭރު ކޮށްފައި ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް އުފައްދަން ޖެހުނީ އެލިއުންތަކުން ވައްކަން ކުރާތީވެ. ތި މިނިސްޓްރީ ތެރޭ ތިކަން އޮވެގެން ދުވަހަކުވެސް ތމަައްސަލަ ޙައްލެއް ނުވާނެ.