މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅިގެން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 116 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުނި.
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި-
27 ޖުލައި 2024 - 17:21
އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާކަތި އަތުލައިގަނެ، އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ، ޕާކިސްތާނުގެ މީހާ މާލެ އައީ މިދިޔަ ބުދަ ދުވަހު އަބޫދާބީ މަގުން ކަމަށެވެ.
އެ މީހާގެ އަތުން ފެނުނު 2.12 ކިލޯގެ ޑްރަގް ޕޮޒިޓިވްވެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ފުލުހުން ބުންޏެވެ.
ވަހީދު ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އުމުރުން 25 އަހަރާއި 42 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ޕާކިސްތާނު މީހާ ހިމެނޭ ގޮތަށް ހައްޔަރުކުރި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާކަމަށް ފުލުހުން ބުންޏެވެ،
ވަހީދު ވިދާޅުވީ އެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ދެ ދިވެހިންގެ އިތުރުން ވެސް އިތުރު ބަޔަކު އެކަމުގައި އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ބަލަމުން އަންނަ ކަމަށެވެ.
"މިހާތަނަށް ފާހަގަކުރެވޭ ހައްޔަރުކުރި ދެ ދިވެހިންގެ އިތުރުން ވެސް މި ކަމުގައި ހަރަކާތްތެރިވާ އިތުރު ފަރާތްތަކެއް ވެސް،" ވަހީދު ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ވަހީދު ވިދާޅުވީ ދިވެހިން ރާއްޖެ އިން ބޭރުގައި ތިބެގެން ރާއްޖެ އަށް މަސްތުވާތަކެތި ފޮނުވައި، އެކަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، އިންޓަޕޯލާއި އެހެން އިދާރާތައް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
އެ ޕްރެސް ބްރީފިންގައި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކު ވެސް 10 ކިލޯ އަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އެހެންވެ، ޖުމްލަ 62 ކިލޯގެ މަސްތުވާތަކެތި އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"މަސްތުވާތަކެއްޗާއި ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑްރަގާ އެކު މިހާތަނަށް އަޅުގަނޑުމެންނަށް ނެގިފައި ހުރި މަސްތުވާތަކެތީގެ އަގު އެބަ އަރާ 143 މިލިއަން ދިވެހި ރުފިޔާ އަށް،" ނާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅިގެން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 116 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަނަމި
29 July 2024
ޕާކިސްތާނު މީހުން ރާއްޖެއައިމާ އެމީހުންގެ ލަގެޖު ވަކިން ހާއްސަގޮތަކަށް ސްކްރީން ކުރެވޭ ގޮތް ހަދަން ވެއްޖެ. ޕާކިސްތާނަކީ ވަރަށް ފާޑެއްގެ ގައުމެއް. މިރާއްޖޭގަ މިހާރު އުޅޭ ޕާކިސްތާނު މީހުންވެސް....
ސަނީސައިޑްބޮންޑް
28 July 2024
ޑްރަގް އެތެރެކުރަން ޖެހިލުންނުވަނީ މަރުގެއަދަބުނުދޭތީ. ނިކަން ސިންގަޕޫރުގަހަދާހެންހަދާލަބަލަ
އަބޫދާ
28 July 2024
އަބޫދާބީ އެއާޕޯޓުގަ ސެކިޔުރިޓީ ވަރަށް ސަކަރާތްދޯ އެހެންވީމަ. އެމީހުންނަށް ޑިޓެކްޓް ނުކުރެވޭ ރާއްޖެއިން އެބެ ޑިޓެކްޓް ކުރެވޭ.
އިސްމާލި
28 July 2024
ކިލޯ ކިރައިގެން ޑްރަގެ ގެނައީމަ ބޮޑުވަރަކަށް ކުރާ ކަމަކީ ޑީޕޯޓު ކޮއްލުން. މާދަމާ އަނެއްކާ އަނެއް ޕާސްޕޯޓުގައި އަންނަންވީ. ބިދޭސީންނަށް މި ގައުމަކީ ހަގީގަތުގައިވެސް ސުވަރުގެ. ގާނޫނަށް އިސްލާހު ގެނެސްބަލަ ވަކި ވަރަކަށްވުރެ ގިނައިން ޑްރަގު ގެންނަ މީހުން މަރާނެ ކަމަށް. އޭރުން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ މިތަނަށް ޑްރަގު ގެންނަން. މިއީކީ ކޮންމެހެން މާ ގިނަ ޚަރަދު ތަކެއް ހިނގާނެ ކަމެއް ނޫން. ބަލަގަ ސިންގަޕޫރު. ނުކެރޭނެ އެހާ ހާމަކޮށް އެތެރެކުރާކަށް.
ހުޅުޅެމަތިން
28 July 2024
ސާބަހޭ ޕޮލިސް، ކަސްޓަމްސް، އިމިގްރޭޝަން. ކޯޓްތަކުން ސަލާމަތްވިޔަ ނުދޭތި،
ދެރަ
27 July 2024
ފިލިޕީންސް ތަންތާ އެދޭކަހަލަ މަރުގެ އަދަބު ނުދީ، ތިކަމެއް ހައްލެއް ނުވާނެ، ތަހުޤީޤު ފުރިހަމަ ނުވެ ލޫޕްހޯލުން ދެމިގަނެ އަލުން ވިޔަފާރިއަށް ނިކުންނަށް ނަގާނީ ހަމަ އެންމެ މަހެއްހާ ދުވަސް
އަފްރާސިޔާބު
27 July 2024
އާންމު ގޮތެއްގައި ރާއްޖެ އެތެރެވާ ޕާކިސްތާނު ބަންގްލާދޭޝް މީހުން މަސްތުވާ ތަކެތި އެތެރެ ކުރަނީ ކަސްޓަމްސް މީހުންނާ ފުލުހުންނާ ގުޅިގެން.
ކޮރަލް
27 July 2024
24 ގަޑީ އިރު ތެރޭ ޑްރަގް ނައްތާ ލަން ވީ އެވެ. ނޫނީ ހައްޔަރު ކުރި މީޙުން މިނިވަން ވެ ޑްރަގް ޒިންމާ ނަގަން ޖެހިދާނެ އެވެ.
ރަދީފްއޮފިޝަލް
27 July 2024
ސާބަހޭ ދިވެހި ފުލުހުން. މިއީ އިންޑޮނޭޝީޔާ ނުވަތަ ސިންގަޕޫރުން އަތުލައިގަތް ބައެއްނަމަ މިމީހުންގެ އާއިލާއަށް ލިބޭނީ މިމީހުންގެ ފުރާނަނެތް މަސްގަނޑު. ނަމަވެސް ދިވެހިރާއްޖޭގަ މިމީހުން ކޮންމެވެސް ލޫޕްހޯލްއެއް މެދުވެރިވެ ސަލާމަތުން ނިކުންނާނެ އަނެއްކާ ވެސް ވިޔަފާރިއަށް. މިއީ އަސްލު ތަފާތަކީ.އަހަރެން ދެންމެ ބެލިއިރު ސިންގަޕޫރުގަ ޕްރެކްޓިސްކުރަނީ ޝަރިއާ ގާނޫނެއް ނޫން.ނަމަވެސް ސައްތަކަމަށް ބުނާ ދިވެހިރާއްޖެ މިއޮތީ ވަރަށް ފަހަތުގަ..ވ.ވ.ވެދުން
ބުނާނެ ގެއްލިއްޖެ
27 July 2024
ރަނގަޅަށް ބަލާތި.. ތި އަތުލައިގަތް އެއްޗެހި ގެއްލިދާނެ އަނެއްކާ.