ޕީސީބީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފިރާޒް އެ އިދާރާގެ މުވައްޒަފުންނާ އެކު -- ފޮޓޯ: ސޯޝަލް މީޑިއާ
28 ޖުލައި 2024 - 15:52
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒް މަގާމުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކިކުރެއްވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޕީސީބީގެ ބޯޑުގައި ތިއްބަވާ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. ފިރާޒް އެ މަގާމުގައި ހުންނަވާތާ މިހާތަނަށް ތިން އަހަރު ވެއްޖެ އެވެ.
ފިރާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވުނު ކަމަށް ވިދާޅުވި އެވެ.
ޕީސީބީގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕީސީބީ މަސައްކަތް ކުރަނީ މިނިވަން އިދާރާއެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައިވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށެވެ. އެ އިދާރާއަށް 10 އަހަރުވީ އިރު ވެސް އެ އުސޫލަށް ފަހުން އައި އެއްވެސް ޕީސީބީގެ ބޯޑަކުން ބަދަލު ގެނެސްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
28 July 2024
ތިޔަ ޕީސީބީ އަކީވެސް މުޅިން މަކަރާ ހީލަތުން ދިރިއުޅުން ހަމަޖައްސާ ބޯޑެއް. ތިޔަ ތަނުގައި ތިބެގެން މުސާރަ ނެގުން ފިޔަވައި ކުރާކަމަކީ ވައިޖެހޭ ދިމާއަށް މިސްރާބު ސީދާ ކުރުން. ކަންކަން އިސްލާހު ކޮށް އެސްއޯއީ ތަކުން ކުރާ މަސައްކަތް އެއްގޮތަކަށްވެސް މޮނިޓަރުކޮށް ބަލަހައްޓާ ބައެއްނޫން.
ރަގަޅު
28 July 2024
ކުފޫ ހަމަނުވާ މީހެއް ވިއްޔާ ވަކިކުރަންވީ
ކުފޫ
28 July 2024
މި މަޤާމުގެ ކުފޫއަކީ ކޮބާ؟
ޖިލްބާބު
28 July 2024
ވޯޓުގެ ކުރިން މަގުމަތީ ހަރަކާތްތަކުގާ ހަރަކާތްތެރިވެފާވުން.