29 ޖުލައި 2024 - 10:35
މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއަލައިންސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފެށުމަށް ނިންމައިފި އެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ މެލޭޝިއާ އެއާލައިންސުން ފަށާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރާއްޖެ އަންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
ހަފުތާގެ ހަތް ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ، މި އެއާލައިނުން ރާއްޖެ އަށް ދަތުރު ކުރުމަށް ބޭނުންކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފްލައިޓެކެވެ.
މެލޭޝިއާ އެއާލައިންސުން ރާއްޖެ އަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. މެލޭޝިއާ އަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.
މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފަށަން ތައްޔާރުވެފައިވާ އިރު މާދަމާ ޗައިނާގެ ޒިއޭމަން އެއާލައިން އިން ޝެޑިއުލް ދަތުރުތައް ފަށާނެ އެވެ. އެ އެއާލައިނުން ހަފުތާއަކު ތިން ދުވަހު ދަތުރުތައް ކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނަނ
29 July 2024
އުފާވެރި ހަބަރެއް، މި ސަރުކާރު އައިފަހުން ކޮންމެ ދުވަހަކުވެސް ހިތްހަމަޖެހޭ އުފާވެރި ހަބަރެއް ލިބޭ...އުއްމީދުކުރަނީ މިކަހަލަ އުފާވެރި ހަބަރުތައް އެހެން އިންޓަނޭޝަނަލް އެއަރ ޕޯޓަށްވެސް ލިބުން