މަޖުބޫރު ކައިވެނީގައި މަރުވި ރުގިއްޔާ (ކ) އަދި އޭނާ އަށް މަޖުބޫރުކުރުވި މަންމަ ސަކީނާ
30 ޖުލައި 2024 - 05:50
އޮސްޓްރޭލިއާއަށް އަފްޣާނިސްތާނުން ހިޖުރަކުރި އާއިލާއެއްގެ 21 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން މީހަކާ ކައިވެނިކުރުވި ފަހުން ފިރިމީހާގެ އަނިޔާގައި މަރުވުމުން މަންމަގެ މައްޗަށް ކުރި ދައުވާ ސާބިތުވެ އޭނާ ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މިއީ އޮސްޓްރޭލިއާގައި އަމަލުކުރަން ފަށާފައިވާ، މަޖުބޫރުން ކައިވެނިކުރުވުން މަނާކުރާ ގާނޫނުގެ ދަށުން މީހަކަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.
އުމުރުން 40 އިން މައްޗަށް ގޮސްފައިވާ ސަކީނާ މުހައްމަދު ޖާން އޭނާގެ ދަރިފުޅު ރުގިއްޔާ ހައިދަރީ 2019 ވަނަ އަހަރު ކައިވެނިކުރުވީ އުމުރުން 26 އަހަރުގެ މުހައްމަދު އަލީ ހަލީމީ ކިޔާ މީހަކާ އެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި ޝަކީނާ މި ކައިވެނި ކުރުވީ އޭނާއަށް ލިބޭ ކުޑަ ފައިސާކޮޅެއްގެ ބޭނުމުގަ އެވެ.
ކައިވެންޏަށް ހަ ހަފްތާ ފަހުން ހަލީމީ ވަނީ އަނބިމީހާ ރުގިއްޔާ މަރާލައިފަ އެވެ. އެ ކުށާ ގުޅިގެން ހަލީމީ މިހާރު ވަނީ އުމުރަށް ޖަލަށް ލައިފަ އެވެ.
ސަކީނާ ޖަލަށް ލާން ހޯމަ ދުވަހު ހުކުމް ކުރީ ދައުވާ އަށް އިންކާރުކޮށްފައި ވަނިކޮށެވެ. އެކަމަކު ފަނޑިޔާރު ވިދާޅުވީ ދަރިފުޅު ކައިވެނިކުރީ މަންމަގެ ޕްރެޝަރަށް ކެތް ނުވެގެން ކަމަށެވެ.
މަޖުބޫރުން ކައިވެނިކުރުން މަނާކޮށް 2013 ވަނަ އަހަރު އޮސްޓްރޭލިއާގައި އަމަލުކުރަން ފެށި ގާނޫނުގެ ދަށުން ކުށްވެރިވާ މީހުން ހަތް އަހަރަށް ޖަލަށް ލެވިދާނެ އެވެ. އެކަމަކު ސަކީނާ ޖަލުގައި ހޭދަކުރަން ޖެހޭނީ އަހަރެއްހާ ދުވަހު ކަމަށް ގާނުނީ ބޭފުޅުން ލަފާކުރައްވަ އެވެ.
ސަކީނާގެ ގާނޫނީ ވަކީލް ކޯޓުގައި ވިދާޅުވި ގޮތުގައި ދަރިފުޅުގެ މަރާ ގުޅިގެން ސަކީނާ ހުރީ ވަރަށް ދެރަވެފަ އެވެ. އެ މަރަކީ ސަކީނާގެ ކުށެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ.
ކޯޓުގައި އިއްވި ދައުވާގައިވާ ގޮތުން ރުގިއްޔާ އެންމެ ފުރަތަމަ ނުރަސްމީކޮށް، 15 އަހަރުގައި ވަނީ "ދީނީ ކައިވެންޏެއް" ކުރުވައިފަ އެވެ. މި ކައިވެނި ދެ އަހަރަށް ދެމިގެން ދިޔަ ކަމަށާއި ރަސްމީކޮށް ކައިވެނި ނުކޮށް ތިބީ ރުގިއްޔާ 27 ނުވަތަ 28 އަހަރު ނުވަނީސް ކައިވެނިކުރަން ބޭނުން ނުވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
"އޭނާ ބޭނުންވީ އިތުރަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދަން،" ފަނޑިޔާރު ވިދާޅުވި އެވެ.
ދަރިފުޅަށް ރަނގަޅު ގޮތް ހޯދައިދޭން ކަމަށް ސަކީނާ މަސައްކަތްކުރި ކަމަށް ބުންޏަސް ދަރިފުޅުގެ އާދޭސްތައް އަޑުނާހައި "މައެއްގެ ބާރު ނަހަމަ ގޮތުގައި ހިފައި" ދަރިފުޅު ކައިވެނިކުރުވީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ދަރިފުޅަށް ވިސްނިފައި އޮތީ ކައިވެނި ނުކޮށްފި ނަމަ މުޖުތަމައުގައި މަންމަ އަށް ކުރިމަތިވާނެ މަލާމާތާއި އާއިލާގެ ތެރެއިން އުފައްދާނެ ސުވާލުތައް ކަމަށާއި އެ ކަންކަމުގެ އިތުރުން މަންމަގެ ރުޅި އާއި ނަފްރަތު ދެކެ ވެސް ބިރުގަތީ ކަމަށް ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް އަހަރު
30 July 2024
ތިއީޔޫރަފުގަވެސް ބޮޑުވެއްޖެ މައްސަލައެއް ހިޖުރަކުރާ 12 13އަހަރުކުއްޖާ މީހަކާ އިނދެ ދަރިންތިބޭ! ތިކަހަލަ ކަމެއް މީގެ 15އަހަރު ކުރިން ސުއިޒަ ލެންޑައްވެސް ދިމާވީ ހަގީގަތުގަ ސުއިޒަލެންޑަކީއުޅެއް ފަސޭހަތަނެއް!ފަރުބަދަމަތީގެ ރީތި ވިލެޖުތައް ދުރުން ބާލަންވެސް ހިއްގައިމު އެކެމަކު އެގައުގެ ރީތިކަމާ ސަގާފަތައް ބުރޫ އަރާގޮތައް ކޮޅައްޖަހާފަ ހުންނަ މިސައިލު ސިފަވާގޮތައް ބަޔަކު އިމާރާތް ކުރަން ދިމާކުރީމަ ސަރުކާރުން ހުއްޓުވީ އެމިހުން ބުނީ މިނިވަންކަންމެއްނެތޭ
ޅަފަތުގެ
30 July 2024
21 އަހަރުގެ އަންހެން ނުވަތަ ފިރިހެން ކުދިން ތިބޭކަމެއް ނުދަނަހުރިން. ތަ މެން ތިޔަހެން ބަލާކަމަށް ވަންޏާ މަ މީ 53 އަހަރުގެ ކުއްޖެ.
ބިބީބް
30 July 2024
ދޮގު!
އަލަފަތް
31 July 2024
ޅަފަތު ޅަކަމުން އަދިތަންދޮރު ނުފިލާތީ ނޭގެނީ. މަޔަކަށް ބަފައަކަށް ދަރިފުޅު ކިތަންމެ އުމުރު މަތިވިއަސް ބުނާނީ އެއީ މަގޭކުއްޖެކޭ. މައިންބަފައިންނަށް ދަރިން ވާނީ ކުދިންނަށް.