ޚަބަރު / މަތީ ތައުލީމު

ކޮލެޖުތައް، ޔުނިވާސިޓީތަކަށް ބަދަލުކޮށްފި ނަމަ އިގުތިސާދީ ކުރިއެރުން ލިބޭނެ: ވިލާ ކޮލެޖު/އޭޑީކޭ

ރާއްޖޭގައި މިހާރު ހިންގާ ކޮލެޖުތައް، ޔުނިވާސިޓީއަކަށް ބަދަލުކޮށް ލުއިތައް ލިބޭ ނަމަ އިގުތިސާދީ ކުރިއެރުންތައް ވެސް ލިބޭނެ ކަމަށް ވިލާ ކޮލެޖާއި އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މަތީ ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ކޮލެޖު، ވިލާ ކޮލެޖު އަދި ސިއްހީ ދާއިރާއާ ގުޅޭ ތަމްރީނުތައް ވެސް ހިންގާ ހިންގާ އޭޑީކޭ ހޮސްޕިޓަލްގެ އިސްވެރިންނާ މިއަދު ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި، މީގެ 18 ވަރަކަށް އަހަރު ކުރިން އުފެއްދި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ ތަހުޒީބީ މުޖުތަމައުތަކުގައި ޔުނިވާސިޓީތަކަކީ ވަކި މުއްދަތެއް ދީގެން ބަދަލުވި ތަންތަނެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމަށް އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި އެ އަށް ވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޔުނިވާސިޓީއެއްގެ ދަރަޖަ ދޭނީ، ކޮލެޖެއް ގޮތުގައި މެދުނުކެނޑި 20 އަހަރު ވަންދެން ހިންގުމުންނެވެ. ނަމަވެސް، ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ އެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ކޮމިޓީގައި އޭޑީކޭގެ އެމްޑީ އަފްއާލް (ކ)، ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު އަދި ޑރ. ޒިޔާން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮލެޖުގައި ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ދާން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.

އެ ބިލްގައި ހިމެނޭ އިތުރު ބައިތަކުގައިވާ ގޮތުން، ކޮލެޖެއްގައި އާޓްސް އެންޑް ހިއުމަނިޓީޒް އާއި އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި ލައިފް ސައިންސް އެންޑް މެޑިސިން އާއި ނެޗުރަލް ސައިންސާއި ސޯޝަލް ސައިންސް ފަދަ ދާއިރާތަކުގެ ތެރެއިން ލެވެލް ހަތެއް އަދި ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އަމިއްލަ ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ކޮލެޖުގައި ހިންގަން ޖެހެ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ނަޖީބު ވިދާޅުވީ ރާއްޖޭގެ އާބާދީގައި މަތީ ތައުލީމަށް ކިޔަވަން ދާނެ ކަމަށް ބެލެވޭ ދަރިވަރުންގެ އަދަދަށް ބަލާއިރު، ހަމައެކަނި އެއް ދާއިރާ އަށް ހާއްސަ ކޮށްގެން ހިންގާ ޔުނިވާސިޓީތައް ސަލާމަތް ވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ނެންގެވީ އިސްލާމިކް ޔުނިވާސިޓީ އެވެ.

އޭނާ ވިދާޅުވީ، އިސްލާމިކް ސްޓަޑީޒް އަދި ގާނޫނީ ދާއިރާ އަށް ހާއްސަ ކޮށްގެން ކިޔަވައިދޭން ފެށިއަސް، މިހާރު ހުރިހާ ދާއިރާއަކަށް ހުޅުވާލައިގެން ކޯސްތައް ހިންގާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން ސެކްޓާގައި 73 ޕަސެންޓަކީ އަމިއްލަ ފަރާތްތައް ކަމަށާއި 25 ޕަސެންޓް ހިއްސާކުރަނީ ވިލާ ކޮލެޖު ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޖީބު ވިދާޅުވި އެވެ.

ގައުމު ކުރިއަރުވަން ޕްރައިވެޓް ސެކްޓަރުގެ ހިއްސާ ވަރަށް ބޮޑަ ވިޔަސް، ކޮލެޖެއްގެ ފެންވަރުގައި ހިންގާތީ ވިލާގައި ޕީއެޗްޑީ ނުފެށޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ސަރަހައްދުތަކުން ކުދިން އައިސްގެން ކިޔެވޭނެ ގޮތެއް ނެތަސް، މަތީ ތައުލީމަށް ރާއްޖެ އިން ބޭރަށް ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ދާ ކަމަށް ނަޖީބު ވިދާޅުވި އެވެ.

ހިލޭ ޑިގްރީ ސްކީމުން ވިލާ ކޮލެޖުން އެކަނި ވެސް ހަތަރު އަހަރުގެ ތެރޭގައި 4،500 ދަރިވަރުން ކިޔަވާފައި ވާތީ ޕްރައިވެޓް ސެކްޓަރަށް ވިލާ އިން ދޭ އެހީތެރިކަން އެނގޭ ކަމަށް ވިދާޅުވި އެވެ. އެއާ އެކު، ޔުނިވާސިޓީގެ ދަރަޖަ ލިބޭނެ ނަމަ ބޭރުގެ ދަރިވަރުން ގެނެވޭނެ ކަމަށާއި އޭރުން ރާއްޖެ އިން ބޭރުވާ ފައިސާ މަދުވެ އިގުތިސާދު ކުރިއަރައިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

އެ ކޮލެޖުގެ ރެކްޓަރު، ޑރ. އަހުމަދު އަންވަރު ވިދާޅުވި ގޮތުގައި ޔުނިވާސިޓީއަކަށް ބަދަލުކުރާއިރު މުއްދަތަށް ވުރެ ކިޔަވައިދިނުމުގެ ފެންވަރަށް ބެލުން މުހިއްމެވެ. ކޮލިޓީ ރަނގަޅު ނުވާ ނަމަ ރާއްޖޭގެ ޔުނިވާސިޓީތަކުގެ އަގު ދުނިޔޭގެ ޔުނިވާސިޓީތަކުގެ ކުރިމަތީގައި ނުހިފެއްޓޭނެތީ ކިޔަވައި ދޭން ވެސް ބޭނުންވަނީ މޮޅެތި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި ސްކޫލް އޮފް ހެލްތު ސައިންސަސް އަދި އޭގެ ފަހުން ޝާފިއާ އިންސްޓިޓިއުޓު އޮފް ހެލްތު ސައިންސަސްގެ ނަމުގައި 2013 ވަނަ އަހަރުން ފެށިގެން އެކި ކަހަލަ ކޯސްތަކާއި ތަމްރީނުތައް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ އިންސްޓިޓިއުޓު ފަށައިގެން ހިންގަން ވެސް ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އެންމެ ބޮޑު ސަބަބަކީ އަފްއާލް ވިދާޅުވި ގޮތުގައި ކޮލެޖަށް ވުމުގެ މުއްދަތެވެ.

".. ރާއްޖެެ އިން ބޭރުގެ އެތައް ޔުނިވާސިޓީތަކެއް، ހާއްސަކޮށް ފާހަގަކޮށްލާނަން ފިލިޕީންސް، މެލޭޝިޔާ، އިނގިރޭސި ވިލާތް، މި ތަންތަނުގެ ޔުނިވާސިޓީތަކުގެ ކުދިން، އެ މީހުންނަށް ބޭނުންވާ ފަންނީ ކިޔެވުމަށް އަޅުގަނޑުމެންގެ ހޮސްޕިޓަލާ ވެސް ގުޅޭ. އަޅުގަނޑުމެންގެ ކިޔެވުމުގެ ނިޒާމުގެ ތެރެއިން ކިޔަވައިގެން އެ މީހުންނަށް ލިބޭ ކުރިއެރުން އެ ތަންތަނުން، އެ މީހުންގެ ޑިގްރީ ދިނުމުގައި އެބަ ބަލައިގަނޭ،" އަފްއާލް ވިދާޅުވި އެވެ.

"ނަމަވެސް، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ އެއްވެސް މަގެއް ނެތް. އަޅުގަނޑުމެން އަމިއްލަ އަށް މިކަން ކުރެވޭނެ ގޮތްތަކެއް ނެތް. ހައްތަހާ ވެސް ހުރަސް. މުއްދަތު ނޫނީ ކިޔާ ނަމެއް. ނޫނީ އެހެން ސަބަބެއް."

އަފްއާލް ވިދާޅުވީ މިލިއަނެއްހާ ޑޮލަރު ހަރަދު ކޮށްގެން ދުނިޔޭގެ ފެންވަރުގެ ސިއްހީ ތަމްރީނުތައް ދިނުމަށް ބޭނުންވާ ސްޓިމިއުލޭޝަން ލެބެއް ވެސް އޭޑީކޭ ހޮސްޕިޓަލުން ހަދާފައިވާ ކަމަށެވެ. ނަމަވެސް، އެ ބޭނުން ހިފެނީ ވަރަށް މަދުން ކަމަށާއި އޭގެ ސަބަބަކީ ކޯސްތައް ނުހިންގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ހޮސްޕިޓަލުތަކުގައި އައިސީޔޫ ގާއިމްކޮށް، އެ ތަނުގައި މަސައްކަތް ކުރަމުން އަންނަނީ އޭޑީކޭއިން ތަމްރީނު ދީފައިވާ މީހުންނަށް ވިއަސް އެކަމަކު، އިންސްޓިޓިއުޓެއްގެ ދަރަޖައިގައި ހިންގާތީ މާސްޓާސް އަދި ޑިގްރީއަށް ކިޔަވައިދިނުމުގެ ހުއްދަ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވައިދުތައް އޮންނަން ޖެހޭނީ ކަންކަން މަގުފަހިވާ ކަމަށް ވިއަސް ރާއްޖޭގައި ރެގިއުލޭޝަންތައް ގިނަ ފަހަރަށް އޮންނަނީ ކަންތައްތައް ނުކުރެވޭނެ ގޮތަށްކަން ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ކޮމިޓީގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. ނަޖީބު ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މެޑިސިން ކިޔަވައިދެވޭ ގޮތަށް 400 އެނދުގެ ޓީޗިން ހޮސްޕިޓަލެއް ހެދުމުގެ ހުރިހާ އެއްޗެއް އެބަހުރި ކަން ފާހަގަކުރައްވައި، އަފްއާލް ވިދާޅުވީ އެހާ ބޮޑު ހަރަދެއް ކޮށްފައި ހޮސްޕިޓަލެއް އެޅި ނަމަވެސް، 25 އަހަރު ވެގެންދާއިރު ވެސް އެ ތަނުގައި އެމްބީބީއެސް އާއި ނާސިން ކިޔަވައި ނުދެވޭނެ ކަމަށެވެ.

"ކީއްކުރަންތޯ އަޅުގަނޑުމެން ރާއްޖޭގައި އެ އިންވެސްޓްމަންޓް، އެ ފެންވަރުގައި އެގޮތަށް ކުރަންވީ؟ އެ އިންސެންޓިވްއެއް އަޅުގަނޑުމެންނަށް އެބަ އޮތްތޯ؟ ހަގީގަތުގައި ނެތް،" ކަންބޮޑުވުމާ އެކު އަފްއާލް ވިދާޅުވި އެވެ.

ކޮލެޖުތައް، ޔުނިވާސިޓީތަކަށް ބަދަލުކުރުމުން ފައިދާ ވަނީ މުޅި އިގުތިސާދަށް ކަމަށް އަފްއާލް ވިދާޅުވި އެވެ. އެހެންވެ، އެ ކަމަށް ފަހިވާނެ ގޮތަށް ގާނޫނާއި ގަވައިދުތައް މުހިއްމުކަން ފާހަގަކުރެއްވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ އެ ހޮސްޕިޓަލުގައި މަތީ ފަންތީގެ ޑޮކްޓަރުން އެބަތިބި ކަމަށެވެ. ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ތައްޔާރު ވެފައިވާއިރު، މި ވަގުތު ވެސް ސްޓްރޯކްގެ އުނދަގޫ އޮޕަރޭޝަނެއް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

ނިޔާފް ވިދާޅުވީ ރާއްޖޭގައި ނާސިން ކިޔަވައިދޭތާ 50 އަހަރުވާން ކައިރިވިއަސް އެ ދާއިރާގެ ބޭސިކްގެ މައްޗަށް ކުރިއަށް ދެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ. ތަޖުރިބާކާރު ޖެނެރަލް ސާޖަންއެއް ސިކުނޑީގެ އޮޕަރޭޝަން ކުރުމާއި ނިއުރޯ ސާޖަން އެ ފަރުވާ ދިނުން ތަފާތުވާނެ ކަން ފާހަގަކުރައްވައި، ނިޔާފް ވިދާޅުވީ ހާއްސަ ނަރުހުން ތަފާތުވާނެ ކަމަށެވެ.

އެމްއެންޔޫގެ ނާސިން ކޯހުން ދަސްވެނިވާ ދަރިވަރުންގެ ދެބައިކުޅަ އެއްބައި ދަރިވަރުން ކްލިނިކަލް ބައި ފުރިހަމަކުރަނީ އޭޑީކޭގައި ކަމަށާއި އަދި މިހާރު އެމްބީބީއެސްގެ ދަރިވަރުންގެ ކްލިނިކަލް ބައިތައް ވެސް އެ ހޮސްޕިޓަލުގައި ހަދަމުން އަންނަ ކަމަށް ނިޔާފް ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވީ، އޭނާގެ އިތުރުން އިމަޖެންސީ މެޑިސިންގެ ހާއްސަ ޑރ. އަހުމަދު ޒިޔާނަކީ އެމްބީބީއެސް ދަރިވަރުންގެ އެގްޒާމިނަރުންނެވެ.

ޝާފިއާ އިންސްޓިޓިއުޓުގެ ޑިރެކްޓަރު ޑރ. ޒިޔާން ވިދާޅުވި ގޮތުގައި ކޮލެޖަކަށް ބަދަލުވަނީ 10 އަހަރު ހިންގުމުންނެވެ. އޭގެ އިތުރުން ލެވެލް ފަހެއް (ޑިޕްލޮމާ ފެންވަރު) ގެ ކޯސްތައް މެދުނުކެނޑި ހިންގާތާ ފަސް އަހަރުވެފައިވާ ނަމަ ވެސް އެ ޝަރުތު ހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އޭޑީކޭގެ ފަރާތުން ޒިޔާން ހުށަހެޅުއްވީ، ލެވެލް 6 ގެ ކޯސްތައް ހިންގިއަސް އެކަން ބަލައިގަތުމަށެވެ. އަދި ލެވެލް 7 ގެ ކްލިނިކަލް މޮޑިއުލްތައް ހިންގުމުގެ ހުއްދަ އޮންނާތީ ފަސޭހައިން ކުރިއަށް ދެވޭނެ ގޮތެއް ހޯދައިދިނުމަށް އެދިވަޑައިގަތެވެ.

19 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ. ތާޖުއްދީން

31 July 2024

ކައްޕަޅި ކޯސްތައް ހަދައިގެން ނިކުންނަ އިރު އެއްވެސް ބަދަލެއް ނާދޭ މީހާއަކަށް. ދެން ސިސްޓަމުގަ މި އޮންނަގޮތަކީ ސެޓިފިކެޓް ގެނެއްސިނަމަ ކަންކަން ވާ ގޮތެއް. އަމަލީ ގޮތުންއެ ހެޔޮ ނާށިގަނޑެއް އޮތަސް. ކޯސްތައް ފަރުމާކޮށްފަ ހުނަގޮތަށް އިންގިލާބީ ބަދަލެއް ބޭނުންވޭ. އެކަން ނުވަންޏާ ޔުނިވަސިޓީއެއް ބޭނުމެއް ނުވޭ. އެފެންވަރު ހުންނަންޖެހޭ. ކޮލެޖުގަނޑަކާ ޔުނިވަސިޓީ އަކާ ދެމެދު ތަފާތު ދެއްކެން ޖެހޭ. ޑރ. އެވެނި މިވެނި މީހެއް ހުރީމާ ޔުނިވަސިޓީ ވެގެން ނުވާނެ.

The name is already taken The name is available. Register?

އަހަންމަދު333

31 July 2024

މިގައުމުގަ މަހުޖަނުންގެ ވިޔަފާރިތައް ކުރިއަރުވަން ގާނޫނުތައް ބަދަލުކުރާ ކަށް ނުޖެހޭނެ. ގައުމީ ޔުނިވަރސިޓީޣެ ކަޕޭސިޓީ ރަގަޅުކޮށް އެތަން ފުޅާކުރުން އެންމެ މުހިންމުވަނީ. އަދިވެސް އޭކީކޭ ހިރިބިން ދެރުފިޔާ ބަަޔަށް ކުއްޔަށް ހިފައިގެން ތިބެ، ވިލާ ކޮލެޖުހުރި ބޮޑުބިން އެއްވެސް ހަމައެއް ލަމައެއްނެތި އެއްވެސް ތާކުން ތާކު ނުޖެހޭ އަގެއްދީގެން ތިބެ، ތިޔަ ޖީބު ބޮޑުކުރަން ޖާގަދީގެން ނުވާނެ.

The name is already taken The name is available. Register?

އަފީފްދީދީ

31 July 2024

މިއީ 100 ގެ ވަާހަކަ އެއް.

The name is already taken The name is available. Register?

ހަސަންބެއްޔާން

30 July 2024

މިހާރުތާ މި އެނގުނީ ރާއްޖެ ކުރި ނާރައިގެން މިއުޅޭ ސަބަބު. ކޮލެޖުތައް ޔުނިވަރސިޓީތަކަށް ބަދަލުކޮށްލީމާ ރާއްޖެ އުޅޭނީ އެމެރިކާއަށްވުރެ ވެސް މަތީގައި

The name is already taken The name is available. Register?

އެމްސް

30 July 2024

އިޤްތިސާދަށް ފައިދާކުރާނީ ކިހިނެއްބާއެވެ؟ ބޭރުގެ އެއްވެސް ޤައުމަކުން ރާއްޖެއަށް ކިޔަވަން/ބޭސްފަރުވާއަށް އައިއްސަ އެބަހުރިބާއެވެ؟

The name is already taken The name is available. Register?

ކޮރޮކަލި

30 July 2024

ދިވެހި މައިންބަފައިން ފޮނިވެފައި އެންމެ ގިނައިން ދިވެހި ކުދިން ފޮނުވާ މެލޭޝިޔާގައި ޕްރައިވެޓް ޔުނިވަރސިޓީ ތަށް އުފެއްދީ 1998 ހިސާބުގައި. ސުއާލަކީ މިފޮނުވާ ތަންތަނަކީ ކިހާވަރެއްގެ ތަނެއްތޯ އެނގެނީ ކިތަށް މީހުންނަށް ތޯ. މޭޑް އިން އެބްރޯޑް ވީމަ އެވީ ކޮލިޓީ އެއްޗަކަށް. ކުރިން އައިފޯނު ހަދަނީ އެމެރިކާގައި. މިހާރު އެ ހަދަނީ ޗައިނާ އަދި އިންޑިޔާގައި. އެކަމަކު އޯކޭ ދޯ

The name is already taken The name is available. Register?

އެމްސް

31 July 2024

އައިފޯނު ރާއްޖޭގަ ހެއްޖަސް ހަދާނީ ބަންގްްލަދޭޝްމީހުން ހިންގާ ކެފޭއަކަށް ދީގެނެއް ނޫނެވެ! އަދި މެލޭޝިއާއަށް ކިޔަވަން ދަނީ ރާއްޖެއިން އެކަންޏެއްވެސް ނޫނެވެ! ޗައިނާއަށް މަލާމާތް ކުރެވުނު އިރު އެއީ ދުނިޔޭގެ އެންމެބޮޑު އިޤްތިސާދުކަންވެސް ނޭނގެނީހެއްޔެވެ؟

The name is already taken The name is available. Register?

ގތޗގތވގ

01 August 2024

ޔުނިވަރސިޓީ ތަށް.. ށ ސުކުންތަ..މިވަރު ނޭނގެ

The name is already taken The name is available. Register?

ކޮވެލި

30 July 2024

ރާއްޖޭގައި ޔުނިވަރސިޓީ އަކަށް ނުވިއަސް ޑިގްރީ އަދި މާސްޓަރސް ދެވޭ. މިފެންވަރުގެ ޑިގްރީތަކަކީ މަދު ގައުމެއްގައި ނޫނީ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ނޫނީ ދެވޭ އެއްޗެއް ނޫން. އިނގިރޭސިވިލާތުގެ މިހާރުގެ ގިނަ ޔުނިވަރސިޓީ ތަކަކީ ކުރިން ޕޮލި ޓެކްނިކް. ޕާކިސްތާނުގައި އެންމެ ފެންވަރު ރަނގަޅު އެއް ޔުނިވަރސިޓީއަކީ ޕްރައިވެޓް ޔުނިވަރސިޓީ އެއް. ޔުނިވަރސިޓީ ގާނޫނުގެ ކަންކަން ބަލާ ކޮމިޓީގައި ޑިގްރީ އެއް އޮތް މީހަކު އެބަހުރިތޯ

The name is already taken The name is available. Register?

އެމްސް

31 July 2024

ނިމިދިޔަ ސަރުކާރުގަ އިޤްތިސާދީ ކަންކަމަށް ޚާއްސަކުރީ ޤާނޫނީ ވަކީލެކެވެ! ހެލްތު މިނިސްޓަރަކަށްވެސްލީ ބަގްްރޫޓް ވިޔަފާރިވެރިއެކެވެ! މިސަރުކާރުގެ ހެލްތު މިނިސްޓަރއަކަށް ލާފަ ހުރީ ޑޮކްޓަރ އެކެވެ! އެކަމަކު ސިއްޙީ އެއްވެސް ކަމެއް ދަންނަ މީހެއް ނޫނެވެ! އެރޮނގުން ކިޔަވާފަ ހުރި މީހެއްވެސް ނޫނެވެ! މިއިންވެސް މިއެނގޭ އެއްޗަކީ ދިވެހީންނަކީ ވަރަށް ޓެލެންޓެޑް ބައެއް ކަމާއި މަތިންދާ ބޯޓެއް ދުއްވަން ކެޔޮޅަކު ލިޔަސް އެކަންވެސް ބަރާބަރަށް ކުރާނޭ ކަމެވެ!

The name is already taken The name is available. Register?

ނޫސަންގު

30 July 2024

ގިނަ މީހުންނަކީ ތިމާ ކިޔެވި ޔުނިވަރސިޓީ ނޫނީ އެހެން ޔުނިވަރސިޓީއެއް ލޮލުން ނުދެކޭ މީހުން. ރާއްޖޭގައި 2011 ގައި ޔުނިވަރސިޓީ އުފެއްދުމުގެ ކުރިންވެސް ގިނަ ބަޔަކު ސުއާލު ކުރި ކަމެއް. އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ޔުނިވަރސިޓީއަކަށް ހަދާހާ ފެންވަރު އެބަހުރިތޯ. މިހެން މިކަންވަނީ ޔުނިވަރސިޓީ އަކީ ކީއްކުރާ ތަނެއްކަމާ އެތަނެއްގައި ހުންނަން ޖެހެނީ ކޮން ކަހަލަ ވަސީލަތްތަކެއްތޯ ގިނަ މީހުންނަށް ނޭގޭތީ.

The name is already taken The name is available. Register?

އެމްސް

31 July 2024

ޔުނިވަސިޓީގަ އިސްކޮށް ތިބީކީ ބަންގްލަދޭޝްގެ ލޭބަރުންްނެއް ނޫނެވެ!

The name is already taken The name is available. Register?

ދިޔޮނެމި

30 July 2024

ބައެއް ކޮލެޖުން ނަމެއްގައި ކިޔަވައިދިނަސް ކުދިންނާ އަޅައެއްނުލާ. ބޭރުމީހުން ގައުމުން ބޭރުގައި ތިބެގެން ހިތުހުރިގޮތަކަށް މާކުސްތައް ބަހާލުމަކީ ދަންނަކަންކނަް. ކުދިން ބޭނުންވާ އެހީތެރިކަން ޕޯރުކޮށްނުދެވެޭ. މާދަން ޔުނިވަސިޓީއަށްވީމައި ޖެހޭނީ ކޮންހާލެއްކަމެއްނޭނގޭ.

The name is already taken The name is available. Register?

ހުސެންބެއްޔާ

30 July 2024

ނަމެއްގައި ކޮލެޖެއްގެ ނަން ބޯޑު ޔުނިވަރސިޓީ ބޯޑަކަށް ބަދަލުކުރިޔަސް ވާނެ ފައިދާއެއް ނޯންނާނެ. ކޮލެޖެއްގެ ގޮތުގައި ތައުލީމީ ގިނަ ދަރިންތަކެއް ނުއުފެއްދޭ އިރު ޔުނިވަރސިޓީ ބޯޑު ޖަހައިގެން ވަކި ކުރާނީ ކޮން ކަމެއްތޯ؟ ގިނައީ ސެޓްފިކެޓް ވިއްކާ ތަންތަން. ކޮލެޓީއެއް ނުހުރޭ.

The name is already taken The name is available. Register?

އަފްރާސިޔާބު

30 July 2024

ރާއްޖޭގައިނެތް ޔުނިވަރސިޓީ ހިންގޭހާ ފެންވަރެއް. ކުޑަމިނުން ރިސާރޗް ހަދަން ރިފަރެންސް ދޭނޭ ފޮތްގަނޑެއްހާ ހިސާބު ނެތް. ބޭރުގެ ޔުނިވަރސިޓީތަކުގެ ލައިބްރެރީ އަށް ވަދެލެވޭނެ ގޮތެއްވެސް. ދެން ކިހިނަކުން ތިޔަކަން ކުރާނީ. އެމްކިއުއޭ އަކީ ސިޔާސީ އައްޑާ އެއް.

The name is already taken The name is available. Register?

އެމްސް

31 July 2024

މިޒަމާނުގަ ލައިބްްރަރީއަކީވެސް އޮންލައިން އެއްޗެކެވެ!

The name is already taken The name is available. Register?

އިބްރާހީމީ

01 August 2024

ރިސާޗް ވެސް ދިރުވޭނީ ޔުނިވާރސިޓީ އުފައްދައިގެން ޕްރައިވެޓް ސެކްޓާރ އަށް ފުރުސަތު ދީގެން - މިހެންވެ އޭ ފުރުސަތު ދޭންވީ - ބަލަގަ ނޭގެނީތަ ވިލާކޮލެޖުގަ ދަރިވަރުންނަށް އެތަނާ ގުޅިފަ ހުރި ޔޫކޭ ޔުނިވާސިޓީގެ ލައިބްރަރީގެ ފުލް އެކްސެސް ލިބޭކަން ؟ މަކޮއްކޮ އެތަނުން ކިޔަވާ - ކޮންމެ ކޮލެޖެއްގަ ފެންވަރު ނެތަސް ވިލާކޮލެޖުން ކޮލިޓީ ހަމަ ކިޔަވާދޭލޭ - ދެން ހަމަ ގާސިމު އުފެއްދި ތަނެއްވީމަ ހައްގު ސްޓޭޓަސް ނުދީ މިހިފަހައްޓަނީ - ވިޗް އިޒް އަންފެއަރ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454