އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު
31 ޖުލައި 2024 - 08:34
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ލޯނުތައް އަނބުރާ ދެއްކުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އެންމެ އިސް އެއް މެމްބަރު ސަލީމް ވިދާޅުވީ، މި ސަރުކާރުން ދިވެހި ރުފިޔާ މަދުވެގެން ނޫޅޭ ކަމަށާއި ލޯނުތައް ދައްކަން ޖެހެނީ ބޭރު ފައިސާ އިން ކަމަށް ވާތީ އުޅެނީ އެ ފައިސާ ލިބުމުގައި ހުރި ދަތިތައް ކަމަށެވެ.
އޭނާގެ ވާހަކައިގައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލޯނުތައް ނެގި ގޮތުން ފާޑުވިދާޅުވެފަ އެވެ.
"ތިބޭފުޅުން ނިކަން ވިސްނަވާ ބަލާ، އެއް ބިލިއަން ރުފިޔާ އެއް އަހަރުން ދައްކާ ގޮތަށް މި ރާއްޖޭގެ ތާރީހުގައި ވެސް ލޯނެއް ނަގާފައި ނޯންނާނެ. އަދި އާންމު މީހަކު ވެސް އެ މީހަކަށް ލިބޭ މަހު މުސާރައިގެ ނިސްބަތުން ނޫނީ ލޯނެއް ނުނަގާނެ،" ކަންބޮޑުވުން ފާޅުކުރައްވައި ސަލީމް ވިދާޅުވި އެވެ.
"މި ވަރުގެ ކަނޑުކޮސް ކަންތައް ކޮށްފައި އޮތް ސަރުކާރެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. މިއީ ކުޑަކުއްޖަކަށް ވެސް އެނގޭ މިންވަރު. އެއް ބިލިއަން ރުފިޔާއަކީ ދިވެހި ދައުލަތުގެ އާމްދަނީގެ ދެބައިކުޅަ އެއްބައި."
ސަލީމް ވަނީ މިއީ އިގުތިސާދީ ގޮތުން ދަތި ދުވަސްވަރަކަށް ވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށާއި އެއީ ކަންކަމާ މެދު މަޝްވަރާ ކުރައްވައިގެން އިސްލާހު ކުރައްވާނެ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީގެ ރޭގެ ޖަގަހަ ޖަލްސާގައި މެމްބަރުން ބައިވަނީ-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސަރުކާރުން މިހާރު ކުރިއަށް ގެންދާ ހަރަދު ކުދަކުރުމުގެ ޕްރޮގްރާމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވި ގޮތުގައި އެއީ ރާއްޖެ އިސްލާހު ކުރުމުގެ ޕްރޮގްރާމެކެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އާދައިގެ ނިކަމެތި، އޭގެ ހައްގުވެރި ފަރާތަކަށް ލިބެން ޖެހޭ އެއްވެސް އެއްޗެއް އުނިވެގެން ނާންނާނެ،" ސަލީމް ވިދާޅުވި އެވެ.
އެހެންވެ، އާސަންދަ ކަނޑާލާނެ ކަމަށް ބުނެ ވާހަކަތަކެއް ދެއްކެވުނަސް އެފަދަ ދޮގު ވާހަކަތައް ގަބޫލު ނުކުރުމަށް ވެސް ސަލީމް ރޭ އިލްތިމާސް ކުރެއްވި އެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވިދާޅުވީ، ރާއްޖެ އަށް މިހާރު ކުރިމަތި ވެފައިވާ އިގުތިސާދީ ދަތިތަކާ ގުޅިގެން ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުން އޭގެ އުނދަގޫ ތަހައްމަލު ކުރަން ނުޖެހޭނެ ކަމަށެވެ.
"ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިޔަސް ރައްޔިތުންގެ ތެރެއިން ބޭނުން ޖެހިފައިވާ މީހުންނަށް، އެއީ އާސަންދަ ވިޔަސް ހަމަ އެ ކަންކަން ފުރިހަމަވާނެ،" ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީރްް
31 July 2024
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިޤްތިޞާދީ އިސްލާޙަށް ސަމާލުކަން ދެއްވައި ފާޅުގައި މަޝްވަރާ ކުރެއްވުމަކީ ހެޔޮ ބަދަލެއް އައުމުގެ އުއްމީދީ ނިޝާނެއް
އަޒީމާ ޝުކޫރްް
31 July 2024
ލޯނު ބެލެހެއްޓުމާ ބެހޭ ގޮތުން ސަލީމްގެ ވިސްނުންފުޅުތަކުން ހާމަވަނީ މާޒީގެ މާލީ ގޮތުން ގޯސް ފިޔަވަޅުތައް ހައްލުކޮށް، ދެމެހެއްޓެނިވި އިގްތިސާދީ ސްޓްރެޓެޖީއަކަށް ދިއުމަށް ކުރަމުންދާ މަސައްކަތް. މިއީ ރައީސް މުއިއްޒުގެ ހިންގުންތެރިކަމާމެދު އެއްވެސް ޝައްކެތް ނެތް.
މަދީހާާ
31 July 2024
ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމުގެ ގާބިލްކަމާމެދު އަހުމަދު ސަލީމްގެ އިތުބާރު އޮތް ވާހަކަ އަޑުއަހާލުމަކީ ހިތްވަރު ލިބޭ ކަމެއް
ކަލީމް
31 July 2024
ހެހެހެ ސަލީމޫ އަހަރެމެންނަށްވެސް އެނގޭ ސަރުކާރުން ދިވެހި ރުފިޔާ މަދުވެގެން ނޫޅޭނެކަން. އެއީ އެމެން އަމިއްލައަށް ޗާޕުކުރާ އެއްޗެއްނެ. ތި ޗާޕުކުރާހާ ރުފިޔާގައި އަގެއް ހުރިނަމަ އެއަށް ބޭރުފައިސާ ގަންނަން ލިބޭނެ ދޯ!!!
ބާސިލް
31 July 2024
ސަލީމްބެ އެބުނީ ރަގަޅަށް އިބޫ ސަރުކާރުން އެބަ ހުރި އެއްއަހަރުން ދައްކަން އެތަށް ބިލިއަނެއް ދަރަންްޏަށް ނަގާފަ. މިދެން ކިހާ ދެރަ ކަންކަން. އެކަމަކު މިވެސް ދައްކާނެ މި ސަރުކާރުން. ވަރަށް މަސައްކަތް އެބަ ކުރޭ ހައްލުކުރަން އިގްތިސާދީ މައްސަލަތައް
މިހާދު މުހައްމަދު
31 July 2024
އިގްތިސާދު ރަގަޅު ކުރާނެ މި ސަރުކާރުން. އަހަރެން ޝައްކެތް ނުކުރަން
ހައްޖަ.
31 July 2024
މީނަ ދައްކަން ޖެހިފަ ހުރި ލޯންތައް ކޮބާ.!!!؟؟
ނާއްފާޒް
31 July 2024
އާސަންދަ ހުއްޓލަނީއެއް ނޫން. އޭގެ ހައްގުވެރިންނަށް ލިބޭ ގޮތްހަދާ، އާސސަންދައިން ކުރާ އިސްރާފު މަދުކުރަނީ. އެމްޑިޕީ މީހުން ހަދާ ދޮގުތަކަކަށް އަހަރެމެނެއް ނުހެއްލޭނެ
ގަރު ވަޒީރު
31 July 2024
ދެން ކޮބާތޯ ތިބުނާ ހައްގުވެރިންނަކީ 1 ހީނާވަލީދި2 ދަނޑުވެރި މިނިސްޓަރު މިމީހުންނައް ލިމިޓެއް ނެތް އެއީ ތޯ ހައްގުވެރިން
ކަލާމު
31 July 2024
އިބޫއަކީ ގައުމެއް ހިންގަން އިނގޭނެ މީހެއް ނޫން. އެހެންވެ 1 ބިލިއަންގެ ލޯނު އެއް އަހަރުން ދައްކާގޮތަށްވެސް ނަގާނެ
މޮޅުކަމެއް
31 July 2024
ހުރިހާ ލޯނެއް ދެންއަންނަ ސަރުކާރަކަށް ފަސްކޮށްލީމައި (ފަސް އަހަރަށް) އެއޮތީ ވަރަށް މޮޅުކަމެއް ކުރެވިފައި. އަދި ދެންއަންނަ ސަރުކާރަކުން ޖެހޭނީ މިފަސްއަހަރު ނަގާލޯނުތަކާއިއެކު ނުދައްކައިހުރި ލޯނުތައް ދައްކަން. މިވަރު ނޭނގޭވަރުގެ ދިވެއްސެއް ހުންނާނެތަ؟