ޖިމިން އާއި ޖަންކޫކްގެ "އާ ޔޫ ޝުއާ؟"ގެ ޕޯސްޓަރެއް.
31 ޖުލައި 2024 - 08:04
ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް "ބީޓީއެސް"ގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޖިމިން އާއި ޖަންކޫކްގެ ޓްރެވަލް ވްލޮގްގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ޖިމިން އާއި ޖަންކޫކްގެ "އާ ޔޫ ޝުއާ؟" އަކީ އެ ދެމީހުންގެ ދުނިޔޭގެ އެކި ތަންތަނަށް ކުރި ދަތުރުތައް ޑޮކިއުމެންޓްކޮށް ގެނެސްދޭ ވީލޮގްއެކެވެ.
އެ ވްލޮގްގައި ދައްކާނީ ޖިމިން އާއި ޖަންކޫކްގެ އެމެރިކާ ދަތުރާއި ކޮރެއާގެ ރަށެއް ކަމަށްވާ ޖެޖުއަށް ކުރި ދަތުރާއި ޖަޕާނުގެ ސިޓީއެއް ކަމަށްވާ ސަޕޯރޯގައި އެމީހުން ހޭދަކުރި ދުވަސްތަކުގައި ކުރި ކަންކަމެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި، ޖިމިން އާއި ޖަންކޫކްގެ އެ ދަތުރުގައި އެމީހުން އެކި ކަންކަމުގައި ބައިވެރިވެ އެވެ. އޭގެ ތެރޭގައި މަހަށް ދިއުމާއި ސްނޯގައި ސްކީންއަށް ދިއުމާއި ބޯޓު ދުއްވަން ދިއުމާއި ސުޕަމާޓުތަކުން ވިޔަފާރިކުރުން ކަހަލަ އެކި ކަންކަން ކުރެ އެވެ.
ޑިޒްނީ ޕްލަސް އިން ގެނެސްދޭ "އާ ޔޫ ޝުއާ؟" ސްޓްރީމް ކުރަން ފަށަނީ އަންނަ މަހު އަށެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލީނާ
31 July 2024
ވްލޮގް، ވީލޮގް އެއްނޫން.
ހަސަންބޭ.
01 August 2024
އެއްވެސް މައްސަލައެއް ނޫން، ވީލޮގް ކިޔަސް، ވްލޮގް ކިޔަސް، ޤުރުއާނެއް ނޫން، ކޮން ކަމެއް. އެމީހަކަށް ފަސޭހަވެފަ އަނެކާއަށް ދޭހަ ވަންޏާ ނިމުނީ.