ކުޅިވަރު

އާއިލާއަށް ކުރިމަތިވި އިންޒާރުތަކާ އެކު ޑި މާރިއާ ކުރީގެ ކްލަބާ ސޮއި ނުކުރާނެ

01 އޯގަސްޓް 2024 - 09:01

1 comments

ރޮސާރިއޯ (އޯގަސްޓް 1) - އާޖެންޓީނާގެ ކުރީގެ ވިންގާ އެންހެލް ޑި މާރިއާ އާއި އޭނާގެ އާއިލާއަށް ކުރިމަތިވަމުން އަންނަ މަރުގެ އިންޒާރުތަކާ ގުޅިގެން، ކެރިއަރު ފެށި ކްލަބް، އެގައުމުގެ ރޮސާރިއޯ ސެންޓްރަލްގައި ކެރިއަރު ނިންމާލަން ކުރާ އުންމީދުތައް ހުއްޓާލައިފި ކަމަށް އޭނާ ބުނެފި އެވެ.

ނިމިދިޔަ ސީޒަންގައި ބެންފީކާ އަށް ކުޅުނު 36 އަހަރުގެ ފޯވާޑް އަންނަ ސީޒަންގައި އޭނާ ކުޅޭނެ ކްލަބެއް އަދި ނުނިންމަ އެވެ. މިދިޔަ މަހު ނިމުނު ކޮޕާ އެމެރިކާއާ އެކު، ޑި މާރިއާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

ދެހާސް ފަސްވަނަ އަހަރު ރޮސާރިއޯ އިން ކެރިއަރު ފެށި ކުޅުންތެރިޔާ، ޕޯޗުގަލްގެ ބެންފީކާ އަށް ބަދަލުވީ، ރޮސާރިއޯ ސެންޓްރަލް އަށް ދެ އަހަރު ކުޅެދީފަ އެވެ. ކުޅުން ހުއްޓާލުމުގެ ކުރިން އޭނާ އެ ކްލަބަށް ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް އަންނަމުން ދިޔަ އިންޒާރުތަކާ އެކު މިހާރު އޭނާއަށް ވަނީ އެ ވިސްނުން ދޫކޮށްލަން ޖެހިފަ އެވެ.

007 ވަނަ އަހަރު ރޮސާރިއޯ ސެންޓްރަލް އަށް ކުޅުނު މެޗެއްގައި ގޯލު ޖެހުމަށް ފަހު.--

"އަހަރެންގެ ދައްތަގެ ވިޔަފާރި ހިންގާ ތަނަށް އިންޒާރުގެ ގޮތުގައި، ފޮށްޓަކަށް ލާފައި އޫރެއްގެ ބޮލެއް އޮތް ފޮނުވައިފަ. އޭގެ ބޮލުގައި ވަޒަނެއް ވެސް އޮތް. އަދި ނޯޓެއް އޮތް، އަހަރެން [ރޮސާރިއޯ] ސެންޓްރަލް އަށް އަތުވެއްޖެ ނަމަ ދެން މިހެން އޮންނާނީ އަހަރެންގެ އަންހެން ދަރިފުޅު ޕިއާގެ ކަމަށް ލިޔެފަ،" ރޮސާރިއޯގެ ޓީވީ ސްޓޭޝަނަކަށް ޑި މާރިއާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މިދިޔަ މާޗު މަހު ލިބުނު އެ އިންޒާރާ އެކު ވެސް ޑި މާރިއާ އާއި އޭނާގެ އާއިލާއިން ވެސް ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެއް ނުވެ އެވެ.

ބަނގުރަލާއި މަސްތުވާތަކެތި އަދި ގޭންގް ކުށްތައް އާންމުމުވެފައިވާ ރޮސާރިއޯ ސިޓީގެ ބަޔަކު ވަނީ މިދިޔަ އަހަރު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް ވެސް އިންޒާރު ދީފަ އެވެ.

އާޖެންޓީނާގެ ފެޑެރަލް ސެކިއުރިޓީ ފޯސްގެ ބަޔަކު މިދިޔަ މާޗު މަހު ރޮސާރިއޯ އަށް ފޮނުވާލައި ވާއިރު، ގައުމުގެ މަގުބޫލް ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައި ވާކަމަށް ރޮސާރިއޯ ހިމެނޭ ސެންޓަ ފޭ ޕްރޮވިންސްގެ ގަވަރުނަރު މެކްސިމިލިއާނޯ ޕުލާރޯ ވަނީ، މިދިޔަ މަހު ވިދާޅޫވެފަ އެވެ. ނަމަވެސް ޑި މާރިއާ ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

"ސެކިއުރިޓީ އާއި ގަވާއިދުތަކުގެ ވާހަކަ ދެއްކުމަކީ އާންމު ރައްޔިތުންނަށް ކުރާ މަލާމާތެއް. ފޭރޭ މީހުނާއި މީހުން މަރާ ގާތިލުންނާ ހުރެ ރޮސާރިއޯގައި މީހަކަށް ވަޒީފާއަށް ދާން މަގެއް މައްޗަށް ނުކުމެލެވެން ނޯވޭ، ނޫނީ ބަސް އަންނަންދެން އިރުކޮޅަކު އިންތިޒާރުކޮށް ނުލެވޭނެ،" ޑި މާރިއާ ބުންޏެވެ.

ޑި މާރިއާ ވަނީ ފުރަތަމަ ފަހަރަށް ބެންފީކާއަށް ބަދަލުވެ، އެޓީމާ އެކު ތިން އަހަރު ހޭދަ ކުރުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. އަދި ރެއާލްގައި ހަތަރު އަހަރު ހޭދަ ކުރުމަށް ފަހު، އިނގިރޭސި ރެކޯޑެއް ކަމަށްވާ 59.7 މިލިއަން ފައުންޑަށް އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އެވެ. ނަމަވެސް ޔުނައިޓެޑުގައި އަހަރެއް ހޭދަ ކުރުމަށް ފަހު ކުލަބުން އޭނާ ޕީއެސްޖީ އަށް ވިއްކާލި އެވެ.

ޑި މާރިއާ ވަނީ ޕީއެސްޖީއާ އެކު ހަތް ސީޒަން ހޭދަކޮށްފަ އެވެ. އަދި މިދިޔަ ސީޒަންގައި އޭނާ ބެންފީކާއަށް ބަދަލުވުމުގެ ކުރިން ވަނީ އިޓަލީގެ ޔުނެވްޓަސް އަށް އެއް ސީޒަން ކުޅެދީފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލަނބީ

01 August 2024

މިހެންވެ މަވެސް ރޮސޯރިއަށް ދާން ފޫހިވަނީ. ސަލާންޖަހާ މީހުން ގަނަކަމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454