ލައިފްގެ ޕްލާސްޓިކް ކުދި ފެންފުޅި.
01 އޯގަސްޓް 2024 - 10:46
ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު 2026 ވަނަ އަހަރަށް ފަސްކުރަން ސަރުކާރުން ނިންމައިފި އެވެ. މިއީ އެ ތާރީހު ފަސްކުރި ދެ ވަނަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި އިއްޔެ ނެރުއްވި ގަރާރުގައިވާ ގޮތުގައި، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުން ވެސް އަންނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާ ވާނެ ކަމަށެވެ. އަދި ބާޒާރަށް ނެރުން މަނާ ވާނީ މާޗު 1، 2026 އިން ފެށިގެން ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.
ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހުގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ މިއަދެވެ. ފުރަތަމަ، މިދިޔަ އަހަރު މަނާކުރަން ކަނޑައަޅާފައި އޮތް އެ ބާއްވަތް މަނާކުރާ ތާރީހު މިއަދަށް ފަސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރައީސް މުއިއްޒު ނެރުއްވި ގަރާރެއްގަ އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އޭގެ ދަށުން އެކި ތާރީހުތަކަށް ބަހާލައިގެން ޖުމްލަ 14 ބާވަތެއްގެ ޕްލާސްޓިކް މަނާކުރަން ލިސްޓުގައި ކަނޑައަޅާފައިވެ އެވެ.
އެ ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން 13 ބާވަތެއް މިހާރު ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރުންތަ
02 August 2024
ޕްލާސްްޓިކް ފުޅީގެ ދަށުވެފަ އޮތް ސަރުކާރެއް
ސވލ
01 August 2024
ހެއްވާގެވެސް ހެއްވާ! އަދުނޫން މާދަމައަށް! ދައްކާނީ ކޮންފަދަ ޙުއްޖަތެއްބާ؟
ޕިކްސް
01 August 2024
ރާއްޖޭގެ ގޮޑުދޮށްތަކުގަ އެންމެ ގިނައީ ޕްލާސްޓިކްފުޅި. އެކަމަކު މިފެންނަނީ އެމަނާކުރަން ނުކުރިގެން އުޅޭތަން. ކޮންމެ ސަރުކާރަކުންވެސް ތިމާވެއްޓޭ ކިޔައިގެން ނިކަމެތިން ފެލަނީ.
ގޮނޑުދޮށް
01 August 2024
ގޮނޑުދޮށުގައި އެ ހުންނަނީ މިރާއްޖޭގެ މީހުން ބޯ ފުޅިއެއް އެކަންޏެއް ނޫން. މިރާއްޖޭގައި ރިޒޯޓުތައް ނުހުޅުވާ ޒަމާނުގައި، ބޯނެ ފެންފޮދެއް ނުބިލިގެން އުޅުނު ޒަމާނުގައިވެސް ޕްލާސްޓިކް ފުޅިތައް މިރާއްޖޭގެ ގޮނޑުދޮށުގައި ލައްގާފައި ބައިވަރު އޮވޭ. ތަންދޮރު އެނގިގެން ކޮމެންޓްކުރޭ.
ހޭބައްޔާ.
01 August 2024
އެވާހަކަ މިދައްކަނީ. ކަލޭ ބޮއިފަ ކަނޑަށް އެއްލާލާ ފުޅީގެ މުސީބާތް އޮސްޓްރޭލިއާ އަދި އިންޑޮނޭސިއާ މީހުންނަށް ޖެހޭނެ ވާޙަކަ. އެގިއްޖެތަ.
ސަމާ.
01 August 2024
މިހުންންނީ ކުރީސަރުކާރުގެ ނުލަފާކަން, އަދިވެސް އެމަިހުން އުނދަގުލުން ސަލާމަތް ނުވޭތާ?
ސަމާސާމާ
01 August 2024
ކުރީ ސަރުކާރު ކިޔުން ހުއްޓާލާކަށް ނުވޭތައް؟
ބިންބި ސަހަރު
01 August 2024
އެއްބަސްވެފައިވާ މުއާހަދާތަކުގައި ތިޔަށް ވުރެ ދިގު މުއްދަތަކަށް ފަސްކުރެވެން ނެތީތޯ، ކަންތައްތައް ފެންނަ ގޮތުން ހިއެއްނުވޭ 2030 ގަ ވެސް ތިޔަ ނިންމުން ތަންފީޒު ކުރެވިދަނެހެން، އެހެންވީމާ ކޮންމެ ފަހަރަކަށް އާ ތާރީޚެއް ދިނުމުގެ ބަދަލުގައި އެ ގާނޫނު ނުވަތަ ގާނޫނުގެ އެބައި އުވާލުން ކިހިނެއްވާނެބާ
ދޭހިލޭ
01 August 2024
ބޭކާރު ކަމެއް. ޕްލާސްޓިކް ފުޅިއާ ނުލައި މި ގައުމަކަށް އަދި ނޫޅެވޭނެ. އަވަހެއް ފަހެއް ކުރުމުގެ ބޭނުމެއް ނެތް. ތިޔަ ގާނޫނުވެސް އުވާލަންވީ. ދުނިޔޭގެ ތިމާވެށި ސަލާމަތްވާނީ އިޒްރޭލުން ކުރާ ހަނގުރާމައާއި ޔުކްރޭނުން ކުރާ ހަނގުރާމަ ހުއްޓާލައިގެން. ދުނިޔޭގެ ތިމާވެށީގެ ޗެމްޕިއަނުން ކަމަށް ދައުވާކުރާ މީހުން އެ ހަނގުރާމަތައް އެކުރުވަނީ. އެ ހަނގުރާމަކުން ތިމާވެށްޓަށް ނުލިބޭ ގެއްލުމެއް ބޯލާ ފެންފުޅިއަކުން ނުލިބޭނެ.
މުރާކިގެ
01 August 2024
ބޭފުޅާ ހަމައިގައި ތޯ؟
ނުދޭހިލޭ
02 August 2024
ޕްލާސްޓިކް ފުޅިއާ ނުލައި އުޅެން ދަސްކުރީމަ އެކަންވެސްވާނެ. ކޮންމެ ކަމެއްވެސް ކުރެވޭތޯ ބެލީމަ ވާނީ. ތިމާވެށި ސަލާމަތްކުރަން ކުރެވެން ހުރި ކަމެއް އެބައެއްގެ ހުރި ފެންވަރަކުން ކުރެވޭތޯ ބެލިދާނެ. މިސަރުކާރަކީ ތިމާވެއްޓާމެދު އެހާ ހަމްދަރުދީ ވާ ބައެއް ނޫންކަމަށް ބެލެވެނީ.
އޮނަރަބްލް އަފީފު ދީދީ
01 August 2024
އެކުއެކީގައި ފާސްކުރި ޤާނޫނުގެދަށުން "ރައްޔިތުމީހާގެ ކޮތަޅުން" ސީދާގޮތުން ނަގާންޖެހޭ ފައިސާ ވަގުތުޖެހުމާއިއެކުގައި ނަގާފައި "މަހުޖަނުމީހާގެ އެތިން" ނަގާންޖެހޭ ފައިސާނެގުން ލަސްކުރަމުން ދިއުމަށްވުރެން ރަނގަޅުނޫންތޯ ކޮތަޅުންނަގާ ޓެކްސް ދަމަހައްޓާފައި ޕްލާސްޓިކްފުޅިން ނުވަތަ މިލިޔަނަރުންގެ ކުންފުނިތަކުގެ އުފެއްދުން ތަކުން ނަގާންޖެހޭ ފައިސާ ދެއްކުމުން އެފަރާތް ތަކަށް ޢިއާދަ ނުކުރެވޭނެ ގެއްލުންވާނެތީ ޤާނޫނު އިސްލާޙްކޮށް ފުޅިން ޓެކްސްނެގުން ހުއްޓާލުން.
އެޑްމުންޑޯ
01 August 2024
ކޮންސަކަރާތެއް ޖަހާކަށް ، ތި 50 ަވަރަކަށް އަހަރަށް ފަސްކޮއްބަލަ ، އޭރުން އިރު އިރުކޮޅާ ތިވާހަކަތަށް އަޑުއަހާކަށް ނުޖެހޭނެ އެއްނު