މިދިޔަ ބުދަ ދުވަހުގެ ރޭ އީރާންގައި އަވަހާރަކޮށްލި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ (މ) ބަޔަކަށް އަތުން އިޝާރާތްކޮށްލައްވަނީ. -- ފޮޓޯ: އޭއެފްޕީ
03 އޯގަސްޓް 2024 - 18:27
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އީރާންގައި އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ ކުރު ރާސްތާ މިސައިލަކުން ކަމަށް އެ ގައުމުގެ ސިފައިން މިއަދު ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުގެ މެންދަމު ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އޭނާ ހުންނަވާ ގެސްޓް ހައުސް އަށް ވަޑައިގެންތަނާ އެވެ. ގަތަރުގައި އުޅުއްވާ ހަނިއްޔާ އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ހަމަލާދިން ގޮތުގެ އެއްވެސް ތަފްސީލެއް ރަސްމީކޮށް ހާމަ ނުކޮށް ތިބުމަށް ފަހު އީރާން ސިފައިން ނެރުނު ބަޔާނުގައި ބުނީ ހަމަލާ ދީފައިވަނީ ހަނިއްޔާ ހުންނެވި އިމާރާތުގެ ބޭރުން ކަމަށެވެ.
އީރާނުން މިހެން ބުނެފައި ވާއިރު ނިއު ޔޯކް ޓައިމްސް އިން މެދުއިރުމައްޗާއި އެމެރިކާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ހަނިއްޔާ އަވަހާރަކޮށްލީ މީގެ ދެ މަސް ކުރިން، އީރާން ސަރުކާރުގެ ގެސްޓް ހައުސްގައި ހަރުކުރި ބޮމެއް ރިމޯޓުކޮށް ގޮއްވާލައިގެން ކަމަށެވެ.
ނަމަވެސް އީރާން ސިފައިން ބުނީ ތަހުގީގުގައި މިހާތަނަށް އެނގިފައިވާ ގޮތުގައި އިމާރާތުގައި ހަނިއްޔާ ހުންނެވި ތަނަށް ހަމަލާ ދިނީ ކުރު ރާސްތާ މިސައިލެއް ބޭނުންކޮށްގެ ކަމަށާއި އެއީ އިމާރާތުގެ ބޭރުން ފޮނުވާލި، ގާތްގަނޑަކަށް ހަތް ކިލޯގެ ގޮވާތަކެތި ހުރި މިސައިލެއް ކަމަށެވެ.
ކުރިން ވެސް އީރާނުން ތުހުމަތުކުރި ގޮތަށް، ސިފައިންގެ ބަޔާނުގައި ވެސް ބުނީ މިއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށާއި އެކަމުގެ ބަދަލު ހަރުކަށިކަމާ އެކު ހިފާނެ ކަމަށެވެ.
ހަނިއްޔާ އަވަރާކޮށްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށް އީރާނާއި ހަމާސް އިން ވެސް ބުނާއިރު މިކަން އިޒްރޭލުން ދޮގެއް ނުކުރެ އެވެ. އެކަމަކު ހަމަލާގެ ޒިންމާއެއް ވެސް ނުއުފުލަ އެވެ. އެކަމަކު އިއްޔެ ބުނެފައިވަނީ ހަނިއްޔާ އަވަރާހަކޮށްލި ރޭ މެދުއިރުމަތީގެ ގައުމެއްގައި އިޒްރޭލުން ވައިގެ މަގުން ހަމަލާއެއް ދިނީ ލުބްނާންގައި ކަމަށެވެ. އެ ގައުމުގައި ވެސް ދިނީ އެންމެ ހަމަލާއެއް ކަމަށާއި އެއީ ހިޒްބުﷲގެ އިސް ކޮމާންޑަރަކަށް ދިން ހަމަލާ ކަމަށް ބުންޏެވެ.
"މިކަން ސާފުކޮށްދޭން ބޭނުން. ވައިގެ މަގުން، މިސައިލުން ނުވަަތަ ޑްރޯނުން ވެސް އިޒްރޭލުން މެދުއިރުމަތީގައި އެ ނޫނީ [ލުބްނާންގައި ނޫނީ] ހަމަލާއެއް ނުދެން. މިއަށްވުރެ އިތުރަކަށް ނުބުނާނަން،" އޮންލައިންކޮށް ބޭއްވި ޕްރެސް ބްރީފިންއެއްގައި އިޒްރޭލު ސިފައިންގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުންނެވެ.
ހަނިއްޔާ އިއްޔެ ވަނީ އޭނާ އާންމުކޮށް އުޅުއްވާ ގަތަރުގައި ފަސްދާނުލައިފަ އެވެ. ހަމާސް އިން ބުނީ ހަނިއްޔާ އަވަހާރަކޮށްލި ނަމަވެސް ޖަމާއަތުގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށާއި އިޒްރޭލުގެ އަޅުވެތިކަމުން ފަލަސްތީނު މިނިވަންކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދެެއް
04 August 2024
މިމީހުންކިޔާ އެއްޗެއް އެބަ އެނގޭތަ؟ އެއްފަހަރު ބުނާނެ މިސައިލަކުންނޭ. އަނެއްފަހަރު ބުނާނެ މީގެ 2މަސްކުރިން ހަރުކުރި ބޮމަކުންނޭ. އެމީހުން ކުރިކަމަކަށްވާތީ ބަހަނާ އޮޅިގެން އުޅޭކަހަލަ
އިހްސާސް
04 August 2024
އީރާނާމެދު ވެސް މިހާރު ޝައްކު. އިޒުރޭލުން އީރާނުގެ މީހުން ގަނެގެން ހަމަލާ ދިންހެންވެސް ހީވޭ.
ޖަލީލީ
04 August 2024
ބުނެވޭ ހާމަނާއީ އަޑީގައި ހުރެގެން ކުރުވިކަމެކޭވެސް. ހަނިއްޔާ ބޭނުމެއްނުވޭ ޔަހޫދީންނަށް އަމާންދޭކަށް، ހާމަނާއީ ބޭނުންވަނީ ހަނގުރާމަ ހުއްޓުވަން. އިރާނުގެ ކުރީގެ ރައީސް ރައީސީވެސް މާރާލީ ހާމަނާއީ އަޑީގަ ހުރެގެން ކަމަށް ބުނެވޭ. ހަނިއްޔާ ކަހަލަ ހައިތުރެޓް ބޭފުޅަކު އިރާނުގެ ވެރިރަށުގަ ސަރުކާރުގެ އިމާރާތުގަ ހައި ސެކިއުރިޓީ އޭރިޔާގަ ހުއްްްޓާ ޝަހީދު ކޮށްލެވުމުން އިރާނަށް ވެސް އިނގިލި ދިއްކުރެވެން އެބައޮތް.
ރޫޅަނީ
03 August 2024
ނިއޔޯކްޓައިމްސްއިން ބޮމާ ބެހޭ ގޮތުން ނެރިގެން އުޅޭ ވާހަކައިގަ، "ލަންޑަން ހޭޒް ފޯލަން"އާ "އަންނޯން" ފަދަ ފިލްމުތަކުގަ ދައްކާފަ ހުރި ކަންކަން ފަދަ ކަންކަން އެކުލެވުން އެއީ ހަމަ އިއްތިފާގެކޭވެސް ދެން ބުނެދާނެ. އެ ފިލްމުތައް ބަލައިގެން ބަޔަކު ކަމެއް ރޭވީތޯ ނޫނީ އެއިން ޚިޔާލު ނަގައިގެން ވާހަކައެއް ހެދީތޯ އެއީ ހަމަ ޝައްކު އުފެދޭނެ ކަންކަން.
ކުރި
03 August 2024
ހަނިއްޔާ މިދުނިޔެ ދޫކޮއް އެދިޔާއީ މުޅި އުމުރު ފަލަސްތީނުގެ ހައްގުގުގައި ހޭދަ ކުރުމަށް ފަހު. މާ ފަލަސްތީނު ވެގެން އުޅުނު މިގައުމުގެ ވެރިން ހަނިއްޔާގެ ކަށުނަމާދު ކުރުން އިހްތިޔާރީ ކަމަކަށް ހެދުމާއި އެ ހަމަލާ ކުއްވެރި ކުރީ ވެސް ރައްޔެތުން ބޮލަށް އަރަން ފެށުމުން.
ޖަލީލީ
04 August 2024
އަޖާއިބް! ސައުދީ ބޮޑުބެ ރުޅި އައިސްފާނެތީ ކިހިނެތް ތިޔަބުނާ ކަންކަން ކުރާނީ. ސައުދީ އަކީ ފަލަސްތީނަށް އެހީވާތީ ޓެރެރިސްޓުންނަށް އެހީވުމުގެ އިލްޒާމް އަޅުވާ ގަތަރާ ގުޅުން ކަނޑާލި މީހުން.
ލަސް
04 August 2024
މަޖުބޫރެއް ނުކުރެވޭނެ އެއްވެސް ކަމެއް. ހެބަލި ނުވޭ
ކުރި
03 August 2024
އީރާންގެ ވަރުގަދަ ރައްދު ހަމަލާ މީގެ ދުވަސް ކޮޅެއް ކުރިން ފެނިގެން ދިޔަ. ކޮސްވެ އަންތަރީސްވެ ތަލިން ކުޅުހިކިގެން ދިޔައީ ހަމަލާ ދިންތާ ދެވަސް ފަހުން ލިބުނު ޙަބަރާގެން އެމެރިކާއަށް 48 ގަޑި ކުރިން ހަމަލާދޭނެ ކަން އެންގުމާއި އެކަމައްތައްޔާރު ވުން. އީރާނުން ފޮނުވާލި 300 މިސައިލްގެ ތެރެއިން 90 ޕަސަންޓް ވައްޓާލި