ރާއްޖޭގައި މިވަގުތު ހުރި މަލައިކާ އިންސްޓަގްރާމްގައި ހިއްސާކުރި އޭނާގެ ފޮޓޯއެއް.
05 އޯގަސްޓް 2024 - 13:16
ބޮލީވުޑްގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
މަލައިކާ ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ މިފަހަރު ރާއްޖެ އައީ އިންޑިއާގެ މެގަޒިންއެއް ކަމަށްވާ ގްލޯބަލް ސްޕާ މެގަޒިންގެ ކަވަ ޝޫޓިން އަށެވެ.
ރާއްޖޭގައި މިވަގުތު ހުރި މަލައިކާ އިންސްޓަގްރާމްގައި ހިއްސާކުރި އޭނާގެ ފޮޓޯއެއް.
އޭނާ މިފަހަރު އައީ ރ. އަތޮޅުގައި އޮންނަ ހެރިޓެންސް އާރަށް ރިސޯޓަށެވެ. އެ ރިސޯޓަށް ދިއުމާ އެކު، ރިސޯޓުގެ ސްޓާފުން ވަނީ ބޮޑުބެރާއި ދިވެހި ސަގާފީ އައިޓަމަކުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މައިލަކާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯތަކާއި ވީޑިއޯތަކުގައި ވަނީ "ވިޒިޓް މޯލްޑިވްސް"ގެ އިންސްޓަގްރާމް އެކައުންޓް ވެސް ޓެގުކޮށްފަ އެވެ.
ރިސޯޓުގެ އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް މަލައިކާ އަންނަނީ ހިއްސާ ކުރަމުންނެވެ.
މަލައިކާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފަ އެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު އަރްޖުން ކަޕޫރްއާ އެކު ޗުއްޓީ ހޭދަކުރަން ވަރަށް ގިނައިން ރާއްޖެއަށް އައިސްފައިވެ އެވެ.
ރާއްޖޭގައި މިވަގުތު ހުރި މަލައިކާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއް.
ފަސްވަރަކަށް އަހަރު ރަށްޓެހިވެގެން އުޅުމަށްފަހު މަލައިކާ އާއި އަރްޖުން ރުޅިވި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ މެއި މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިމްބޭ
06 August 2024
ފާސަލު ދިޔަތާ ނުވޭ 24 ގަޑިއިރު . އެއަންނަން ފެށީ ބޯކޮށް ބިޓުން. ސާބަހޭ ފާސަލޫ
އަޖައިބު ހީވޭ
09 August 2024
އެއީ ވިއްޔާ އެސޮރު ކިޔަވާފަހުރި ދާއިރާ އަކީ، މޮޅުވާނެތާ!
ބަރުޖޯރު
06 August 2024
އައިފަހުން ވިއްސާރަކޮން އުޅެނީ !
ބާބޫ
06 August 2024
ދުނިޔޭގެ އެއްވަނަ ފަތުރުވެރިކަމުގެ މަންޒިލް، މިތަން ބޮއިކޮޓްކޮށް މާކެޓް ތިރިގަންނަވާލަން އުޅުނަސް ނުވާނެ. ގޮވާނީ އަތައް! ތިންކު ޓުވައިސް ބިފޯރ ޔޫ އެކްޓް!
ލުބްލާ2024
05 August 2024
ވެލްކަމް މަލައިކާ!
ޑރ ވާންޗޯ
05 August 2024
ވަރަށްރަނގަޅު، ވަށައިގެން ލޮނުއޮތްތަނެއްގަ ހޫނުމަރުހަބާއެއްކިޔަން އުނދަގޫވެސްވާނެ.
ވިޝަން
05 August 2024
53 އހަރު