ޓޫރިޒަމް ދާއިރާގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިން. މާސްޓަ ޝެފް ޝޯ ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ / މިހާރު
08 އޯގަސްޓް 2024 - 14:41
ދުނިޔޭގެ މަގްބޫލްކަން ހޯދާފައިވާ ކެއްކުމުގެ އެންމެ ބޮޑު ޝޯ، "މާސްޓަ ޝެފް" ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޝެފުންނަށް 35،000 ޑޮލަރުގެ މުސާރައެއް ދޭ ރިސޯޓުތައް ވެސް ރާއްޖޭގައި ހިންގާ ކަމަށެވެ. މިއީ، ކުރިއަރިވަން ޖެހޭ ދާއިރާއެއް ކަން ފާހަގަކުރައްވައި، އެ ދާއިރާ އަށް ދިވެހިން އިތުރު ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދާއިރާގެ މީހުންނާ އެކު ޕްލޭނެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މިނިސްޓަރުން ވިދާޅުވީ ޝެފުންގެ އިތުރުން ޖެނެރަލް މެނޭޖަރުންނާއި ސޭލްސް ޑައިރެކްޓަރުންނާއި އޮޕަރޭޝަންސް މެނޭޖަރުންގެ މަގާމަށް ދިވެހިން އިތުރު ކުރަން ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެކަން ކުރައްވާނީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަ ޓްރެއިނިންތަކެއް ދީގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އަވަހަށް ޕީއެސްއެމްއާ އެކު މަޝްވަރާ ކުރާނަން މިކަމަށް އިންޓްރެސްޓް އުފެއްދުމަށްޓަކައި މާސްޓަ ޝެފް ޝޯ ރާއްޖެއަށް ގެންނަން. ބައެއް ރިސޯޓުތަކުގެ ބޭފުޅުންނާ މިހާރު މަޝްވަރާ ވެސް ކޮށްފިން. ބައެއް ބޭފުޅުން ވިދާޅުވި މިކަމުގައި ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"މާސްޓަ ޝެފް" އަކީ 1990 ގައި އިނގިރޭސިވިލާތުން އުފަންވި ކައްކާ ރިއަލިޓީ ޝޯއެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުންނާ އެކު މި ޝޯ ބާއްވަ އެވެ.
ފައިސަލް ވިދާޅުވީ، އެފަދަ ޝޯއެއްގެ ތެރެއިން ޕްރޮފެޝަނަލް ޝެފުން އުފެއްދޭނެ ކަމަށާއި ޒުވާނުންގެ ތެރޭގައި މި ދާއިރާއަށް ޝައުގުވެރިކަން ވެސް އިތުރު ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ގިނަ ދިވެހިން މިހާރު މަސައްކަތް ކުރަނީ އާދައިގެ ވަޒީފާތަކުގައި ކަމަށް ވިޔަސް 3،000-4،000 ޑޮލަރުގެ މުސާރައެއް ލިބޭ ވަޒީފާތަކުގައި ދިވެހިންގެ އަދަދު އިތުރުކުރަން ވެސް އިސްކަމެއް ދެއްވާނެ އެވެ.
"މިކަމުގައި ޕޭޕަރު ތައްޔާރުކޮށްގެން، ކޮބައިތޯ މިކަން ފަންގްޝަނަލްކޮށް ކުރެވޭނެ ގޮތަކީ. މިސާލަކަށް ރާއްޖެއަކީ ވޯލްޑް ލީޑިން ޑެސްޓިނޭޝަނަށްވާ އިރު ހޮސްޕިޓަލިޓީ ދަސްކުރަން އަޅުގަނޑުމެން ބޭރުގެ ޔުނިވާސިޓީއަކަށް ދިއުމަށް ވުރެ ރާއްޖޭގެ ރިސޯޓެއްގައި އެ ކުއްޖާ ޓްރެއިންކޮށްފިއްޔާ މާ ޕްރެކްޓިކަލް ވާނެ ހެން އެ ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެއްވާކަން
09 August 2024
ގޯހެއް ހަދަން މިއުޅެނީ. މާސްޓަޝެފަކީ ގޭގައި ތިބެ ކައްކާ ހޯމް ކުކްސް އަށް އޮންނަ ޝޯވއެއް. ރާއްޖޭގަ ކިތަންމެ ގިނަ ޝެފުން ތިއްބަސް އެ ޝޯ ބާއްވައިގެން ފަތުރުވެރިކަމަށާ ޝެފުންނަށް ވާނެ ފައިދާއެއް ނެތް. އެއްޗެކޭކިޔާފަ ނިކަމެތި މީހާގެ ލޮލުގަ އަނދުން އަޅުވާ އަދިވެސް. ދިވެހިން އަތްޖަހާނެ.
ދެން ލަލާ
08 August 2024
މީގެ އަހަރުތަކެއް ކުރިން ޕީއެސްއެމް އިން ތިޔަ ޝޯ ބާއްވަންށޭ ކިޔާފައި ސްޕޮންސަރ ގެ ގޮތުގައި ސަރުކާރުގެ ބޮޑެތި ކުންފުނި ތަކުންވަނީ އެތަކެއް ލާރި ނަގާފައި. އެ ހުރިހާ ފައިސާއެއް ކޮބާ؟ ހައްތަހާ ވެސް ކޮރަޕްޝަން!
މަހުޖޫބު
08 August 2024
ދެން ޓީވީޝޯވގެ ކަމެއްގަކީއްވެބާ މިނިސްޓްރީއިން މިއުޅެނީ؟ އެއީ ޓީވީ ސްޓޭޝަންތަކުގެ ކަމެއް. އެހެންނޫނަސް ތިއީ މިދިޔަ ސަރުކާރުގަ ލޯންޗުކޮށް، އެތައް ޒަމާނެއް ވަންދެން އިޝްތިހާރުވެސް ދެއްކި އެއްޗެއް. އެކަމަކުވުޖޫދަކަށް ނައި.
ދިއްދޫމީހާ
08 August 2024
ތިޔަތަނުން އެއްވަނައަ ދާ ފަރާތެއް އައްޔަން ކުރަންވާނީ މުރައިދޫގޭ ގަނޑުވަރުގެ ބޮޑު ކައްކާއަ
ލޮލްް
08 August 2024
ކީއްކުރާ މާސްޓާ ޝެފެއް. ދިވެހިންނަށް ގަރުދިޔަކޮޅެއް ކައްކާލާ، ރިހާކުރުކޮޅެއް އޮލަކޮށްލަން އެނގުނީމަ ނިމުނީނު. މިހާރުވެސް ރައްޔިތުންނަށް ވެރިން އަންގާފައި އޮތީ ގަރުދިޔައާއި ބަތަށް ތިރިވާން. ރިހާކުރު އޮލަކޮށްލަން އެނގުނީމަ ޑޮލަރު ލިބޭނެ 40ހާހުން މަތި،
ފެއިލްޑްކަންޓްރީ
08 August 2024
ނެތީތަ ތިޔަށްވުރެ މުހިންމު ކަމެއް ކޮއްލާނެ؟؟
ފެއިލްޑް ވިސްނުން
08 August 2024
ދުނިޔޭގެ ފެންވަރުގެ ޝެފުން ރާއްޖޭގައި އުޅޭ. މާސްޓަރ ޝެފް ރާއްޖޭގަ ބޭއްވިއްޖެ ކަމަށް ވާނަމަ މުޅި ދުނިޔޭގެ ސަމާލުކަމަށް ރާއްޖެ އަންނާނެ.
ވާނުވާގަނުހުރޭ
08 August 2024
މިހާރު ގެއްލިފަ އޮތް ގައުމެއްތަ މީ؟
އެއްމެވިސްނޭ
08 August 2024
90 ގެ ޒަމާނެއް ނޫނޭ މީ. ރާއްޖެ ނޭނގޭ މީހެއް މިހާރު މަދުވާނެ.
ހަމިއްޓޭ10
08 August 2024
ބޮޑެތި ވަޒީފާތަށް ދިވެހިންނަށް ދޭން ކިޔާއިރު ، މިހާރު ގިނަ ރިސޯޓުތަކަށް ވޭޓަރުން ރޫމް ބޯއީންނަށް ދިވެހިން ނުނަގާ މުޅިން ގެންނަނީ ބޭރު އިންޑިޔާ ބަނގުލަދޭޝް ނޭޕާލް އިންޑޮނޭޝިޔާ މީހުން. މިކަން އެންމެ ބޮޑީ ދިވެހިން ހިންގާ ރިސޯޓްތަކުގަ. ކުރިން 80% ދިވެހިން އުޅުން ރިސޯޓް ތަކުގަ މިޔަދު 80% ތިބީ ބިދޭސީން. މިކަން ބަލާނެ ބަޔަކު ނެތްްް. ދެން މި ކިޔަނީ ރާއްޖޭގަ ޑޮލަރެއް ނެތޭ.
އަބުދުގެ އައްލޫ
08 August 2024
އަވަސް ކުރޭ. ލަސްކުރާނެ ކަމެއްނެތް. މޯލްޑިވިޔަން އައިޑަލްވެސް ގެނޭ. އެހަދާނުގައިވެސް ގެނޭ. ގައުމުއޮތީ މުނިފޫހިފިލުވާނެ ވަސީލަތްތަކުުން ވަރަށް ބޮޑަށް މަހުރޫމުވެފަ. މިހުރިހާދުވަހު މީހުން ސްޓެރެސްފިލުވަން ބެލި ދިވެހި ފުޓްބޯޅަ އޮތީ އައިސީޔޫންވެސް އުންމީދު ކަނޑާފައި. ފޫހިފިލުވަންް ކުރާނެކަމެއް ނޭގިގެން މީހުން އުޅެނީ. ޓީވީތަކުން ނުދައްކާ އޮއްޓަރު ހުރި ޕްރޮގްރާމެއް. ހުސްސިޔާސީ އެއްޗެހިބަލަބަލާ އެންމެންގެ އަޚުލާގު އެއްކޮށް ހަލާކުވެއްޖެ. ވީމަ އަވަސްކުރޭ
ވާވާ
08 August 2024
ވަރަށް ރަނގަޅު ވާހަކައެއް. ރަނގަޅު އެންޓަޓެއިންމަންޓް ޝޯތައް ތައްޔާރުކޮށް ދައްކަން ޖެހޭ. މޯލްޑިވިއަން އައިޑަލް ދުވަސްކޮޅު ޓްވިޓަރ އިންވެސް ފެންނަނީ އެކަމާ ގުޅޭ ވާހަކަތައް. މިހާރު އަބަދު ސިޔާސީވެފަ
އުމަރުބެ
08 August 2024
ވވވ ސާފުކޮއް މިބުނަނީ ބަލަ ފައިސަލޫ އެއްވެސް ރިސޯޓަކުން ޝެފަކަށް /-3500 ޑޮލަރު މުސާރާގެ ގޮތުގާ ނުލިބޭނެ މީގެން ވެސް މިދޭހަވަނީ މިނިސްޓަރގެ ޓުއަރިޒަމް ދާއިރާގެ ތަޖުރިބާގެ ޒައްރެއްގެ މިނަވަރުވެސް ނެތްކަން
އިސްލާހު
08 August 2024
މިނިސްޓަރު ވިދާޅުވީ ޝެފުންނަށް 35،000 ޑޮލަރުގެ މުސާރައެއް ދޭ ވާހަކަ ހުވަފެނުގާ
އިސްމާލު2.0
08 August 2024
އިންޑިއާ އައުޓް އަނބާ ހުއްޓިއްޖެ. މިހާރު ކިޔަނީ ވެލްކަމް އިންޑިއާ އަނބާ. މިއަހަރު ކުރީ ކޮޅު ޗައިނާ އިން މާ ބައިވަރު އެރައިވަލްސް ތަކެއް އައިސްގެން ހީވަނީ އެހެންފަދަ ކަމެއްހެން. ހަގީގަތް ބަލާލާއިރު ބެޑް ނައިޓްސް ވެއްޓިފަ، ޓުއަރިސްޓުން ކުރާ ހޭދަ ދަށްވެފަ. އިންޑިއާ މާކެޓްގެ މުހިއްމުކަން އެންމެފަހުން ވިސްނިގެން އިންޑިއާއަށް ގޮސް އާދޭސް ކުރަނީ. މި ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ސީދާ ސަރުކާރުގެ މަތިފަޑިން. އެއްކަލަ 3 ކުޑަކުދިން ހިމެނޭނޭހެން.