ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިން: ކޮޅުވެއްޓިއެއްގެ މައްސަލާގައި 1.1 މިލިއަން ދައްކަން ސިޓީ ކައުންސިލްގެ މައްޗަށް ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
09 އޯގަސްޓް 2024 - 19:51
މީގެ 16 އަހަރު ކުރިން މާލޭ މުނިސިޕަލްޓީގެ ބޭނުމަށް ކޮޅުވެއްޓިއެއް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އެ އުޅަނދުގެ އިމްޕޯޓް ޑިއުޓީއަށް 1.1 މިލިއަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް އެ ފައިސާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލް އުފެދުމުގެ ކުރިން 2008 ވަނަ އަހަރު އޭރު މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު އެ ތަނުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ލޭންޑިން ކްރާފްޓެއް ގެނައީ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށެވެ. އެ މައްސަލާގައި އެ ސެކްޝަންގެ އޭރުގެ އިސްވެރިއަކަށް ހުންނެވި އަދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިސްމާއިލް އަބްދުލްހަމީދު ދޮޅު އަހަރަށް އަރުވާލަން 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަން ވެސް ގެއްލުނެވެ.
އެ މައްސަލާގައި ކަސްޓަމްސް އިން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރީ އެ އުޅަނދުގެ އިމްޕޯޓް ޑިއުޓީ ދައްކަން އެންގުމުން އެކަމަށް ކައުންސިލުން ދެކޮޅު ހެދި މައްސަލާގަ އެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް އެންގުމުން ވެސް ސިޓީ ކައުންސިލުން ވަނީ ޑިއުޓީ ދައްކަން ދެކޮޅު ހަދައިފަ އެވެ.
ސިޓީ ކައުންސިލާ ދެކޮޅަށް ކަސްޓަމްސުން ދައުވާ ކުރުމުން އެ ކައުންސިލުން ކޯޓުގައި ބުނެފައިވަނީ އެ އުޅަނދު ގެނެސްފައިވަނީ ކޮރަޕްޝަންގެ މުއާމަލާތެއްގެ ތެރެއިން ކަމަށްވާތީ އެ އުޅަނދަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ އުޅަނދު ގެނައީ ސިޓީ ކައުންސިލްގެ ނަމުގައި ކަމަށް ވާއިރު، އެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވުމަކީ އިމްޕޯޓް ޑިއުޓީ ދެއްކުމުން ބަރީއަވެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އެހެންކަމުން އެ އުޅަނދުގެ ޑިއުޓީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނިބެ
10 August 2024
ހެޑުލައިންއަށް އަރާވަރުގެ ހަބަރެއްބާތީ؟އަދިއަވަސް މައްސަލަ ނިންމަާލިލެއް، އަދި 10ވަރަކަށް އަހަރު މައްސަލަ ދިގުދައްމާލަން ފެނޭ
ކޮރަލް
10 August 2024
ކޮޅު ވއްޓި ކުޔަށް ނަގާ ސަރުކާރަށް ކުއްޔަށް ދިން މީހުން މިލިއަނަރުން ވެއްޖެ އވެ. ލިބުނު ފައިސާ ގިނަވެ ބޭކާރު އަގު ބޮޑު އެއްޗެހި ގަނެ އެވެސް ގެއްލިއްޖެ އެވެ. ކުއްޔަށް ދިން ބަޔަކު ކުއްޔަށް ދިނީ ވ އަގު ބޮޑު ކޮށެވެ.
ދައިގަންނަގުރާ
10 August 2024
ތިއީ ދެން ބޮޑުވަރެއްނުން؟ ދައުލަތުން ދައުލަތަށް. ދައުލަތުގެ އެހެން ކުންފުނިތައް މިދަނީ ދައުލަތުގެ އެހެން ކުންފުންޏަކާ ނުވަތަ ދައުލަތާ ދެކޮޅަށް ކޯޓަށް. ކޮރަޕްޝަނަކީ މި ގައުމުގެ ލޭނާރު
މިސްރީ ޣާލިބު
09 August 2024
ތިޔޭ މިކިޔާ ވާހަކަޔަކީ. މާއަވަހީ މައްސަލަ ނިމޭލެއް. މިހާރުބތިއްބެވި ފަނޑިޔާރުން ވިދާޅުވިހެން ކޮންމެސްނކަމެއް ދިމާވެގެންތާ ނުނިމި ގިނަދުވަސް ވެފައިހުރި މައްސަލަތައް ނިންމާލަން އާހިތްވަރެއް ލެވޭނީވެސް. މިހާރު ތިބީވެސް އޭރު ވަކާލާތު ކުރަންތިބި ވަކީލުން ވިއްޔާދޯ.