ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހައުސިން މިނިސްޓަރު އަލީ ހައިދަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
12 އޯގަސްޓް 2024 - 14:32
ހާލުގައި އުޅޭ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދޭން ދޫކުރާ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ހައްލުކުރަން މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓް ހޯދުމަށް ފަހު، ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭ މައްސަލާގައި ހައުސިން މިނިސްޓްރީން އަމަލުކުރާ ގޮތެއް ސާފުކޮށްދޭން ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް އެދިވަޑައިގަތެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، ހާލުގައި އުޅޭ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުން އެ ތަންތަން ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެފަދަ ތަންތަނުގެ މައުލޫމާތު އެއްކޮށް، ހައްލެއް ހޯދުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ އެކަމަށް ހައްލުތަކެއް ހުށަހަޅައިގެން ކުރިއަށް ގެންދާނަން،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވި އިރު، ހުޅުމާލެ އިން ދޫކޮށްފައިވާ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ ފްލެޓްތައް ދޫކުރި އަގުގެ ތިން ގުނަ ބޮޑުކޮށް، ކުއްޔަށްދޭ އިރު ގިނަ ބަޔަކު ދަނީ ފްލެޓް ކުއްޔަށް ދޭ މީހުންގެ އަތުން މި ތަންތަން އަތުލުމަށް ވެސް ގޮވާލަމުންނެވެ.
ހައުސިން މިނިސްޓްރީން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ކުއްޔަށް ދީފައިވާ ފްލެޓްތައް ލިބިފައިވާ ގިނަ ބަޔަކު ކުލި ވެސް ނުދައްކަ އެވެ. ގަވާއިދުން ކުލި ނުދައްކާތީ މިފަހުން ހައުސިން މިނިސްޓްރީން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލެޓަކީ ފިތުނަ
14 August 2024
ފުލެޓު އެޅުން ހުއްޓާލުމައް ފަހު މަންމަ ނުވަތަ ބައްޕަ އުފަންވި ރަށުން ގޯތި ދެއްވާ، ރަށުން ދެވެން ނެތްނަމަ ކައިރި ރަށަކުން ދެއްވާ.ފުލެޓް ކުޅި ހުއްޓާލައްވާ..
މީ ކާކު މައްސަލައެއް
14 August 2024
މީ ކާކު ޒިންމާނަގަން ޖެހޭ ކަމެއްތޯ؟ ފުރަތަމަ ކަމަކީ އަމިއްލަ އިޚުލާސްތެރިކަން ނެތުމެވެ. ތަންފީޒު ކުރާ ވުޒާރާތައް އަޅާނުލަނީ އެވެ. އެޗްޑީސީ ކޮބަިއތޯއެވެ. ސިވިލްސާވަންޓުންނަށް ދިން ފްލެޓްތައް ގިނައީ ކުއްޔަށް ދީފައިވާ މީހުންނެވެ. އަތުލާށެވެ. ހައްގުވެރިންނަށް ދޭށެވެ.
ސައިނީސް
14 August 2024
4 ދައިން ތިބި މީހުން އެކަނުގައި ދިރިއުޅޭނެ ގޮތް ވިސްނާ ، އެކަން ބަދަލު ކުރެވޭނެ ގޮތެއް ހަދާފައި ތިވާހަކަ ދައްކާ
ލުޖައިން އަލީ
13 August 2024
މަގޭ ފުލް ތާއިދު މިކަމަށް. ސަބަބަކީ ދުވަހަކުވެސް ހައްގުވެރިންނަ ހާލުގަ އުޅޭ މީހުންނަށް ފްލެޓެއް ނުދެވޭނެ މިކަން މިގޮތަށް ކޮށްފެން ނޫނީ
އައްލާމް ރަޝީދު
13 August 2024
ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. މިކަން ކޮށްގެން ނޫން ގޮތަކަށް މިކަމަށް ދުވަހަކުވެސް ހައްލެއް ނާންނާނެ.
ފީފީ
13 August 2024
ތިކަން ކޮށްފިއްޔާ މަގޭ ވޯޓް ޔަގީން
ޒަމީރާ
13 August 2024
ވަރަށް ހިތާމަވެރި. ކުއްޔަށް ދޭއިރު މި ދެނީ 1 ރޫމް ތަނެއް 15،000 އަށް. ސަރުކާރުން މި ދެނީ 56،00 އަށް. މިކަހަލަ މީހުން އަތުން އަތުލަން ވީ
މަޢީޝާ
13 August 2024
ދެން ބޯހިޔާވަހިކަން ދޭއިރު ތިގޮތަށް ކުއްޔަށް ދޭ މީހުން އަތުން ފުލެޓުތައް އަތުލާތި
ޝަމާލް އަހްމަދު
13 August 2024
ވަރަށް ރަނގަޅު ކަމެއް. ކުރަން ވެފަ މާ ލަސްވެސްވެފަ އޮތް ކަމެއް. މިވަރުން ކީއްކުރަންތަ މިމީހުން ކުރިމަތި ލަނީ. އެތަކެއް ނިކަމެތިން އެބަ ތިބި ފްލެޓު ނުލިބިފަ
ތިރްމީޒާ
13 August 2024
ފުލެޓެއް އަޅާފަ ޕޮއިންޓް އުސޫލުން ދިނީމަ ދެން މި ދެނީ ކުއްޔަށް. މިއީ ބޮޑު ވަރެއްނު