މާލޭ ސަރަހައްދުގައި ވެހިކަލްތަކާ ގުޅޭ އެސެސްމެންޓެއް ހަދަން މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީއާ ހަވާލުކުރަނީ: އެ މަސައްކަތް ހަވާލުކުރީ ހަ މަސް ތެރޭގައި ނިންމާ ގޮތަށް --- ފޮޓޯ/ކައުންސިލް
12 އޯގަސްޓް 2024 - 13:23
މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދު ކަނޑައެޅުމާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ސާވޭކޮށް، އެކަމާ ގުޅޭ ދިރާސާ ހެދުމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާ ހަވާލުކޮށްފި އެވެ.
މާލޭ ސަރަހައްދުގައި ދުއްވޭނެ ވެހިކަލްގެ އަދަދާއި އަދި ވެހިކަލެއް ގިނަވެގެން ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމާ ގުޅޭ އެސެސްމެންޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ މަހު އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އައިޔޫއެމްއާ އެ މަސައްކަތް ހަވާލުކުރީ 120 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށާއި އަދި އެ މަސައްކަތް ހަވާލުކުރީ 625،700ރ. އަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.
މާލޭ ސަރަހައްދުގައި ވެހިކަލްތަކާ ގުޅޭ އެސެސްމެންޓެއް ހަދަން މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަނީ.-- ފޮޓޯ: ކައުންސިލް
މާލޭ ސަރަހައްދުގައި ބޭނުން ކުރެވޭނެ ވެހިކަލްތަކާ ގުޅޭ ދިރާސާ ހަދަން ކައުންސިލުން ހަވާލުކޮށްފައި ވާއިރު، މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމާފައިވާކަން ސަރުކާރުން ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ. އަދި ޓްރެފިކް މައްސަލަ ހައްލު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ބޮޑު ޕްލޭނެއް ސަރުކާރުން ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އެއްގަމުއުޅަނދު ރާއްޖޭގައި އަލަށް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ ސަރަހައްދަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވުން ގާތް
12 August 2024
ގެވަޅުތަށް މިސަރުކާރުގަ ދެވިދާނެތޯ ދިރާސާ އެއް ހަދަން ކިހިނެއްވާނެބާ؟
އިސްމާލު2.0
12 August 2024
މިރާއްޖޭގައި ދިރާސާކުރަން ދަންނަ އުޅެނީ އަމިއްލަ ކޮންސަލްޓަންސީ ކުންފުނިތައް. ރާއްޖޭގެ އެކިއެކި ކޮންޓެކްސްޓްތަކުގައި ހަދާފާއި ހުންނަ ދިރާސާއަކަށް ރިއާޔަތްކުރަން ނޫނީ ސައިޓް ކުރަން ޖެހިއްޖެއްޔާ ކިރިޔާވެސް އިތުބާރުކުރެވޭ އަދި ބަރޯސާވެވޭ ވަރުގެ ރިސާޗްހަދަނީ އަމިއްލަ ޕަބްލިކް ސެކްޓަރ ކޮންސަލްޓަންޓުން. އެމް.އެން.ޔޫ އިންވެސް ބަލައިގަނެވޭ މަސައްކަތްތަކެއް ކޮށްފައި އެބަހުރި.
ކިރުސައި
12 August 2024
ތިކަމަށް އެންމެ ގާބިލު ތަނަށް ތިދިނީ؟ އަމިއްލައަށް ޔުނިވަރސިޓީ ނަންބޯޑް ޖެހިޔަކަށް ދިރާސާކުރުމުގެ ފެންވަރެއް އޮޓޯއިން ނުލިބޭނެ. ފުރަތަމަ ދިރާސާކުރަން ބޭނުންވާ ދާއިރާއެއްގެ އިލްމާއި ތަޖްރިބާހުރި މީހުން އެތަނެއްގަ އުޅެންޖެހޭ. ދެވަނައަށް ދިރާސާކުރުމާއި ޑޭޓާ އެނަލައިޒް ކުރުމުގެ ސްޕެޝަލިސްޓުން ތިބެންޖެހޭ.
ވެހިކަލް
12 August 2024
ވެހިކަލް ގިނަވެގެން ބޭނުން ކުރެވޭ މުއްދަތު ކަނޑައެޅުމާ އަޅުގަނޑު ދެކޮޅު. ސަބަބަކީ ކޮންމެ ކޮންމެ މީހަކަށް ކޮންމެ 5 އަރަކުން އާ ކާރެއް ނުގަނެވޭނެ. ބޭރު ގައުމު ތަކުގަވެސް ކުރީގެ ކާރުތަށް އެބަ ދުއްވާ. މީގަ ބަލަންވީ އެ ވެހިކަލެއްގެ ކޮންޑިޝަން އަށް. އުމުރަކަށް ނޫން.