ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް: އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 4،000 ފްލެޓް އަޅަން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
14 އޯގަސްޓް 2024 - 14:54
އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޝަފީގް ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ރާއްޖޭގެ އިޖުތިމާއީ ހުރިހާ މައްސަލަތަކެއް ވެސް ގުޅިފައި ވަނީ ބޯހިޔާވަހިކަމަށް ކަމަށް ވާތީ، ސަރުކާރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައުސިންއަށް ޓޯޓަލް ސޮލިއުޝަން ހޯދުމަކީ މި ސަރުކާރުގެ އަމާޒެއް. އިޖުތިމާއީ ހުރިހާ މައްސަލަތަކުގެ ރޫޓު ކޯސްއަކީ ގެދޮރުގެ މައްސަލަތައް. އެއަށް ހައްލެއް ހޯދައިދިނުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން،" އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އާއި މިނިސްޓްރީގެ އިސްވެރިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ސިޔާސަތަށް ގެންނަ ބަދަލެއްގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ 50 ޕަސެންޓް ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ޝަގީފް ވިދާޅުވި އެވެ.
"މިހާރު މި ބަލަނީ މިހާރު ކުރިއަށް ދާ އިންޑިއާގެ އެލްއޯސީ (ލައިން އޮފް ކްރެޑިޓް)ގެ ދަށުން، އެއީ ވަރަށް ރަނގަޅު ޓާމްއެއްގައި ލިބިފައި އޮތް ފެސިލިޓީއެއް. އޭގެ ދަށުން މިއަހަރުގެ ތެރޭގައި 4،000 ހައުސިން ޔުނިޓެއް ކުރިޔަށް ގެންދެވޭތޯ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މި 4،000 ފްލެޓް އެޅުމަށްޓަކައި އެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ބޭނުން ކުރާނީ ކިހާ އަދަދެއްގެ ފައިސާ ކަމާއި އެ މަޝްރޫއު ހިންގާނެ ވަކި ތަނެއް ވެސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އިންޑިއާ ސަރުކާރުން 2018 ވަނަ އަހަރު ވަނީ ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް ލޯނު ދީފަ އެވެ. އަދި އެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި 2022 ވަނަ އަހަރު ވަނީ އެ ކްރެޑިޓް ލައިންގެ ދަށުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަމަޖައްސައި ދީފަ އެވެ.
މިނިސްޓަރު ޝަފީގް ކޮމިޓީގައި ވިދާޅުވި ގޮތުގައި އެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން ފްލެޓުތަކުގެ މަޝްރޫއު ހިންގުމަށްޓަކައި އިތުރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އިންޑިއާއިން ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ.
ހުޅުމާލެ 2 ގައި އިންޑިއާގެ ދެ ކުންފުންޏަކުން މިހާރު އިމާރާތް ކުރަމުން އަންނަ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓަކީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 227 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ގެ ލޯނު އެހީގައި ހަދަމުން އަންނަ ތަންތަނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްތަމަ އުސްތާޛް
16 August 2024
އަޅާފަ ހުރި ޔަންތަން ނުދެވޭ މީހަކަށް އަދި ތަންތަން އެޅިދާނެކަމަކަށް ނުފެނޭ
ބުރަނދަ
15 August 2024
ތިޔައެއް އަހަރުމެންނަކަށް ނުލިބޭނެ.. މާލޭގައި އުޅޭތާ ވީދުވަހެއްވީ.. 62 ޕޮއިންޓު
ސައިޚް
15 August 2024
ސާބަހޭ ، ހަގީގަތަށް ލިޔެލަން ނުކެރުނު، ގުޅީފަޅުގަ ބަނދަރުހަދަން އިންޑިއާދީފަހުރި ފައިސާ އިން ފުލެޓްއަޅަން ނިންމައިފި، މީހަގީގަތް، ލިޔެބަލަ މިގޮތަށް،
ހައްބުޖޭ
15 August 2024
އާނ! އާނ! އަދިވެސް އިތުރުކޮށްލައްވާ. ދައުރު ނިމުމުގެކުރިން ރާއްޖޭގެއެންމެން މާލެސަރަހައްދަށްގެނެސް ރަށްތައްފަޅުކޮށްފަ ރިސޯޓުހަދަން ވަޒީރުންނަށާއި މެންބަރުންނާއި ބޮޑެތި ވޯޓުވަޅުތަކުގެވެރިންނަށް ބަހާލާ. އިންވެސްޓުމަންޓު ގެނެވޭނެގޮތް މިހާރުދަނީހެދެމުން މަގުފަހިކުރެވެމުން. މިނިސްޓަރުންނަށް ސާބަސްފުޅު!
ކަމަރު
15 August 2024
ނަމަނަމަ ރާއްޖެތެރެ ތަރައްގީ ނުކުރާތި. ތިރުފިޔާއަށް ރާއްޖެތެރޭގައި ހޮސްޕިޓަލާއި އިސްކޫލުހަދައި މާލެސަރަހައްދަށް ރައްޔިތުން ތޮއްނުޖައްސާ ސާފުއަމާން ވެއްޓެއްގައި ރައްޔިތުންނަށް އުޅެވުނީސް! އެކަމަކު އެހެންހެދޭކަށެއްނެތް. ވެރިކަމަށާއި މަޖިލީހުމެންބަރުކަމަށް ކުރިމަތިލާމީހުނަށް ޚަރަދުކުޑަކޮށް ވޯޓުހޯދެންއަންނަނީ އަތްފޯރާހިސާބަށް ވޯޓުވަޅުތަކުގެބޮޑުން ގެނެސްގެނެވެ. ނަމުގައި މާލޭރައްޔިތުންނަށް ބޯހިޔާވަހިކަންދޭން. ތިތަންތަންބަހާނީ މިބުނާ ވޯޓުވަޅުތަކަށް.
އަހަންމާ33
15 August 2024
ތަރައްގީ ކުރާނެ މީހުންނެއްނު ތިޔަ ތިބީ ހޮވައިގެން؟ މާލޭގެ ގިނަ ރައްޔިތުން، 50 އަހަރުވެފަ ތިބި އެތައްބަޔަކު ފްލެޓް ގަނޑެއްވެސް ނުލިބި ތިއްބާ، މާލޭގަ 15 އަހަރުވެފަ ތިބީ އޭ ކިޔާފަ ފްލެޓްތައް ކުރީ ސަރުކާރުންވެސް ބަހާލީ. އޭގެ ކުރީގެ ސަރުކާރުން އެކި ކުންފުނިތަކަށާ، ސިވިލްސަރވސް އަށާ، ދެންޖުނު ބަޔަކަށްވެސް ހިޔާ ފްލެޓްތައް ބަހާލީ. މިއީ ބޮޑު ޖަރީމާތަކެއް ހުރިހާ ސަރުކާރަކުންވެސް ހިންގާ.
ގޮއްޔެ.
14 August 2024
ޔާމީނުގެ ގުއިރޯނުގައިޖެހިގެން މޮޅެއްނުވާނެކަން ވިސްނުނީތީ އުފާކުރަން. އައުޓްކޮށްފައި އިން ކުރީތީވެސް އުފާކުރަން. ނާށިގަނޑު ހިފައިގެން ސަލާންނުޖަހައި ވާންނެތްކަން ޤަބޫލުކުރީތީ އުފާކުރަން. އިންޑިޔާއާ ނުލާ ނުވާނެކަން އެނގުނަތީ އުފާކުރަން.
އަސް
14 August 2024
އަޅުވެތި ކުރާ ލޯނު ރަަގަޅު ޓާމަކަށް ވީމަ ކިހިނެއް މިވީ؟ ކުރިން ދޮގުހެދީނު މި މީހުން.
އޮނަރަބްލް އަފީފު ދީދީ
14 August 2024
ވިޔަ އަކުރުން ފެންނާންނެތްކަމެއް އޮތް ކަމެއްގެގޮތުގައި ދައްކައިގެން (ކ.މާލޭގެ އާބާދީކަމަށް އެރަށުސަރުކާރުން ބަލާމީހުނަށްވުރެން އެރަށުގައިހުރި ގޯތިގެދޮރުގެ އަދަދު ގިނަ. އަދި 60 ހާސް ކަރަންޓް މީޓަރާއި 50 ހާހެއްސާ ފެންމީޓަރު ގޭބިސީ ތަކުގައި އެބަހުރި) އެރަށުމީހުނަށް އާމްދަނީހޯދާނެ ވަސީލަތެއްގެގޮތުގައި ސޯޝަލް ހައުސިންގ ފުލެޓްތައް (ޝަރުތުތައް ކަޑައަޅައި އެހެން ރަށެއްގެމީހަކަށް ނުލިބޭނެގޮތް ހަދާފައި) ބަހަމުންދަނީ ވަރަށް ބޭއިންސަފުން ކަންތައްކޮށްގެން.
އޮނަރަބްލް އަފީފު ދީދީ
14 August 2024
މާލޭގައި މަންމަ އާއި ބައްޕަގެ ދެމީހުންގެ 2 ގޯތީގައި 10 ބުރިއަށް އިމާރާތްކޮށްފައިވަނިކޮށް އަދި 2 މީހުންގެ ހުރި އެންމެ ފިރިހެންދަރި (މިސަރުކާރު އޮފިޝަލެއް) ވަންނާނެތަނެއް ނެތްކަމަށް ދޮގު މައުލޫމާތުދީގެން އޭނާއަށް އިބްރާހިމް ހުޅުމާލެއިން ގޯތިދިންއިރު އެބޭޅާގެ މަންމައާއި ބައްޕާފުޅުވެސް ވަންނާނެތަނެއް ނެތްކަމަށް ފޯމް ފުރައިގެން ދެމީހުންވެސް ވަނީ ފޭސް ދޭއްގެ ސޯޝަލް ހައުސިންގ ފުލެޓް ދަމައިގަނެފައި. ފުލެޓްއެޅުމުގެ ކުރިން ފުރަތަމަ މިކަންކަން ރަނގަޅުކުރޭ.
އޮނަރަބްލް އަފީފު ދީދީ
14 August 2024
މިދަންނަވާ ކަންކަމުގެ ހައްލުހޯދާ ބިމާއިފުލެޓުން ވައްކަންކުރުމަށް މާލޭސަރުކާރު ހިންގާން ތިބޭމީހުނާއި، މަޖިލިސް މެންބަރުން އަދި ތިރަށުމީހުންގެ ކަށީގައިހިފާފައިވާ ނުބައިއާދަ ދޫކޮށްލަން އެމީހުނަށް އުދަގޫވާނެތީ، ބަޔަކު ނިކުމެ ގަދަކަމުންވެސް މިކަންކަމަށް ހައްލު ހޯދައިގެން މެނުނީ ދިވެހި ދައުލަތުގެ ޙަޒާނާ މިމީހުންގެ ކިބައިން ސަލާމަތްކުރަން އުދަގޫ ވާނެ. އެހެންކަމުން ގޯތި ގެދޮރާއިބެހޭ ތައުލީމީ ވަޒީރު މިބަދަލުތަކަށް ކަންކަންކުރާން ވިސްނުން ރަނގަޅު.