ދުނިޔެ / މަކުނުވިދުރި

އެމްޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް އެބައޮތް ކަމަށް ކަނޑައަޅައިފި

އެމްޕޮކްސް (މަންކީ ޕޮކްސް) ޖެހިފައިވާ މީހެއްގެ ގައިން ސާމްޕަލް ނަގަނީ: އެފްރިކާ ސަރަހައްދުގައި މި ބަލި ވަނީ އާންމުވެފައި.

14 އޯގަސްޓް 2024 - 23:05

1 comments

އެފްރިކާ ސަރަހައްދުގައި މިހާރު އާންމުވެފައިވާ އެމްޕޮކްސް (މަންކީ ޕޮކްސް) އަކީ މިހާރު މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއްގައި އޮތް ބައްޔެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން މިއަދު ކަނޑައަޅައިފި އެވެ.

"މިއަދު އިމަޖެންސީ ކޮމިޓީ ބައްދަލުކުރުމަށް ފަހު، ބަލީގެ ހާލަތު މިހާރު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހާލަތުގައި ކަމަށް ފެންނަ ކަމަށް ކަނޑައަޅައި އެގޮތަށް ލަފާ ދީފައިވޭ. މި ލަފާ އަޅުގަނޑު ބަލައިގެންފިން،" ޕްރެސް ކޮންފަރެންސެއްގައި ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް އިއުލާންކުރެއްވި އެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން މި ބަލީގެ ކޭސްތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެނުނު ފަހުން އެ ގައުމާ ކައިރި އެފްރިކާގެ އެހެން ގައުމުތަކުން ވެސް ދަނީ މީގެ ކޭސްތައް ފެންނަމުންނެވެ.

"މިއީ އެންމެން ވެސް ކަންބޮޑުވާންޖެހޭ މައްސަލައެއް."

"ޑަބްލިއުއެޗްއޯއިން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކުރާނީ މި ބައްޔާ ދެކޮޅަށް މުޅި ދުނިޔޭގެ ސަމާލުކަން ގެނެސް، ބަލި ފެތުރިފައިވާ ކޮންމެ ގައުމަކާ ގުޅިގެން މަސައްކަތްކޮށް، ބަލި ފެތުރުން ހުއްޓުވުމަށާއި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށާއި ބަލި ޖެހިފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް،" ޓެޑްރޮސް ވިދާޅުވި އެވެ.

ޓެޑްރޮސް ވިދާޅުވީ ކޮންގޯގައި މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ 524 މީހުން މަރުވެފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އަދަދަށް ވުރެ މާ ގިނަ އަދަދެކެވެ.

އެމްޕޮކްސް

ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލްވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރަ އެވެ. އެކަމަކު އެއީ އެކަކު އަނެކަކު ގައިގައި ޖެހި، ވަރަށް ގައިގޯޅިކޮށް އުޅުމުން ނޫނީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ.

އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ.

މި ބަލި ޖެހުމުން ހުން އައިސް ގައިގައި ރިއްސައި ދޮސް ލާފައި ހުންނަ މުލިހިތަކެއް ފާޑު ބިހިތަކެއް ގައިގައި ނަގަ އެވެ.

މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައިވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.

މެއި 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.

ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށާއި 445 މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ޓެޑްރޮސް ވަނީ މިދިޔަ މަހު 11 ގައި ވިދާޅުވެފަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޤަބޫލުނުކުރެވޭ

18 August 2024

ވޭތުވެ ދިޔަ މާޒީއަށް ބަލާފަ ތީ އަނެއްކާވެސް ލާރިގަނޑެއް ހޯދާނެ މޮޅު ގޮތެއްކަމަށް ބުރަވެވެނީ. ސޮރީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454