ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ޒިފްލީނާ ފްލެޓު ބައްލަވައިގެންނެވި މައްސަލާގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީއަށް

މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޒިފްލީނާ ހަސަން.-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި ޒިފްލީނާ ހަސަން ފްލެޓު ބައްލަވައިގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރާ މައްސަލާގައި ދައުވާ ކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީން ނިންމައިފި އެވެ.

ޒިފްލީނާ ބައްލަވައިގަތީ ހުޅުމާލެ 1 ގައި އިމާރާތް ކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ ފްލެޓެކެވެ. އެ ފްލެޓް އޭނާއަށް މިލްކުކޮށްދީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން އެއީ 3.5 މިލިއަން ރުފިޔާގެ އަގުހުރި އަދި 1،200 އަކަފޫޓްގެ ފްލެޓެކެވެ.

ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން އެޗްޑީސީ އަށް ދައްކާފައިވާތީ އެ ފްލެޓް އޭނާ އަށް މިލްކުކޮށްދީ، ސިވިލް ކޯޓުން މައްސަލަ ނިންމައި މިދިޔަ މަހުގެ 8 ވަނަ ދުވަހު އޭނާގެ ނަމަށް އެ އެޕާޓްމަންޓް ވަނީ ބަދަލުކޮށްދީފަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އޭސީސީ އަށް ކަމަށް ވާތީ އެ މައްސަލަ ފުލުހުން އޭސީސީއަށް ހުށަހެޅީ މިދިޔަ ޖުލައި 14 އިގަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "މިހާރު" އަށް މިރޭ ވިދާޅުވީ ޒިފްލީނާ ފްލެޓް ގަތް މައްސަލާގައި ހިންގާފައި އޮތް މުއާމަލާތް އޭސީސީން ބެލި ކަމަށެވެ.

"އޭސީސީން އެކަން ބެލުމަށް ފަހު ދައުވާ ކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅަން މި ނިންމީ،" އޭނާ ވިދާޅުވި އެވެ.

އިތުރު އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ޒިފްލީނާ ފްލެޓް ބައްލަވައިގަތީ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވައިގެން ނަހަމަގޮތުގައި ކަމަށް ބުނެ އޭނާ އަށް ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެކަމާ ގުޅޭގޮތުން ޒިފްލީނާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފްލެޓެއް ބައްލަވައިގަތީ މިދިޔަ ސަރުކާރުގައި މަގާމުގެ ލިބިވަޑައިގަތުމުގެ ކުރިން ކަމަށާއި އެ ތަނުގައި ދިރިއުޅުއްވާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޒިފްލީނާ އަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ އޯގަސްޓް 19، 2019 ގަ އެވެ.

ޒިފްލީނާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އޭނާ އުޅުއްވަން ފެެއްޓެވި ފަހުން ޒާތީ ގޮތުން ދިމާކޮށް އަބުރު ކަތިލަން ކުރަމުން ގެންދާ މަސައްކަތަށް ހުއްޓުމެއް އައިސްފައި ނުވާ ކަމަށާއި އަދި ސިޔާސީ މައިދާނަށް ނުކުންނަ އަންހެނުންނާ ޒާތީ ގޮތުން ދިމާކުރުން އިތުރުވަމުންދާ ކަމެއް ކަމަށެވެ.

ޒިފްލީނާ ވަނީ ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެމްޑީޕީގެ ބައެއް މަގާމުތައް ވެސް އަދާ ކުރައްވައިފަ އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އޭނާ ތިނަދޫ ދެކުނު ދާއިރާ އަށް ވެސް ވާދަކުރެއްވި އެވެ.

21 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 7%
icon angry icon angry 33%
icon wow icon wow 20%
icon inlove icon inlove 27%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޯދިގުބެ

17 August 2024

ކޮބާ ވިލިމާލެ ދާއިރާގެ ނިހާން ގަން ފުލެޓްތަށް, ކޮބާ މުއިޒު ހުޅުމާލެއިން ގަތް 4 ރޯހައުސް, , އަދި އެނަގެ ގެ 11 ބުރިޔަށް ހަދާފަ އެހެރީ އެއްބުރުން.

The name is already taken The name is available. Register?

ފްލެޓް

16 August 2024

ދެން ތިކަން އަވަހަށް ކޮޅެއްގަ ޖައްސަބަލަ. އަބަދު ނޫހަށް ސުރުޚީ އަރުވަން ތި ދެން ކޮންކަމެއްތަ؟ ފްލެޓް ގަތް އެންމެން ފްލެޓް ގަތް ގޮތް ނުބެލޭނަމަ ތިކަންވެސް ހުއްޓާލަންވީ.

The name is already taken The name is available. Register?

މިކާ

16 August 2024

މި ޕާޓީ ސިސްޓަމު މަތިން ފޫހިވެއްޖެ ދެން މަ ވޯޓޭއް ނުލާނަން.. ކޮނމެ ބަޔަކު ވެރިކަމަށަް އައިސް ބޮޑެތި އެޕާޓޫމެންތައް 5 އަހަރުގެ ދަރިންނައްވެސް ގަތްދެނީ ކިހިނެތް؟

The name is already taken The name is available. Register?

ކަހަބު

16 August 2024

މަސައްކަތް ކޮށްގެން އެއްކުރާ ފައިސާއިންވެސް ޑައުންޕޭމަންޓް ދައްކާ ބައިވަރު މީހުން ތިބޭ، އަނެއްބައި ދައްކަނީ ލޯނުން. އެންމެން އުޅެނީ ހިޔާނާތުގެ ފައިސާއިންނެއް ނޫން. އެތަކެއް އަހަރެއް ވަންދެން ފައިސާ އެއްކޮށްގެން ގަންނަ މީހުން ވެސް އެބަތިބި.

The name is already taken The name is available. Register?

އަލީ ވާފިރު

16 August 2024

އަބްދުރަހީމް 2 ފުލެތު ބައްލަވައިގަތް ... ކީއްވެ ދައުވާ ނުކުރަނީ... އޭސީސީ ބިރުން ދޯ

The name is already taken The name is available. Register?

ރަންނަ

16 August 2024

ކޮރަޕްޝަން އޮތްނަމަ ޖެހޭނީ ދައުވާކުރަން. ތީ ބިޑަށްލައިގެން ގޮތްނިންމަންޖެހޭ ކަމެއްނޫން

The name is already taken The name is available. Register?

ފްލެޓުބްރޯ

16 August 2024

މިހާރު ހުންނެވި މަޖިލިސް ރައީސް ދެ ފުލެޓެއް ގެންގުޅުއްވަޔޯ ކިޔާ ރަށުތެރޭގަ. މީހަކު އެ މައްސަލަ ބަލާތަ؟

The name is already taken The name is available. Register?

45444

16 August 2024

އެއީ ދޮގެއް.

The name is already taken The name is available. Register?

5455

17 August 2024

އެއީ ކަނޑައެޅިގެން ތެދެއް.

The name is already taken The name is available. Register?

އެމްޑީއެންސަމީމު

16 August 2024

ޒިފްލީނާތަ؟ ޒިފްލީންތަ؟

The name is already taken The name is available. Register?

މުޖުތާޒު

16 August 2024

ތިދައުވާކުރުން މާބޮޑައްވެސް ލަސްވެއްޖެ އޭނަ 2 ފްލެޓް ގަނެފަވާކަމައް ނޫސްތަކުގަ އޮތީ އަދި ތިނަދޫ ނޮއްމެވެސް ދާއިރާއަކައް ކުރިމަތި ލައިގެންވެސް މިފަހަރު މަޖިލީސް އިންތިހާބުގެ ތެރޭގަ އުޅުނު ދުވަސް ވަރު އޭނަޔައް ސަޕޯޓްކުރާ މީހުންނައް ޚަރަދުކުރީ އަންތިހާޔަށް ލައްކަެިން ފެލައްކައިންވެސް ޚަރަދުކުރި ކަމައްވަނީ އަޅުގަޑުގެ ހިތުގަ އުފެދޭ ސުވާލަކީ ޕީޖީ އަކައް މިހާރު އެހުރި ޝަމީމު ހުރެގެން އޭނަޔައް ދައުވާކުރާނެބާ އެއީ އެމްޑީޕީއަށް ވިކިފަ ހުންނަ މީހަކައްވާތީ

The name is already taken The name is available. Register?

ތަމީމު

15 August 2024

ތި ސްޕީޑުގައި، ހަމަހަމަ ކަމާއިއެކު ކޮރަޕްޝަން މައްސަލަތައް ބެލުމަށް، އޭސީސީއަށް ގޮވާލަން!!

The name is already taken The name is available. Register?

އިންދިރާގާންދީ

15 August 2024

ހަސަން މަނިކުމެން ތެދެއް ނުހަދާނެ. އަބަދުވެސް މިހެން މީހުންގެ އަބުރު ކަތިލެވޭތޯ ބަލާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454