ލ. ގަން: ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ޕޮލިސް
17 އޯގަސްޓް 2024 - 12:03
ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ލ. ގަމުން ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ގަމުގެ ވިލެޖުގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރާ ކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި ލ. ގަމު ތުނޑީ، ވިލެޖު، އަހުމަދު ޝުޖާއު 42 އާއި އެ ރަށު ފަންހިޔާ އަލީ ޝަރީފު 57 އެވެ.
އެ ދެ މީހުންގެ ތެރެއިން ޝުޖާއު ދިރިއުޅޭ ވިލެޖުގެ އިން 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗާއި ބޮގަރު ކަމަށް ޝައްކުކުރެވޭ ދެ ރުނބާ އާއި ފަސް ލީޓަރުގެ ފުޅިއަކާއި އަދި ބޮގަރު ކައްކަން ގެންގުޅޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
18 August 2024
އިހުގަ އުޅުނު ސަބުޖު ކައްކައިގެން ބުއި ބައެއް ވެސް.
ހުސްނު
17 August 2024
ބޮގަރު އެއީ ކޮންއެއްޗެއްތަ. ކޯޓަށްގޮސްގެން އޭތި އެއީ މިވެނި އެވެނި އެއްޗެއްކަން ސާބިތުކޮށްދެވޭބާ.. ހަމަ ނޭނގިގެން މިއުޅެނީ
ހަލަވެލި
18 August 2024
ވަރަށް ރަނގަޅު ވާހަކައެއް . ރަދީފުގައި މިހެން ކިޔާ މަސްތުވާ ޒާތުގެ އެއްޗެއް ކަމަށް އެބައިންބާ ލިޔެފައި.
ކާޒީ
17 August 2024
ތިމީހުންގެ އިސްކުރު ހަމަވާނެހެން ހިޔެއްނުވޭ.
ބަބޫ
17 August 2024
ބޮގަރަކީ %100 އަލްކަހޯލް. އެއީ ހޯމްމޭޑް އަލްކަހޯލް. އާއްމުކޮށް ބޭރުގައުމު ތަކުގަ ވިއްކާ ރަލުގަވެސް އެވަރަކަށް އަކަހޯލް ނުހުންނާނެ. ބޮގަރު އަކީ ބޯން ހެވޮވާނެ އެއްޗެއް ނޫން. ރާއްޖޭގެ ވަރަށް ގިނަ ބޮޑެތި ރައްތަކުގައި ތިއެއްޗެހި ކައްކާ. ފުވައްމުލައް ލަަމު ގަން.
ގޯލު
17 August 2024
އަލަށް އަޑުއެހި ބަހެއް. ނާ ކުޅުދުއްފުށީގައި އުޅޭ ބޮނގަރަ ކިޔާ ބޮޑު ޢާއިލާއެއް.
ނޭނގުނޭ
17 August 2024
ބޮގަރު ނުވަތަ ބޮނގަރު ކިޔާ އެއްޗެއް ނުފެނުނު ރަދީފް އަކުން ވެސް. ބަނބުކޭލުގައި ކައްކާ "ބޮނގަރަ"އިގެ ވާހަކަ އެބައޮތް. އެއި އަހަރެމެން ކާ ވަރަށް މީރު ރިހައެއް.
އިބުރާ
17 August 2024
ބޮގަރަކީ ކޯއްޗެއް. ދިވެހި ބަހުގައި އޮންނަނީ ބަނގުރާ ގެ ވާހަކަ
ކަރީމ
17 August 2024
ބޮގަރެއް ނޫން. ބޮނގަރު
ނސރނާ
17 August 2024
އެއީ ކޯއްޗެއް
ޖަމީލުބެ
17 August 2024
އެއީ ކޮން އެއްޗެެއްތަ؟
އައިމިނާ
17 August 2024
ބޮގަރު؟