ވިޔަފާރި

މާލީ އިދާރާތަކުގެ ގަވާއިދާ ގުޅޭ މައްސަލަ ކޮމިޓީން ނުބަލަން ނިންމައިފި

މާލިއްޔަތު ކޮމިޓީގައި މެންބަރުން. އެ ކޮމި

ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ ބޭފުޅުން އައްޔަން ކުރެވޭ ގޮތަށް ބޭންކުތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެނެސް ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން އަމިއްލަ ޖަމިއްޔާއަކުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލަ ނުބަލަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅީ މޯލްޑިވްސް ފައިނޭންޝަލް ސާވިސް އެސޯސިއޭޝަނުންނެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ ހިޔާލަށް ހުޅުވައިލުމުން ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފު ހުށަހެޅުއްވީ އެ މައްސަލައާ މެދު އެ ކޮމިޓީގައި މަޝްވަރާ ކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ އަހުމަދު ޝަމްހީދު ހުށަހެޅުއްވީ އެއީ މާލިއްޔަތު ކޮމިޓީ އަށް ބެލޭނެ މައްސަލައެއް ކަމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެވެ.

އެކަމަކު، ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ، ގަވާއިދަކާ ގުޅޭ މައްސަލައަކަށް ވާތީ، މާލިއްޔަތު ކޮމިޓީން ބެލުމުގެ ބަދަލުގައި އެއީ ގަވާއިދު ކޮމިޓީން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

ޑރ ޝަމްހީދު ވިދާޅުވީ، ބޯޑުތައް ސިޔާސީ ކުރުމުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެއީ މާލިއްޔަތު ކޮމިޓީން އިސްނަގައިގެން ވެސް ބަލަން ޖެހޭ ކަމެއް ކަމަށެވެ.

"މީގެން އަދި ސަރުކާރަށް ވާނެ ގެއްލުމެއް ނެތް. ކުރިން އޮތްގޮތައް މިކަން އޮވެގެން. ޕްރޮފެޝަނަލް މީހުން ބޯޑުތަކުގައި ތިބެގެން އެ ބޯޑުތައް ކުރިއަށް ގެންދާގޮތަށް،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝަމްހީދު ވިދާޅުވީ، މިހާރު އޮތް ގޮތުން ފިނޭންސް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ވެސް ބޭންކިން ސެކްޓަރާއި މާލީ އެހެން ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަން ކުރެވިދާނެ ކަމަށެވެ.

ގަޕޯ ވިދާޅުވީ، މަރުކަޒީ ބޭންކެއް ހިންގަން ވާނީ ވަރަށް މިނިވަންކަމާ އެކު ކަމަށާއި ސިޔާސީ ކަންކަމުގެ ތެރެއަށް ބޭންކްތަކާއި މަރުކަޒީ ބޭންކު ވައްދައިގެން ނުވާނެ ކަމަށެވެ.

"އަނެއްކަމަކީ ސެންޓްރަލް ބޭންކަކީ ސީދާ މި ކޮމިޓީގެ މެންޑޭޓުތެރޭ ހިމެނޭ ތަނެއް. އެ ތަނަށް މިވަރުގެ ބޮޑެތި ބަދަލުތައް ގެނެވޭ އިރު އެ ވާހަކަތައް އަޅުގަނޑުމެންނަށް ވަރަށް ސާފު ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް މުގައްރިރު ގާސިމް ވަނީ މެންބަރު ހުށަހެޅުއްވި ދެ ހުށަހެޅުމަށް ވޯޓަށް އައްސަވައިފަ އެވެ. ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ އެ މައްސަލަ ކޮމިޓީން ނުބެލުމަށެވެ. މޯލްޑިވްސް ފައިނޭންޝަލް ސާވިސް އެސޯސިއޭޝަނުން ހުށަހެޅި މައްސަލަ ގަވާއިދު ކޮމިޓީއަށް ފޮނުވުމަށް މުގައްރިރު ވަނީ ނިންމަވައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454