ޕީޖީ ޝަމީމަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން:
21 އޯގަސްޓް 2024 - 11:34
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގެ ތަހުގީގު ނިންމައި، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި ޝަމީމަށް ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން އޭނާގެ އަތުގައި ޖެހުމުން، އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމާއި ލ. ގަމު ތުނޑި އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ، ކެމީހިޔާ ޒަޔާން ނަސީރާއި ތ. ތިޔަދިމިގިލީ ރުވާ، އަބްދުލް ހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247 އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.
މި މައްސަލާގައި ހަތް މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ޕީޖީ ޝަމީމަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، މޫނު ފޮރުވައި އަދި ހެލްމެޓް ވެސް އަޅައިގެން ތިބެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭ މީހެއްގެ ހެޔޮ ނަޞޭޙަތެއް
22 August 2024
ތިކުދިންގެ ޙަމަލާއިން ޕީޖީ ޟަމީމް ސަލާމަތް ކުރެއްވެވުން އެއީ ﷲ ގެ ރަޙުމަތެކެވެ. އިޟްލާޙްވާން ދެވަނަ ފުރުޞަތެކެވެ. އެއީ ކޮންމެ މީހަކަށް ލިބޭނެ ނިޢުމަތެއް ނޫނެވެ. ﷲ އީ ގިނަގިނައިން ޢަފޫ ކުރައްވާ އޯގާވަންތަ އިލާހެވެ. އެހެންކަމުން ކުރެވުނު ކުށަށް ތަޢުބާވެ، ޕީޖީ ޟަމީމްގެ އަރިހުން މަޢާފަށް އެދޭށެވެ. އަދި ކުރި ކުށަށް އަދަބު ލިބޭނެކަން ޤަބޫލުކޮށް މިހާރުން ފެށިގެން ދެން އެފަދަ ކުށެއް ނުކުރުމަށް ޢަޒުމް ކަނޑައަޅާށެވެ.
އިސްމާލު2.0
21 August 2024
މިއީ ޕްރީ ފްރަންޓަލް ކޯޓެކްސް އަދި ރަނގަޅަށް އުފެދިފައި ނުވާ ކުޑަކުދިން ކޮޅެއް. މިކަމުގެ އަޑީގައި ބޮޑެތި ހަރު މީހުން ތިބޭނެކަމަށް ބެލެވޭ.
ކެނެޑީ
21 August 2024
އަސްތާ ތިޔަހުރީ އަހަރުމެންގެ ޒުވާނުން އިނގޭތޯ
އަހުމަދު އަތީގު
21 August 2024
މީ ގޯހެއް, މީގަ އައްޑޫ މީހުން ނުހިމެނި ނުދާނެ. މީ ގޮތަށް ގިނަ ބަޔަކު ގަބޫލު ކުރޭ
ދެރަ
21 August 2024
ގޭންގްތަކުގަވެސް މާލެއާއި ރާއްޖެތެރޭގެ ތަފާތު އޮވޭދޯ، މަސްއޮޑި ވެސް އެގޮތަށްތާ މި ހިންގަނީ، މައިޝާންމެން މީ މަދަރުސީ އޭޖުން ފެށިގެން ގެއްލެން ފެށި ކުދިބައެއް. ޥ.ދެރަ
މާ ދެރަ
22 August 2024
ޙަމަ ވަރަށް ދެރަވޭ، މަދަރުސީ ޢުމުރުގަ އުޅުމަށް އަންނަ ބަދަލުތައް ޓީޗަރަށް ފާހަގަކުރެވޭ ހަމައިން، ކަމާބެހޭ ފަރާތްތަކުން މިކުދިން ރިހިލިބިޓޭޓް ކުރާނަމަ... މިއުމުރުގަ މިހެން ނުދާނެ... މިހާރުވެސް ސްކޫލްތަކުގަ ތިބި ނޭދެވޭ ކަންކަމުގަ ބައިވެރިވާ ކުދިން ފާހަގަކޮށް ފަރުވާ ދެވިއްޖެނަމަ ކުރިމަގު ރަގަޅުވާނެ، އިންޝާﷲ
ބޭފުޅު ކޮއިލު
21 August 2024
މާލޭ ތަހުޒީބު ކުދިން ވަކި ރަނގަޅެއް ނޫން
އެޑްމުންޑޯ
21 August 2024
ހާދަ ޒުވާން ކުދިން ކޮޅެކޭ ، މިކުދިން ބަލާލާއިރު ގޭންގް ގްރޫޕެއް ވައްތަރު ނުޖަހާ ،
ވަހީދުބެ
21 August 2024
ހަމަލާ ރާވާފައިވަނީ މަސްއޮޑި ގޭންގުން. ތަހްޤީޤު ތަންކޮޅެއް ފުޅާކުރަން ނުވޭބާ؟ 18 ވިހި އަހަރު ކުދިން ލައްވައި އެފަދަ ޖަރީމާ ހިންގާ މީހުންނަށް ވެސް އަދަބެއް އޮންނަން ނުވޭބާ؟
ޖަވިޔަނި
21 August 2024
އުމުރުން 25 އަހަރުވެސް ނުވާ ރާއްޖެތެރޭ ޒުވާނުން ކޮޅެއް. ކީކޭ ދެން ބުނާނީ.
ޥައްހާބު އިބްރާހިމް
21 August 2024
ހުސް ހާބީން