ތިލަފުށީ ވޯކްޝޮޕެއްގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ --
22 އޯގަސްޓް 2024 - 09:35
މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އަލިފާން ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް އެއްކޮށް އަދި ނިއްވާ ނުލެވޭ ކަމަށް.
އެމްއެންޑީއެފުން ބުނީ ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިފައިވާތީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް.
ކ. ތިލަފުށީ މެރިން ސެންޓަރުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މެރިން ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ތިލަފުށީ ފަޔާ އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވޭ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
އެ ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި އަލިފާން އެންމެ ފުރަތަމަ ރޯވީ ތިލަފުށީގައި މެރިންޑޯ ވޯކްޝޮޕްގަ އެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި، ޖެހިގެން ހުރި ދެ ވޯކްޝޮޕްގައި ވެސް ވަނީ އަލިފާން ހިފައިފަ އެވެ.
ތިލަފުށީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ދުން އަރަމުންދާ މަންޒަރު --
ރޯވެފައިވާ އަލިފާންގަނޑުގެ ތެރެއިން އެއްޗެހި ގޮވާ އަޑު އިވޭ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ސިފައިންގެ އިތުރުން، ތިލަފުށީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ވެސް އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފާން
22 August 2024
ތިޔައީ ކުރީގެ ސަރުކާރުގެ ޢަމަލެއް ކަމުގައި ކަމާގުޅޭ ފަރާއިތަކުން ހާމަކޮށްފި.
ސިޓީ
22 August 2024
ތިލަފުށްޓަކީ ބަންގާޅީ ސިޓީއެއް.
ބިޓީ
22 August 2024
ތިލަފުށި ބަންގާޅިންނަށް ބޭނުން ވަރަކަށް ލާރި ހަދަން، ދިވެހިން ނަށް އޮތީ ސޯސަލް މީޑިއާ އާއި ނޫސްތަކުގެ ކޮމެންޓް ބައިގަ މޮޅު ވާހަކަ ދެއްކުން.