އެމްއެމްއޭ. ގޮންޖެހުންތައް ހުރި ނަމަވެސް، ބީއެމްއެލްގެ މާލީ ހާލަތު ވަރަށް ރަނގަޅު -- ފޮޓޯ: މިހާރު
25 އޯގަސްޓް 2024 - 19:26
ބީއެމްއެލްގެ ކާޑުތަކުން ކުރާ މުއާމަލާތުތައް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ، ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރި ނަމަވެސް އެއީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ މި ބަދަލު މުރާޖާ ކުރުމަށް އިރުޝާދު ދިނީ ކަމަށެވެ.
ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް މެނޭޖްކުރަން ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރު މަތިން އެމްއެމްއޭ އިން ބީއެމްއެލްއާ ބައްދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ކޮވިޑް-19އާ ގުޅިގެން، ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަން ބީއެމްއެލް އިން ފާހަގަކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ކޮވިޑާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށެވެ. ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގަ އެވެ.
އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް ކަމަށް އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. ސާޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަން ވެސް ފާހަގަކުރެވޭ ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު 2.9 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް މި އަހަރުގެ ޖޫން މަސް ނިމުނުއިރު އެ އަދަދު 6.6 ބިލިއަން ރުފިޔާގައި ހުރި ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވާން ދިމާވި ސަބަބެއް ކަމަށެވެ.
ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކުރަމުން އަންނަ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 307 މިލިއަނަށް އިތުރުވެފަ އެވެ. މިއަހަރު ވެސް މި އަދަދު ވަނީ އިތުރުކޮށްފަ އެވެ. މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ކުރިއަށް އޮތް ތަނުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ރިއާޔަތް ކުރާ ބޭންކުތަކަށް އިސްކަން ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީނާ ރިޓްޒް
26 August 2024
ފައިސާ ޗާޕުކުރުމުގެ ސަބަބުން އިތުރުވި ފައިސާ ހުރީ އެމްއެމްއޭގެ އޯވަނައިޓް ޑިޕޮޒިޓް ފެސިލިޓީަގައި. މި މިންގަނޑު 2019 ގައި ހުރީ 2 ބިލިއަން ރުފިޔާގައި. މިހާރު ހުރީ 6.4 ބިލިއަނުގައި. އެމްއެމްއޭ އިންވެސް ދެއްކީ ހަމައެކަނި ކޮންވީނިއެންޓް ވާހަކަ. ފުރިހަމައަށް ވާހަކަ ނުދައްކާ.
ނޫރުދީން
26 August 2024
ޕަރަސަނަލް ލޯންތައް އިތުރުވުމަކީ ބެންކުތަކުގެ ވިޔަފާރިއަށް އައި ބަދަލެއް. 2015 އިން ފެށިގެން އެއީ ބޮޑުވަމުން އަންނަ ދާއިރާއެއް. ނޮވެންބަރު 2023 އިން ޖޫން 2024 އަށްވެސް ތި މިންގަނޑު އިތުރުވި 800 މިލިއަން ރުފިޔާއިން.
ޑޮލަރު ހަމައަގަށް ތިރިވެއްޖެ
26 August 2024
ތިޔަ އުޅުއްވަނީ ބެންކުގެ ހާލަތު ރަނގަޅުވީމަ އެތަންވެސް ފެނަކައަށް ނުވަތަ ވެމްކޯއަށް ހަދާނުލެވިގެންނޫންތޯ؟ އޭރުން ހާލަތު ރަނގަޅުވާނެތޯ. ގައުމުގެ ފޫގޮސްފަހުރި ކަންކަންއިތުރަށް ގޯސްކޮށް ސިޔާސީ މީހުނަށްކުރާ އިސްރާފު ޚަރަދު ކޮންމެދުވަހުކުދަނީ މައްޗަށް. ޢޭގެސަބަބުން ގައުމު ބަގުޜުޓުވީމަ ކުރީސަރުކާރަކުން ނުޗަލާނެ.
ދފރ
26 August 2024
ހަހަ. މާލީ ހާލަތު ރަގަޅިއްޔާ ދެން ކޮން ގޮންޖެހުމެއް އޮތީ
ރަދުން999
26 August 2024
ބޭންކު އެހާ ރަނަގަޅުނަމަ ދެންކީޢްވެބާ އަހަރެމެންގެ ޑޮލަރުކޮޅުވެސް ތިޔަ ހިފެއްޓީ. އަނެއްކާ ކަމާ ނުބެހޭ ބަޔަކު އެޑޮލަރު ކުރީގަ ދިންމީހުންނަށް ދޭށޭ ބުނީމާ އަނެއްކާ ތިޔަ ދެނީ، މީކުޅޭ ކުޅިވަރެއްތާ، ބޭންވެސް ރަނގަޅެއްނޫން- ސަރުާރުވެސް މަށަކަށް ރަނގަޅެއްނޫން، ދެން މިސަރުާރަށް އެއްވެސް ކަމެއްގައި ވޯޓް ނުދޭނަނަް
ހަނީފް އިމްތިޔާޒް
25 August 2024
އިބޫމެން ގައުމު ވައްޓާފަ ވާ ހިސާބުން ނަގާ ރައީސް މުއިއްްޒް ގައުމު ކޮޅަށް ޖަހާނެ. ޔަގީން
އާލިމް މުހައްމަދު
25 August 2024
ރައްޔިތުންނަ ދަތިވާ ކަންކަމުގައި ސަރުކާރުން ހައްލު ހޯދާނެ.
ޝިހާމް.
25 August 2024
އެމްޑީޕީ އިން މިއަދު ބީއެމްއެލް ތެރެއިން ކުރަން އުޅުނު ބަގާވާތް ފެއިލްވެއްޖެ
ހަސަން ނިހާމް
25 August 2024
އޭރުވެސް އިނގޭ ރައީސް މުއިއްްޒް ގެ ސަރުކާރުން ކަންކަން ހަމަޔަށް އަޅުވާނެ ކަން
ފަރީހާ
25 August 2024
މިކަން ރަގަޅު.