ވިޔަފާރި / ސިވިލް ސާވަންޓުންގެ މުސާރަ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިސްކަލް ސްޓްރެޓެޖީގައި ކަނޑައަޅައިފި

ސިވިލް ސާވިސް މުވައްޒަފުންތަކެއް. ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަނީ -- ފޮޓޯ: މިހާރު

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އެ ރިޕޯޓުގައި އެކަން ކަނޑައަޅާފައި ވިޔަސް މުސާރަ ބޮޑުކުރާނެ ކަން ކަށަވަރު ވާނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އެ އަދަދުތައް ހިމެނުމުންނެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ވަނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން އެއް ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

ސިވިލް ސާވިސްގައި މި ވަގުތު 30،165 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އެއް ހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.

މިހާތަނަށް ވަނީ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްފަ އެވެ. އެ ބަދަލާ އެކު، ސަރުކާރުގެ މުއައްސަސާތަކުގެ 46 ޕަސެންޓު މީހުންގެ މުސާރަ އަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިދިޔަ ޖޫން މަހު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ މުޅި ބަޖެޓުގެ 25 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުގައި މުސާރަ އެއް ހަމަކުރުން ނުވަތަ ހާމަނައިޒް ކުރުމަށްޓަކައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަން ފިސްކަލް ސްޓްރެޓެޖީގައި ހިމަނާފައިވާ އިރު 2026 ވަނަ އަހަރު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަމާޒު ހިފައިފަ އެވެ

50 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 0%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހްސާސް

28 August 2024

ދައުލަތުގެ ބަޖެޓަށް ތިއަށް ވުރެ ގިނައިން ފައިސާ ހޯދާފަ ނޫނީ ތިޔަކަން ކުރަން ހެޔޮނުވާނެ. އަދި ދައުލަތުގެ މުއައްސަސާތަކުގައި ތިބި ސިޔާސީ ވެރިން ކަނޑަންޖެހޭ. މިނިސްޓަރާ މިނިސްޓަރުގެ އެއް ނައިބު ނިމުނީ. ބޯކޮށް ސްޓޭޓު މިނިސްޓަރުން ލައިގެން އުޅޭކަށް ނުޖެހޭނެ. ސިވިލްސާވިސް މުވައްޒަފުންނަށް ކުރެވޭވަރުގެ ކަންކަން އެހުންނަނީ.

The name is already taken The name is available. Register?

ޖައިލަމްލ

26 August 2024

ނަރުހުންނަށް 35000 ލިބޭއިރު ހަތަރު ދަމު ގަނަ ތެޅޭ ޓީޗަރުންނަށް މި ލިބެނީ 20000 .. މި ވާހަކަވެސް ދައްކަބަލަ މުސާރައިގެ ފަރަގުގެ ވާހަކަ ދައްކާއިރު.. އެންމެ ގިނަ ކައިވެނިތައް ވެސް ރޫޅިފައި ހުރީ ޓީޗަރުންގެ .. އާއިލާއަށް ދޭނެ ވަގުތެއް ނެތި ވަޒީފާގައި އުޅެން ޖެހޭލެއް ބުރަކަމުން

The name is already taken The name is available. Register?

މަނަމަ

26 August 2024

އަސްލު ސަރުކާރު ނޫނަކަސް ހުރިހާ އޮފީހަކަށް ވެސް 6 ގަޑިއިރު އޯކޭ އޭ. އެއަށްވުރެއް ގިނައިން މޭޒު ދޮށުގަ އިނަކަސް އިތުރަށް މާގިނަ ކަމެއް ވާނީއެއްވެސް ނޫން. Gina މީހުންގެ ތަބިއްޔަތު ހުންނާ ގޮތުން ކަމެއް ކުރަން Gina ވަގުތު އޮތްނަމަ ކަންތައް ކުރާނީ އެ ދުވެލީގަ. އެކަމު ހަމަ އެމަސަަކަތް މަދު ވަގުތު ކޮޅެއް ދީފިނަމަ އެވަގުތިގައި ވެސް ކުރިމުގެ ޤާބިލުކަން ވެސް ވޭ. ދެން 6 ގަޑިއިރު މަސައްކަތަށް، ބާކީ ހުރި ވަގުތު އާއިލާއަށާއި ހޮބީސްއަށް. ވައްޓަފާޅި ބަދަލު!

The name is already taken The name is available. Register?

ސޮރުއް

26 August 2024

ކޮންމެ އޮފީހަކު މިތިބޭ 70 ސިޔާސީ ގުރޫޕު ވަކިކޮއްލައިފިއްޔާ އެހަރަދުން ސިވިލް ސާރވިސްގެ މުވައްޒަފުންގެ މުސާރަ އިތުރުކުރެވިދާނެ. ސިވިލް ސަރވިސް މީހުން މަސައްކަތް ނުކުރާ ވާހަކަ ދައްކާއިރު އަދި މި ގުރޫޕަކީ އޮފީހުގަ ކީއްކުރާ ބައެއް؟

The name is already taken The name is available. Register?

ހާމަ333

26 August 2024

ސވިލްސާވިސް މުސާރަ ބޮޑުކުރާށޭ ބުނީމަ ކެކޭނެ ވަކިބައިގަބޑެެއް....އެމީހުން މިތާވެސް ކެކި މިއަރަނީ....ސިވިލްސާވިސްއަކީ މިގައުމުގަ އެންމެ ދަށް މުސާރަލިބޭތަން....7000ރ އެއީ ކޯޗެއްތަ? ރާއްޖޭގެ އެހެން ސެކްޓަރ އާމްދަބީ ފެށެނީވެސް 10000ރ ވުރެ މަތިން...އިންސާފު ގާއިމުކޮށްދީފަ ދެން ހިދުމަތުގެ ފެންވަރޭ ދޮންފަޅޮލޭ ކިޔާ...

The name is already taken The name is available. Register?

ގަސްކުޑޭ

26 August 2024

ކަމެއްކޮއްބަލަ، އިނގިލި ޖަހާލާފަ ކޮފީއަކަށް އަރާލާފަ އައިސް މޭޒުދޮށުގަ އިންނަންތަ ވަޒީފާއަކީ. ރާއްޖޭގެ އުފެއްދުންކަން ނެތިދަނީ ތި ވިސްނުން ހުންނާތީނު.

The name is already taken The name is available. Register?

12345

26 August 2024

މޑޕ ގެ ހިކުމަތުން ގައުމުގައި ތަކެތީގެ އަގު 100 ޕަސެންޓަށް އިތުރުކޮށްލާފަ އެދިޔައީ. 8 ބިލިއަން ޗާޕް ކޮށްލީ އިގްތިސާދަށް ފައިސާ އިތުވާނެ އެއްކަމެއްވެސް ނުކޮށް. ގައުމު ހަލާކުކޮށްލާފަ ފައިބައިގެން ދަމުންވެސް މަޖިލިސް މެންބަރުން ހެދިގޮތަކީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާ ފަނޑިޔާރުންގެ މުސާރަ 2 ގުނަ ބޮޑުކޮށްލާފަދިޔައީ މިހާރު މިއޮތް ސަރުކާރަށް ޖެއްުމަށް.

The name is already taken The name is available. Register?

ކަބޯލާ

26 August 2024

ސިވިލްސާވިސްގެ މުވައްޒަފުންގެ ޚިދުމަތްދިނުން ރަގަޅުކޮށްފަ ދެން މުސާރައޭ ކިޔަންވީ. އެންމެ އެފިޝަންސީ ދައްކޮށް މަސައްކަތްކުރާ ބައެއް.

The name is already taken The name is available. Register?

ހާމަ333

26 August 2024

މުސާރައާ އެއްވަރަށް އެ މަސައްކަތްކުރަނީ....މުސާރަ އެއީ މައުމޫން ޒަމާނު ހުރި މުސާރަ....ކާކު މިއިން ޒަމާނަކު ސިވިލްސާވިސް މުސާރަ ބޮޑުކުރީ...ވީއިރު ހީކޮށްގެން ނުވާނެ ސިވިލްސާވެންޓުން ހެވިދިއްލިފަ ތިބޭނެކަމަށް

The name is already taken The name is available. Register?

މަންޑޭ456

26 August 2024

ސިވިލްސާވެންޓުންނަށް ދެނީ ކަލޭމެންނަށް ލިބޭވަރުގެ އާމްދަނީއެއްތަ ކަލޭމެނަށް ވީއަޕީ ސާވިސްދޭން...އެންމެންގެ މުސާރަ ބޮޑުކުރާއިރުވެސް ސިވިލްސާވިސް މީހާއަށް ދެނީ ކިރިޔާ ކައިބޮއި އުޅެނޫޅެވޭވަރުގެ މުސާރައެއް...ދެން އެހެން ނޫނަސް ނަރުހުނާ ޓީޗަރުންނާ ޑޮކްޓަރުންގެ ފަރާތުން ތިބުނާ ފެންވަރުގެ ހިދުމަތެއް ލިބޭތީތަ އެމީހުންގެ މުސާރަ އިރުއިރުކޮޅާ ބޮޑުވަނީ އިކޮނޮމީއާ ނުބައްދަލުވަރަށް...ނުލިބޭ....ވީއިރު މޮޅު އަނގަނުތަޅާ

The name is already taken The name is available. Register?

ސީރިއަސްލީ

26 August 2024

ސިވިލްސާވަންޓުން ކުރާމަސައްކަތުގެ ފެންވަރުދަށް. ދުވާލަކު މަސައްކަތްކުރާގަޑި އެހާމަދު. ފޯނެއްކުރިޔަސް ނުނަގާނެ.

The name is already taken The name is available. Register?

ކާސިމްބޭބެ

26 August 2024

މުސާރަ ބޮޑުކޮށްގެން ޖަހާ ބަނގުރޫޓްކޮށްލާފަ ޢެންމެން ބަނޑަށް މަރާލާ. އޭރުންހުންނާނީ ލާރިކެވިފަ އެންމެނަށް. ކުރީސަރުކާރުން ސިވިލްގެ ޓީޗަރުން ނަރުހުން ޑޮކްޓަރުންގެ މުސާރަ އިންތިހާއަށް ބޮޑުކޮށްފަ ނުވިތާކަށް ޤާޒީންނާ ފުލުހުންނާ ސިފައިންގެ މުސާރަބޮޑުކުރަން މަޖިލީހުން ފާސްކޮށްފަ ދިޔައީ. ކިހިނެއް ނުލިބޭވަރުން ޚަރަދު ކުރާނީ؟؟ވާނީ ބަނގުރޫޓް. މިއީ ވެލްފެއަރ ޤައުމެއް. ރައްޔިތުން އެއްކަމެއް ނުކޮށް ހުރިހާ ޚަރަދެއް ކުރަންޖެހޭ..

The name is already taken The name is available. Register?

ޏައިރޯށް

26 August 2024

ބޭފުޅާ މާތް ﷲ އިންސާނުންނަށް ބުއްދިއާއި ފިކުރު ދެއްވެވީކަމަކު، ދެ ނޭވާ ދެ ކޮޅު ޓީޗަރުންގެ މުސާރަ ބޮޑުކޮށްގެން އެވާހަކަ ގޮވާއިރު، ގޭތެރޭގައި 3 ދަރިން ގެންގުޅެންވީމަ ތިޔަ އުޅެނީ ބޮލަށް އުނދަގޫވެ އަޑު ގަދަވެގެން.. ޓީޗަރުން ކުލާހެއްގެ ތެރޭ 30 ދަރިވަރުން ކޮންޓްރޯލްކޮށް، ހަތަރު ދަމު މަސައްކަތުގައި ތިބޭ ބައެއް ޓީޗަރުްނނަކީ، ..ކީއްވެމަޖިލިސް މެންބަރުންގެ މުސާރަ ބޮޑުވެގެން އެވާހަކަ ނުގޮވަނީ؟

The name is already taken The name is available. Register?

ކޮރަލް

26 August 2024

ސިވިލް ސާވިސްގައި މި ވަގުތު 30،165 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މަޖްލިސް ، ސަރުކާރު ހިއްސާ ވާ ކުންފުނިތައް ސިޔާސީ ވަޒީފާ ތަކުގަ އުޅޭ ވެރީންގެ މުސާރަ އަށް ވުރެ މުޅި ސިވިލް ސާވިސް ގެ މުސާރަ ކުޑަ ވާނެ ހެން ހީ ވެ އެވެ.

The name is already taken The name is available. Register?

ދޮންރޮދި

26 August 2024

ސިވިލްސާވިސް މުވައްޒަފުންނަށް އެއްޗެއް ލިބެންޏާ މޭކަރާ ބޭކަލުންނަށް ވަރަށް ވެދުން ސަލާން

The name is already taken The name is available. Register?

ސިވިކް

26 August 2024

ސިވިލްސާރވިސަސް ގެ މީހުންގެ މުސާރަބޮޑުކޮށްފަ ސިޔާސީ މީހުންތައް ކަނޑާލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454