ޚަބަރު / އެސްޓީއޯ

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަނީ

ފެނަކަ ކުންފުނީގެ އޮފީހެއްގެ ނަން ބޯޑު: ފެނަކަ އަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލުކުރަން ވަނީ ނިންމާފައި. -- ފޮޓޯ: މިހާރު

26 އޯގަސްޓް 2024 - 20:17

41 comments

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ގަނެ ފެނަކަ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ ގޮތަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން އެކަމާ ބެހޭ ގޮތުން ހުށަހެޅި ކަންކަމާ މެދު މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

އެ އޮފީހުން ބުނި ގޮތުގައި އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކޮށް ނިންމަން ހަމަޖައްސާފައި ވަނީ މި އަހަރުގެ ނިޔަލަށެވެ.

"ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން މި ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާ އެކު ފެނަކަގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައެވެ." ރައީސް އޮފީހުން ބުންޏެވެ.

މި ބަދަލު ގެނައުމަށް އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އެސްޓީއޯ ގްރޫޕްގައި އަމަލުކުރަމުން އަންނަ ގޮތަށް ގަވަނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފެނަކަގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިހްތިޔާރު އެސްޓީއޯއަށް ދޭން ވެސް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި ރަނގަޅު އުސޫލުތައް ތަންފީޒުކުރުން ފަދަ ކަންކަމުގެ އިހްތިޔާރު ވެސް އެސްޓީއޯއަށް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރު ވެސް ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް އެސްޓީއޯއަށް ދޭނެ އެވެ. އެއީ ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބަލައިގެންނެވެ.

މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފައްދަން ވަނީ ނިންމައިފަ އެވެ.

ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ހާއްސަކޮށް އުފައްދާފައިވާ ފެނަކައިން އެސްޓީއޯއަށް ތެލުގެ ފައިސާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ މި ސަރުކާރު ހަވާލުވި އިރު ނުދައްކާ އޮތް ކަމަށް ކުރިން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމާއި ކުންފުނިތަނުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި އަދި ބައެއް ކުންފުނިތައް އުވާލުން ފަދަ ކަންކަން ކުރުމަށް ސަރުކާރުން ވަނީ ކުރިން ވެސް ނިންމައިފަ އެވެ.

41 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 2%
icon angry icon angry 56%
icon wow icon wow 5%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިހާމް އިސްމާއިލް

27 August 2024

ވަރަށް ރަނގަޅު ނިންމުމެއް. މިޔާއެކު ފެނަކަވެސް ހަމަޔަކަށް އެޅިގެން ދާނެ

The name is already taken The name is available. Register?

ސަރީރް

27 August 2024

ހެހެހެ ރައީސްގެ ކާމިޔާބީގެ ތެރޭގައި މިދިޔަމަހު ފާހަގަކުރި އެއް ކަމަކީ މިފްކޯ އެސްޓީއޯގެ ދަށުން ނަގައި މިފްކޯއަކީ 100% ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރުން. މިހާރު ފެނަކަ އަނެއްކާ އެސްޓީއޯގެ ދަށަށް. ދެން އަންނަ އަހަރުގެ ކާމިޔާބީއަކަށް ވާނީ އަނެއްކާ ފެނަކަ 100% ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުން؟

The name is already taken The name is available. Register?

ޒިނާހްް

27 August 2024

ސަރުކާރުން މި ގެނައި ބަދާލާއެކު އެސްޓީއޯ ޕޭރެންޓް ކުންފުންޏެއް ގޮތުގަޮވެ ފެނަކަ އަނބުރާ ކޮޅަށް ޖަހާނެ ކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.

The name is already taken The name is available. Register?

ނިޒާރްް

27 August 2024

ފެނަކައިގެ ދަރަނީގެ މައްސަލަ ހައްލުކޮށް ކުންފުނި އިސްލާހުކުރުމަށް މި ގެނައި ބަދަލާއެކު ވަރަށް އުންމީދު އެބައިން.

The name is already taken The name is available. Register?

އިމްދާދްް

27 August 2024

މި ސަރުކާރުން ކުންފުނިތަށް ޒިންމާދާރުކުރުމަށް ކުރައްވާ މަސައްކަތަކީ ނަމޫނާ މަސައްކަތެއް.

The name is already taken The name is available. Register?

ހުމާން

27 August 2024

ކީއްވެބާ ފެނަކައިގެ ދަށަށް އެސްޓީއޯ ބަދަލު ނުކުރީ؟

The name is already taken The name is available. Register?

ސަމާލް މުޙައްމަދު

27 August 2024

ތިޔަ ފެނަކަ ރަށްރަށުގެ ބުރާންޗުތަކުގަ ތިބޭ ވެރިންގެ ފަރުވާ ކުޑަކަމުން އެތަންތާގެ މުވައްޒަފުން އުޅެމުންދަނީ ހަމަ އުޅޭނެގޮތަކަށް. ގަޑިޖެހިގެން ސޮއިކުރިޔަސް މައްސަލައެއްނޫން. ކޮންމެ ފަދަ ހެދުމެއް އަޅައިގެން ފެންނުވަރާ ފުނާ ނާޅާ އުޅެންވީ. ރައްޔިތަކަށް ކަރަންޓުކަމެއް ދިމާވިޔަސް ޙައްލުކޮށްލާކަށް ގިނަ މީހުންނަށް ނޭނގޭ. މިނިޓަރުކޮށް ބަލާނެމީހަކު ނުހުރޭ.

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

27 August 2024

ދެން އެސްޓީއޯ ގެނޭ ރައީސްއޮފީސްދަށަށް.

The name is already taken The name is available. Register?

ޗޯޓޭ

27 August 2024

މީ އެސްޓީ އޯގެ އަސާސީ ގަވާއިދާ ޚިލާފަށް ކުރާކަމެއް.... ސޓއ އަކީ ވިޔަފާރި ކުންފުންޏެއް...

The name is already taken The name is available. Register?

ޟމމމ

27 August 2024

ތިޔައީ އަހަރުމެން އެސް.ޓީ.އޯ ގެ ހިއްސާދާރުން ނަށް ދޭ އަނިޔާެއް!! ވަޤުތުން ވަޤުތަށް ތި ނިންމުން ބާޠިލްކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454