ހައުސިން ޔުނިޓްތަކުގެ މައްސަލާގައި ކައުންސިލް އިދާރާ ތެރޭގައި ނުރުހުން ފާޅުކުރަނީ.
28 އޯގަސްޓް 2024 - 15:35
ބ. ތުޅާދޫގެ 100 ހައުސިން ޔުނިޓް ދޫކުރަން ފުރަތަމަ އެކުލަވާލި އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަން އެ ރަށު ކޯޓުން ނިންމި ނިންމުމާ ޚިލާފަށް، ކައުންސިލުން އަމަލުކުރަން އުޅޭ ކަމަށް ބުނެ މިއަދު އިހުތިޖާޖަށް ނުކުމެއްޖެ އެވެ.
މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަން ނުކުތް މީހުން ވަނީ ކައުންސިލް އިދާރާތެރެ އަށް ވެސް ވަދެފަ އެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ކޯޓުން ކައުންސިލްގެ މައްޗަށް އަމުރު ކޮށްފައިވަނީ އުސޫލަށް ކައުންސިލުން އެއްވެސް ބަދަލެއް ނުގެނެސް ހައުސިން ޔުނިޓްތައް ދޫކުރަން ކަމަށެވެ. އެކަމަކު ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން އަންނަ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ކައުންސިލުން މިހާރު ބުނަމުން އަންނަނީ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށް، ލަފާ ހޯދައިގެންނެވެ.
ކޯޓުން ނިންމި ގޮތަށް އަމަލުކުރަން ކައުންސިލުން ބޭނުމެއް ނުވެ އެވެ. އެހެންވެ އަމުރު އިސްތިއުނާފްކުރަން ކައުންސިލުން ނިންމާފައިވާ ކަމަށް، އިހްތިޖާޖްކުރާ މީހުންގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"މިކަމާ ރައްޔިތުން ރުޅިގަދަވެގެން މިއުޅެނީ. އެއްވެސް އުސޫލަކަށް ބަލަނީ އެއް ނޫން. އުސޫލުން ކުރީ ވައްކަން، ކޯޓުގެ ނިންމުމަށް ވެސް އަމަލު ނުކުރަން މިއުޅެނީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ހައުސިން ޔުނިޓުތައް ނިމި މިހާ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ހަވާލު ނުކުރެވި އެ ތަންތަން ހަލާކުވަމުންދާއިރު ވެސް ހައުސިން ޔުނިޓުތަކުގައި މީހުންނަށް އާބާދު ވެވޭނެ ދުވަހެއް ނޭނގޭތީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
މި މައްސަލައިގައި ކައުންސިލުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ޕްރިސިޝަން އިންޖީނިއަރިން ސާވިސަސް އާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓްގެ ޖޮއިންޓް ވެންޗާ ކުންފުންޏާ 79.6 މިލިއަން ރުފިޔާ އަށް 2019ވަނަ އަހަރުގެ ޖުލައި މަހު ހަވާލުކުރި 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި ކައުންސިލާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަޒުބާތު
28 August 2024
އިހްތިޖާޖުކުރީމާ ކަންކަންވކާމިޔާބުވާނެ.