މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން ރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސޯލިހު ވާހަކަ ދައްކަނީ .-- ފޮޓޯ: ރައީސް އޮފީސް
29 އޯގަސްޓް 2024 - 13:07
މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެދި އެ ސުކޫލުގެ ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލްގެ ދެ ފަންފަޅީގައި ކިޔަވާ ގިނަ އަދަދެއްގެ ކުދިންގެ ބެލެނިވެރިން ސޮއިކޮށް، އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއަށް ފޮނުވި ޕެޓިޝަންގައި 35 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔުމާއި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސް ކޮށްދިނުމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ވެސް ހިމެނެ އެވެ.
މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ.
- ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ގިނަ ކަންކަމުގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ޓީޗަރުންގެ މަސައްކަތާއި ކުދިންގެ ކިޔެވުމަށް ބުރޫއެރުން.
- ކިޔެވުމުގެ އިތުރުން ކުދިންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް އެކި ދިމަދިމާލުން ހޯދަންޖެހޭ ފުރުސަތުތައް ހޯދައިނުދިނުން.
- ބެލެނިވެރިންނާ މެނޭޖުމަންޓާ އޮތް ގުޅުން ހީނަރުވުން.
- ޕްރިންސިޕަލްގެ މަގާމުގައި 8 އަހަރު ހޭދަކުރެއްވިއިރު ހެޔޮ ބަދަލެއް އައިސްފައި ނުވުން.
- ޕްރިންސިޕަލްގެ ފަރާތުން ޓީޗަރުންނަށް ސިޔާސީ ގޮތުން ފިއްތުންތައް ފިއްތުން.
- މެނޭޖުމަންޓުގެ ނާގާބިލް ކަމުން ގާބިލް އެތައް ޓީޗަރުން ސްކޫލް ދޫކޮށް ދިއުން.
- ސްކޫލުގެ 30 ކްލާސްރޫމް އޭސީ ކުރަން ބެލެނިވެރިއަކު ހަދިޔާކުރި އޭސީ ޔުނިޓުތަކަށް ވީނުވީއެއް ނޭނގުން.
ޕެޓިޝަންގައިވާ ބުނެފައިވާ ގޮތުން މެނޭޖުމަންޓުން ކަން ކުރަމުންދާ ނާއިންސާފު އަމަލުތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރުކޮށް، މަޖީދިއްޔާ ސްކޫލްގެ ފަހުރުވެރި ނަން ދަނީ ހަޑިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސަ
31 August 2024
އަވަހަށް ވަކިކޮށްލާ، މިހާރު ހުންނާނީ ތިޔަތަނަށްލާންވާމީހާ މަތިކޮށްފަ. ތިޔައީ ހަގީގަތެއްނޫން، ބަޔަކު އަޑީގަތިބެގެން ކުރާކަމެއް. މިސަރުކާރު ފެށުނީއްސުރެ ކަންކުރަމުންއަންނަގޮތް، އަދި މާގިނަދުވަހެއްނުވޭ، އިހަކަށްދުވަހަކުވެސް މީހަކުހޫރާލާފަ ބޭނުންވާމީހާ ލައިފި،
ހަބީބުހަސަން
30 August 2024
މިއީ ބަގާވާތެއް ބާ؟
ވަޙީދުބެ
30 August 2024
އަހަންނަކީ މަޖީދިއްޔާއިން ކިޔެވުމުގެ ފުރުޞަތު ލިބުނު މީހެއްނޫން. އެކަމަކު ވެސް ރާއްޖޭގެ އެންމެ ފަޚުރުވެރި ސްކޫލުގެ ޙާލަތު ވަރަށް ބޮޑަށް ދަށް ވެފައިވާތީ ވަރަށް ދެރަވޭ.
ފާނޫޒް
30 August 2024
އަމީނިޔާ ޕުރިންސިޕަލް ވެސް ބަދަލުކުރަންވެފަ، ސުކޫލަށް އެއްވެސް ކުރިއެރުމެއް ނުލިބޭ، ސެލްފީ ނަގަން އިގެނި
ކޮސް
30 August 2024
މިއީ ސަރުކާރު އަޑީގައި އޮވެގެން ހިންގާކަމެއްކަމަށް ބެލެވެނީ.
ކިނާރީ
30 August 2024
މިހާރު ދެންޖެހެނީ އިލްމީ ގާބިލް ތަޖުރިބާ ލިބި ތިބި މީހުން މަގާމު ދޫކޮށްފަ އިލްމީ ދާއިރާއާ ދުރަށް ދާން ހޭ . އޭނަ ކޮއްކޮ އަށް ނާކާމިޔާބު ވިއަސް އިލްމީ ދާއިރާ ގަ މަސައްކަތްކުރުން އެއީ ބަޔަކު ހިތްހަމަ ނުޖެހޭ ކަމަކަށް ވިއަސް ، އެއީ ކުރަން ޖެހޭކަމެއް . މީގެ ކުރިން ނުފެނުނު ކަމެއް މިއަދު މަތިކޮައް ވާހަކަ ދެއްކުން މައްސަލައެއް އެބަ އުޅޭ . އަދަބުކުޑަ ވެގެން އުޅޭ މީހުނަށް ވުރެ އަހްލާގް ރަގަޅު އެއްމެންނަކީ ސިޔާސީވެގެން މަގާމު ބޭނުންވާ ބައެއް ނޫން .
ކަމަކުނުދޭ މިގޮތެއް!
30 August 2024
ތީތި ކަމަކުނުދޭ! ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރުމުގަ ހުރުމުގެ ނަތީޖާ މިފަހަކަށްއައިސް ވަރަށްހިތި! ރައްޔިތުންކުރިމަތީ ފަލީހަތްކޮށްލުންމީ ހިދުކޮޅެއްގެ ކަމެއް! ޖާނާމާލުމް ގުރުބާންވުމުގެ ނަތީޖާ މިފެންނަނީ!
ޝީތާ ބީތާ
30 August 2024
ޖަމާލުއްދީން ގެ ޕްރިންސިޕަލް ބަދަލުކުރަންވެއްޖެ. ޙުރިހާކަމެއްވެސް ބޮއްސުންލާފަ، ރަނގަޅަށް ވާހަކަވެސް ދެއްކޭމީހެއް ނޫން..
މިސިޒްކެޗަޕްބޮޓްލް
30 August 2024
މިންތީގެ ހަމަހަމަކަމާއެކު އަންނަ ސައިޑް އިފެކްޓް ޅިޔަންފަހަރި މައިދަތަ ސްޓައިލުގެ ފިތުނަޔާ ހަސަދަ
ބާގިރުސާމިރު
30 August 2024
ސަރުކާރުން ރާއްޖޭގެ ބޮޑެތިސުކޫލްތަކުގެ ހިންގުން ވަޒަންކޮށް އުއްމީދުކުރާހިސާބުތަކަށް ވާސިލުނުވަނީނަމަ ހިންގުންތެރިން ބަދަލުކުރަންޖެހޭ. އެއީ ވަކި ޕެޓިސަނަކުން ނުވަތަ ބަޔަކު ޔޯއްގޮވައިގެން ކުރަންޖެހޭ ކަމެއްނޫން. މަޖީދީއްޔާއަށް ސަތޭކައަހަރު ގުނަން ސަރުކާރުގެ އިސްވެރިންނާއި އިސްދަރިވަރުން އެއްވެ ސައްލާކުރިއިރު މަޖީދިއްޔާ ދަރިވަރުންގެ އިލްމުވެރިކަމާއި ހިލްމުވެރިކަމާއި ފަންނުވެރިކަން އަދަބު އަހުލާގު ދަނީ ފަހަތަށްތޯ ކުރިއަށްތޯ ބަލާލެވުނުބާ. .