ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ޔާމީނާ މެދުގައި ހިތްނިޔަތް ސާފު، މިނިވަންކުރަން ކުރެވުނު ހުރިހާ ކަމެއް ކުރިން: ރައީސް

ޔާމީން މިނިވަންކުރަން އެދިވަޑައިގެން އޭރުގެ ރައީސް އިބޫ އަށް ފޮނުއްވި މެސެޖުތައް އިބޫގެ ފޯނުގައި ހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި.

އޮކްޓޫބަރު1، 2023: ޔާމީން ޖަލުން ގެއަށް ބަދަލުކުރުމުން އޭރުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒާއި އެހެން ބައެއް އިސްބޭފުޅުންނާއި އާންމު ސަޕޯޓަރުން ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ އުފާ ފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދުގައި ހިތްނިޔަތް ސާފު ކަމަށާއި އެ މަނިކުފާނު މިނިވަންކުރުމަށް ކުރެއްވުނު ހުރިހާ ކަމެއް ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ސަންގު ޓީވީއަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ ޔާމީންގެ ޖަގަހަ ޖަލްސާތަކުގައި މި ފަހުން އެ މަނިކުފާނަށް ކުރައްވާފައިވާ ބައެއް ތުހުމަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އެ ހުރިހާ ތުހުމަތެއް ރައީސް މުއިއްޒު ދޮގުކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޔާމީނަށް އެކި މައްސަލަތަކުގައި ދައުވާކުރި އިރުގައި، ޔާމީންގެ ދިފާއުގައި އެންމެ ކުރީގައި އަބަދުވެސް ހުންނެވި އެއްބޭފުޅަކީ އެ މަނިކުފާނެވެ. ޔާމީން ޖަލުން މިނިވަންކުރުން ފިޔަވައި އިތުރު އެއްވެސް ވިސްނުމެއް ވެސް އޭރު ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ޔާމީނަށް ފުރަތަމަ އިއްވި ޖަލު ހުކުމުން މިނިވަންވި ދުވަހަކީ ވެސް ވަރަށް ބޮޑު އުފަލެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ދުވަހެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރީ އެ މަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ، އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯނުގައި ހަމަގައިމު ވެސް ޑިލީޓް ނުކުރައްވަންޏާ ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް،" ރައީސް ވިދާޅުވި އެވެ.

"ރޯދަމަހަށް [ޔާމީން] ގެއަށް ގެނެސްދިނުމަށް، ދަރިފުޅުގެ އޯލެވެލް ކައިރިވަމުން އަންނާތީ، އޯލެވެލް އަށް އެޓްލީސްޓް ގެއަށް ގެނެސްދިނުމަށް އާދޭސްކޮށް، ތަކުރާރުކޮށް މެސެޖުކޮށް ހެދިން. އަދި ބާރު ހުރި ވަޒީރުންނަށް ވެސް މެސެޖުކޮށް ހެދިން."

ޕީއެންސީން ކުރިން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީއެންސީ

ޔާމީން މިނިވަންކުރުމަށް އޭރު ޕީޕީއެމްގެ އޮފީހުގައި ކުރި ހުރިހާ ކަމެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ކަންކަން އިންތިޒާމުކޮށް އަދި ފައިސާގެ އެހީތެރިކަން ވެސް އަމިއްލަފުޅު އިސްނެންގެވުމަށް ހަމަޖައްސައިދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ޔާމީން މިނިވަންކުރަން ގޮވާލެއްވުމަށް ކަމަށެވެ. އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ބަންދުވަންދެން، އެންމެ ފަހު ދުވަހު ވެސް ޔާމީން މިނިވަން ވެއްޖެ ނަމަ، އެ ޓިކެޓް އަނބުރާ ޔާމީނަށް ރައްދު ކުރައްވަން އެ މަނިކުފާނު ތައްޔާރަށް ހުންނެވިކަން އޭރު ޕީޕީއެމްގެ ސެނެޓުގައި ތިއްބެވި ބޭފުޅުން ހެކިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން އެ ފުރުސަތު ބަންދުކުރުމުން ގައުމުގެ ހައްގުގައި އަދި ޔާމީން މިނިވަންކުރުމަށް ޕީޕީއެމަށް ވެރިކަން ހޯދަން ޖެހޭނެ ކަމަށް ޕާޓީގެ ލީޑަޝިޕަށް ފެންނާތީ، އެ އިންތިހާބުގައި ވާދަކުރެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު، ޔާމީން ޖަލުން ގެއަށް ބަދަލުކުރި ދުވަހު ވެސް ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ޔާމީނާ ބައްދަލުވާނެ ފުރުސަތު ވެސް، ސަރުކާރަށް ދަންނަވައިގެން ފަހިކޮށްދެއްވީ ހުދު އެ މަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި މަސައްކަތްޕުޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރޯދަމަހަށް [ޔާމީން] ގެއަށް ގެނެސްދިނުމަށް، ދަރިފުޅުގެ އޯލެވެލް ކައިރިވަމުން އަންނާތީ، އޯލެވެލް އަށް އެޓްލީސްޓް ގެއަށް ގެނެސްދިނުމަށް އާދޭސްކޮށް، ތަކުރާރުކޮށް މެސެޖުކޮށް ހެދިން. އަދި ބާރު ހުރި ވަޒީރުންނަށް ވެސް މެސެޖުކޮށް ހެދިން."--- ރައީސް މުއިއްޒު

"ގައިމުވެސް އަޅުގަނޑުގެ ހިތްނިޔަތް ސާފު، އަމަލީ ގޮތުން. ބަހާއި އަމަލާއި ނިޔަތާ ހުރިހާ އެއްޗެއް އޮތީ އެމަނިކުފާނު [ޔާމީން] މިނިވަންކުރުމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ށ. މިލަންދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި އޭރުގެ އިންތިހާބީ ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ފަހުން ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ޔާމީން ތުހުމަތުކުރައްވާފައިވާ ގޮތުގައި، އެ މަނިކުފާނަށް ޖާސޫސް ކުރެއްވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ރައީސް މުއިއްޒަށް ފައިސާތަކެއް ލިބިވަޑައިގެންނެވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވެސް ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވި އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ދުވަހަކު ވެސް މީހަކަށް ޖާސޫސް ނުކުރައްވާ ކަމަށެވެ. އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި އަދީބު ވެސް އަދި އެހެން މީހެއްގެ ފަރާތުން ވެސް ފައިސާ ލިބިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެންމެ ފަހުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އަދީބާ ބައްދަލުކުރެއްވި ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވި އެވެ.

ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި، އަދީބަކީ އެއްވެސް އިރެއްގައި އެ މަނިކުފާނާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއް ނޫނެވެ. އަދި ދުވަހަކު ވެސް އަދީބާ ވަކިން ބައްދަލުކުރައްވާފައި ވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ. ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވާލި ހާދިސާއަށް ފަހު އަދީބާ އަދި ދުވަހަކު ވެސް ދިމާނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޔާމީންގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން އެ ކަހަލަ ދޮގު މައުލޫމާތު ޔާމީނަށް ދެއްވަނީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ހައިރާންވޭ އެމަނިކުފާނު [ޔާމީން] އެފަދަ ވާހަކަތައް ގަބޫލުކުރައްވާތީ،" ރައީސް ވިދާޅުވި އެވެ.

ޔާމީނަށް ޖާސޫސް ކުރުމުގެ ބޭނުމުގައި އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ، އަޑުފެތުރީ ސިފައިންގޭގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި އެސްޕީޖީގެ ވެސް ކޮމާންޑަރަކަށް އެ ދުވަސްވަރު ހުންނެވި އަހުމަދު ފަޔާޒު (ޕާޕާ) އެވެ.

ޔާމީންގެ ޕީއެންއެފުން ދާދި ފަހުން ބޭއްވި އެ ބައްދަލުވުމުގައި ފަޔާޒު ހުށަހެޅި ޕްރެޒެންޓޭޝަންގައި ރައީސް މުއިއްޒާއި އަދީބާ ގުޅުވައިގެން ކުރި ތުހުމަތު ރައީސް މުއިއްޒު ކުރިން ވެސް ދޮގުކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން ކަމަށް ބުނެ، މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީން ނެރުނު ލިސްޓުގައި ވެސް އެ މަނިކުފާނުގެ ނަންފުޅު ނެތް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ބާރު އޮތް ދުވަސްވަރު ނެރުނު ލިސްޓެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެކި ގޮތްގޮތަށް ބަދަލުކުރިޔަސް އަޅުގަނޑުގެ ނަމެއް ނެތެއް ނޫންތޯ އެއަކު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޕީއެންއެފްގެ ބައްދަލުވުމުގައި ދެއްކި ރިޕޯޓު ފުލުހުން މެދުވެރިކޮށް ބެއްލެވި ކަމަށާއި އެއީ "ފޭކް ފޯޖު" އެއްޗެއް ކަމަށެވެ.

ރައީސް މުއިއްޒާއި އަދީބާ ގުޅުވައިގެން ވާހަކަތައް ފެތުރި ފަޔާޒުގެ ވަނީ "ފިނިފެންމާ" ލޯންޗުގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވާލި މައްސަލާގައި ހެކި ނައްތާލަން އުޅުނުކަން ސާބިތުވެ، ދެ އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކޮށްފަ އެވެ.

ކުރިން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައި ހުންނެވި ފަޔާޒު ޖަލަށް ލާން ހުކުމް ކުރީ ޖޫން 2016 ގަ އެވެ. އޭނާ އަށް ދައުވާކުރީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާ ހިނގުމުން އެ މައްސަލަ ތަހުގީގު ކުރުމަށް ލޯންޗަށް އަރަން ދިޔަ ފުލުހުންނަށް ފަޔާޒުގެ އަމުރަށް ސިފައިން ހުރަސް އެޅި ކަމަށް ބުނެ އެވެ.

37 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާހަގަ

01 September 2024

މިރާއްޖޭގަ ގިނަ ދިވެހިން ބޭނުންވާ ކަހަލަ ކިތައްމެ ކަމެއް ޑރ މުއިއްޒުގެ ފަރާތުން އެބަ ފެނޭ. ޔާމީން ނަސީދު އަދި ސާލިހުގެ ނެތް އެތައް ކަމެއް. އަޅާނުލާ ދޫކޮއްލާފައިވާ އެތައް ކަމެއް. ގާނޫނު ތަންފީޒުކުރުމަށް ކުރާ މަސައްކަތް. ޔާމީން އާއި ނަސީދު ދުރާލާ ކޮންމެ އެއްޗެއް ކިޔައިގެން ރައްޔިތުން އަބަދަކު ނުހެއްދޭނެ. މިއީ އެހެން ރާއްޖެއެއް މީހުން ހޭއަރާފި މިހާރު

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

01 September 2024

މި ހިނގަމުން މިދާ 5 އަހަރުގެ ދައުރު ނިމިގެން ދާނީ ޔާމީނު ޓީމާއި މުއިޒުގެ ޓީމު އެއް ބަޔަކު އެނެއް ބަޔަކު ފަލީހަތްކޮށް ބޭޒާރު ކުރުމުގައި ވަގުތު ދުއްވާލައިގެން. އަޅެ ނިކަން މުއިޒިގެ ޓީމުން ރައްޔިތުންނަށް ފައިދާ އާއި މަންފާ ހުރި ވާހަކަތަކެއް ތިޔަ ޖަގަހައިގައި ތިބެގެން ދައްކަބަލަ. ޔާމީނަކީ މިހާރު ސިޔާސީ ގޮތުން ނިކަމެއްޗެއް، މިހާރު އާރެއް ބާރެއް، ހުރިމީހެއް ނުން. ޔާމީނު އުފެއްދި ސިޔާސީ މީހުންތައް އެތިބީ މުއިޒު ފަޅީގައި.

The name is already taken The name is available. Register?

ސުންބުލް

01 September 2024

ޔާމީނުގެ ސިޔާސަތު ހިފައިގެން ވެރިކަމަށް އައިމީހުން މިއުޅެނީ ޔާމީނަށް ވަގަށް ގޮވުމުގައި އަވަދިނެތި. އެހެން ނޫންތޯ؟

The name is already taken The name is available. Register?

ބުޝްރާާ

01 September 2024

ރައީސް މުއިއްޒަކީ މިދިޔަ ސަރުކާރުގައި ރައީސް ޔާމިން ޖަލުގައި އޮތްއިރު އެންމެ އެކްޓިވްކޮށް ރައީސް ޔާމިން މިނިވަންކުރުމަށް މަސައްކަތްކުރެއްވި އެކަކު. ރައީސް މުއިއްޒު މޭޔަރ ކަމަށް ނުކުތީ ވެސް ރައީސް ޔާމިންގެ އިރުޝާދާއެކު. އަދި ރައީސް ޔާމިނަށް ކެޑިޑަސީ ނުލިބޭނެކަން ކަށަވަރުކުރުމަށް އެންމެ ފަހު ސިކުންތާހަމަޔަށްވެސް ހުންނެވި. މިޔަދު އެކަންކަން ދޮގުކުރިޔަސް ހެކިވާނެ އެތަށްބަޔަކުވާނެ. ރައީސް މުއިއްޒު ކުރިޔަށް ވަޑައިގަންނަވާނީ ވަރަށް ހިތްތިރިކޮށް.

The name is already taken The name is available. Register?

މިންހާޖްް

01 September 2024

އަޅުގަނޑު އަދި ނުދެކެން ރައީސް މުއިއްޒުހާ ކެތްތެރި ބޭފުޅެއް. ރައީސް މުއިއްޒުގެ ހިއްވަރަށް ހަމަ ސާބަސް.

The name is already taken The name is available. Register?

ސަމަދްް

01 September 2024

ޔާމިން މިޔަދު ވެރިކަމަށް ނާދެވުން އެއީ މުއިއްޒު ކުރެއްވި ކަމެއް ނުވަތަ ރޭއްވި ކަމެއްވެސް ނޫން. އަޅުގަނޑަށް ހަމަ ނުވިސްނޭ ޔާމިން މިހަސަދަވެރިކަމުން ހޯއްދަވަންބޭނުންފުޅުވާ މަންފާއަކީ ކޮބާ ކަމެއް.

The name is already taken The name is available. Register?

ލުފްޝާން

01 September 2024

އަބްދުލްރަހީމް އަކީ ހަމަ ހަގީގަތުގަވެސް ޔާމީން އަށް ވަރަށް އިހުލާސްތެރި މީހެއް. އޭނަ އެކަން ގަބޫލު ނުކުރަނީތާ. މިއަދު މުއިއްޒު އާ ޖައްސާލައިގެން އެއުޅެނީ މުއިއްޒު އަކީ އޭނަގެ ކެބިނެޓްގެ ވަޒީރަކަށް ވީމަ، އެވަރުގެ މީހެއްހަކަށް ވެރިކަން ލިބުނީމަ ހަޖަމް ނުވަނީ ހަމަ

The name is already taken The name is available. Register?

ނައުޝޫދް

01 September 2024

ޔާމީން މިނިވަން ކުރަން ވެގެން މަގުމައްޗައް ނުކުތް މަދު މީހުންގެ ތެރެއިން މުއިއްޒުވާނެ ހަމަ ޔަގީނުންވެސް އެކަކަށް. ޔާމީންވެސް ބޮޑާހާކަނީ ދެން ތަންކޮޅެއް ބޮޑަށް ވިއްޔާ

The name is already taken The name is available. Register?

ރިމާހް

01 September 2024

މުއިއްޒު ކުރީ އިހުލާސްތެރި މަސައްކަތެއް ޔާމީން މިނިވަން ކުރަންވެގެން. އެކަން ބަލައިނުގަތުން އެއީ ޔާމީންގެ ޔަހޫދީކަން.

The name is already taken The name is available. Register?

މިމްހާދް

01 September 2024

ޖަމީލް ޔާމީން އާ ދޭތެރޭ އެހާ ރަނގަޅަށް އަމަލު ކުރީމަވެސް ލިބުނީ ތެޔޮ ހަމެއް. އަދިވެސް ހަމަ އެވަރެއް ނެތިވެގެން އޭނަ އުޅެނީ. ދެންވެސް ޔާމީން ހަދާނީ އެހެން

The name is already taken The name is available. Register?

ސުފްޔާން

01 September 2024

ޔާމީން އާ މެދު އަބަދުވެސް މީހުން ޖެހޭނީ ހިތްނިޔަތް ސާފުކޮށްގެން ހުންނަން.، އޭނަ ހެޔޮ މީހުންނަށް ކޮންމެ ގޮތެއް ހެދިޔަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454