ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ސެޕްޓެމްބަރ 2024 - 14:02
ކުދިން ހެދިބޮޑުވާއިރު އަނިޔާ އިން އެއްކިބާވެފައިވާ މާހައުލެއް އެ ކުދިންނަށް ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ޖަލްސާގައި އެ ކަމަނާ ވިދާޅުވީ، ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ގައުމީ ފްލޭން އިފްތިތާހު ކުރީ އެ ބޭނުމުގައި ކަމަށެވެ.
ކޮންމެ ކުޑަކުއްޖަކީ އަނިޔާ އިން ސަލާމަތް ވެފައިވާ ކުއްޖަކަށް ހެދުމާ އެކު ރައްކާތެރި، އަމާން ވެއްޓެއްގައި ހެދިބޮޑުވާ ކުއްޖަކަށް ހެދުމަށް އެކްޝަން ޕްލޭނުގައި ހިމެނޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވީ ކުޑަކުދިންނަކީ މުޖުތަމައުގެ ހިތުގެ ވިންދު ކަމަށް ވިޔަސް އެއީ އެންމެ ފަސޭހައިން އަނިޔާ އަށް ހުށަހެޅިފައިވާ ކުދިން ކަމަށެވެ. އެހެންވެ، އެ ކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މުޖުތަމައުގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ [ކޮންމެ ކުއްޖަކަށް އާއިލާއެއް] މި ޝިއާރުން ދައްކުވައި ދެނީ އަޅުގަނޑުމެން ކޮންމެ ކުއްޖަކަށް އޯގާތެރިކަމާއި އަޅާލުން ދޭނެ އާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރާ މަސައްކަތް،" ހޮޓެލް ޖެންގައި ބޭއްވި އެ ޖަލްސާގައި ސާޖިދާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް މެނިފެސްޓޯގައި ހިމަނާފައި ވިޔަސް އެ ވަރަކުން އަދި ނުފުދެ އެވެ. އެކަން ހާސިލުކުުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
"ކުދިންނަށް ކުރާ އަނިޔާ އަށް އަވަސް ފިޔަވަޅުތަކެއް އެޅެން ޖެހޭ. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭނާ އެކު އަޅުގަނޑުމެން މިއަދު މި އަޅަނީ މިކަން ހުއްޓުވަން ފިޔަވަޅެއް. މި ޕްލޭންގައި ޕޮލިސީއަކަށް ވުރެ ބޮޑަށް، މަގު ޗާޓެއް އެކުލެވޭ އަދި މިފަދަ ކަންކަމަށް އެޓެންޑު ވާނެ ގޮތާއި އެ ކުދިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ގޮތް ހިމެނިފައިވޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނީ އެންމެން ގުޅިގެން ކަމަށާއި އެކަމަށް ހޭލުންތެރިކުރުމަށް ވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. އަނިޔާ ލިބިފައިވާ ކުދިންނަށް ބޭނުންވަނީ ހަމައެކަނި ރައްކާތެރިކަން ނޫން ކަމަށާއި ނަފްސާނީ އުނދަގޫތަކުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިހާދު ކަރީމް
04 September 2024
މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. މި ސަރުކާރުން ކަމަނާގެ ފިރިމީހާ މިނަން ކަށަވަރު ކުރާނެ ކަން ޔަގީން
އާސިމް ރިޒާ
04 September 2024
ޝުކުރިއްޔާ މެޑަމް. އުފާވެެރި ހަބަރެއް ތިދިނީ
ގެދާނޯމޮސް
03 September 2024
މައިން ދަރިންނަށް ކުރާ އަނިޔާ އެއީ އަނިޔާ އެއް ކަމަށް ކަމަނާގެ މިނިސްޓަރަށް އެނގިވަޑައިނުގެން ހިމެއިނުން ހުންނަވާކަން އެނގިލައްވާނަމަ މިހެޑިން އަޅަން ނުޖެހުނީއްސެވެ. މަައިންގެ ފުށުން އެތަށްހާސް ދަރިންނަކަށް މިރާއްޖޭގައި ގެވެށި އަނިޔާ އެބަލިބެއެވެ. ނިކަން ހިތްވަރެއް ހުރިއްޔާ ހަމައެކަނި ބަފައިންގެ ބަސްވިކޭ ޚާއްސަ މިނިސްޓްރީ އެއް ހަދާބަލާށެވެ. އޭރުން ދައުލަތުން ޖެންޑާއަށް ކުރާ ބޭކާރު ޚަރަދު ފަޅާއަރާނެތެވެ.
މާހިދުު
04 September 2024
ތިކަން ކުރީމަ ގޮވާނެ ބޭކާރު މިނިސްޓްރީ ތައް ހުޅޫވާފަ ދައުލަތުގެ ހަރަދު ގިނަ ކުރަން ވަޒީފާ އުފައްދަނީ އޭ. ނޯވެ އެއްނު ސަލާމަތެއް
އެމްސް
03 September 2024
އެންމެބޮޑު އަނިޔާއަކީ އަމިއްލަ ތަންތަނުގައި ދުވާލަކު 14 ގަޑިއިރު މަސައްކަތްކުރަން ޖެހުމާއި، އެވަރުންވެސް ދެކޮޅުޖެހޭވަރުގެ އާމްދަނީއެއް ނުލިބުމެވެ!
ދޮންބެއްޔާގެހަސަނު
04 September 2024
ކިކޭ ތިކިޔަނީ އަޅެ. އަމިއްލަ ތަނެއް ނަމަ އަމިއްލަ މީހާއަށް ބޭނުން އިރަކު ހަމަ މަސައްކަތް ކުރަންވީދޯ. ދުވާލަކު 24 ގަޑިއިރު ވެސް އެމީހެއްގެ އަމިއްލަ ތަންތާ މަސައްކަތް ކުރާ މީހުން އުޅޭ.
ޒީނާ ހަލީލްް
03 September 2024
އަޅުގަނޑުގެ އުންމީދަކީ މި ހެދިގެންދިޔަ އެކްޝަން ޕްލޭނާ އެއްގޮތަށް ކަންކަން ކުރިޔަށް ދާނެކަމަށް. ޒަމާންތަކެއް ވަންދެން ސަރުކާރުތަކުން ވަމުން ދިޔަ އިހުމާލުތަށް ހުއްޓުމަކަށް މިކަމުގެ ސަބަބުން އަންނާނެ ކަމަށް.
ތަސްލީމާާ
03 September 2024
ގައުމެއްގެ ހުރިހާވެސް އުންމީދަކީ އެގައުމެއްގެ ކުޑަކުދިން. އެކުދިންނަށް ރައްކާތެރި މާހައުލެއް ބިނާކުރެވިއްޖެނަމަ މި ގައުމުގެ ކުރިމަގު ވަރަށް އުޖާލާވާނެ. ގިނަ މަސައްކަތްތަކެއް އެކުދިން ރައްކާތެރިކުރުމަށް މި ސަރުކާޜުން ކުރާތީ އެކަމާ ނުހަނު އުފާކުރަން އަދި ޝުކުރު ދަންނަވަން.
އަލްސަންް
03 September 2024
ފަސްޓްލޭޑީގެ ވާހަކަތަކުން ވަރަށް އުންމީދު އާވެއްޖެ. ތި ކުރައްވާ މިންނެތް މަސައްކަތް ކާޟިޔާބުވާނެ.
ގަފޫރްް
03 September 2024
ކުރީގެ ސަރުކާރުތަކުން މިފަދަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ. މިދިޔަ ސަރުކާޜުގަ އެކަނިވެސް އެކި ކަންކަމާހުރެ 3 ފަހަރު މަތިން ޖެންޑަރ މިނިސްޓަރ ވަކިކުރި،
ފަޒީލާާ
03 September 2024
މިސަރުކާރަކީ ކުޑަކުދިންގެ ހައްޤުތަށް ހިމާޔަތްކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރާނެ ސަރުކާރެއްކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.
ކިރުސައި
03 September 2024
ކޮން ހަސިއްޔަތަކުންތޯ ތިވައުދު ވަނީ؟