ޚަބަރު / ސިވިލް ކޯޓް

ފަސްޓް ލޭޑީ ސާޖިދާ އެދިވަޑައިގަތީ އަޑުއެހުންތައް ލައިވްކުރަން، ކޯޓުން ނިންމީ ސިއްރުކުރަން

ފަސްޓް ލޭޑީ ސާޖިދާ: ސާޖިދާ ހުށަހެޅުއްވި އަބުރުގެ ދައުވާގެ ޝަރީއަތް ސިއްރު ކުރަން ކޯޓުން ވަނީ ނިންމާފައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާގެ ޝަރީއަތް ލައިވް ކޮށްދޭން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި ނަމަވެސް، އެކަން ނުކުރަން ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ވޭޕް މަނާކުރުމާއި ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓް ލޭޑީ ސާޖިދާ ވަނީ އަބުރުގެ ދައުވާ ކުރައްވައިފަ އެވެ.

މައްސަލައިގެ ޝަރީއަތްތައް ފަށާފައިވާއިރު، ސާޖިދާގެ ފަރާތުން އިޖުރާއީ ދެ ހުށަހެޅުމެއް ޝަރީއަތަށް ހުށަހަޅާފައިވެ އެވެ. އެއީ އެމްޑީޕީ އާއި ފައްޔާޒު އަދި މަންދީ އަށް ކުރާ ދައުވާތަކުގެ ޝަރީއަތް އެކުގައި ކުރިއަށް ގެންދިޔުމަށާއި މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ޓީވީން ލައިވްކޮށް ދެއްކުމަށެވެ.

އަޑުއެހުންތައް ލައިވްކުރަން ފަސްޓް ލޭޑީ ސާޖިދާގެ ފަރާތްޕުޅުން އެދިވަޑައިގަތީ ޝަރީއަތުގައި ހިންގާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް، ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ނިންމެވީ އަޑުއެހުންތައް ލައިވް ކުރުމުގެ ބަދަލުގައި އަޑުއެހުންތައް އާންމުކޮށް ހުޅުވާ ނުލައި ސިއްރު ކުރާށެވެ. ކޯޓުގެ ނިންމުމުގައި ބުނީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތް ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުން، އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރާނެ ކަމަށެވެ.

"އާންމުކޮށް ބްރޯޑްކާސްޓް ކޮށްގެން މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުން ވެގެންދާނީ ކުއްޖާގެ މަސްލަހަތަށް އިސްކަން ދެވިގެން ނިންމޭ ނިންމުމެއް ކަމަށް ނުދެކޭތީ އާއި މައްސަލަ އާންމުކޮށް ބްރޯޑްކާސްޓްކޮށްފި ކަމުގައިވާ ނަމަ، ކުރިމަގުގައި ކުއްޖާ ތަހައްމަލު ކުރަން ޖެހުމުގެ އިހްތިމާލު އޮތް ނަފްސާނީ ގިނަ ކަންތައްތަކަކުން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި...،" ގާޒީގެ ނިންމުމުގައިވެ އެވެ.

ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފުސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.

އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން، ރައީސްގެ އާއިލާގެ ވަކީލުން ބުނެފައިވާ ގޮތުގައި، އެމްޑީޕީގެ މައްޗަށް ދައުވާ ކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ކަމަށް ވެފައި، އެކަން ހުއްޓުވުމަށް އެ ޕާޓީން މަސައްކަތް ކޮށްފައި ނުވާތީ އެވެ. އަދި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެ ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވި ކަަމަށް ބުނެ އެވެ.

މަންދީގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެމްޑީޕީން ވަނީ ކުއްޖާގެ ނަން ހާމަކޮށް، ކަރާމާތް ނަގާލީ އާއިލާ އާއި ވަކީލް ކަމަށް ބުނެ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ.

1 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ވާންޗޯ

09 May 2025

‫އެމްޑީޕީ ދެން ވެރިކަމެއް ނުކުރާނެއް ރާއްޖެ ގަ އެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454