ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ތަންފީޒީ އިދާރާތަކާ ގުޅިގެން އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި.- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ސެޕްޓެމްބަރ 2024 - 23:35
މަގުތަކުގައި ނުރައްކާތެރި ދުއްވާ އުޅަނދުތަކުގެ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ. އެ ކާރު ދުއްވަން އިން ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް މިއަދު ވަނީ އަންގަވައިފަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ރައީސް ދެއްވި އިރުޝާދާ އެއްގޮތަށް، މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިދާރާތަކާ ގުޅިގެން މިނިސްޓްރީން އަޅާނެ ކަމަށެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލޭގަ ހިނގާދިޔަ އެސިޑެންޓްގައި މި ދުނިޔެ ދޫކުރި ޒުވާނާ ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން.
— Mohamed Ameen (@ameen3d) September 6, 2024
ރައީސް @MMuizzu ދެއްވި އިރުޝާދާ އެއްގޮތަށް، މަގުތަކަކީ ރައްކާތެރި އަމާން…
އަދި ޓްރެފިކް ގަވާއިދުތަކާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އަމީން ދެއްވި އެވެ.
އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހަށެވެ. ލ. އިސްދޫ، ބީޗްހައުސް ސަމާހު ނިޔާވީ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ބޮޑުކަމުންނެވެ. އެނގިފައިވާ ގޮތުގައި ސަމާހު ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުންނެވެ.
ހަފްތާ ބަންދުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތައް އާންމުންނަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. މީގެ ކުރިން ވެސް ވަނީ ރޭގެ އެކްސިޑެންޓު ހިނގި ހިސާބުގައި، ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކު މަރުވެފަ އެވެ.
އަދި ހުޅުމާލެ 2 ގައި މިދިޔަ މަހު ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންހުސޭނު
07 September 2024
ނުވާނެ! ޓްރާންސްޕޯޓަކީ ކަންކަން ކުރަން ބުނެ އަންގާ ބައެއް. ހުރިހާ ކަމެއް ބަލަހައްޓަން ތިބީ ފުލުހުން. އެމީހުންނަކަށް ނުވާނެ. އެންމެ ދިގުވިޔަސް 3 ހަފުތާ ތެރޭ ފުލުހުން ތިކަމެއް ހަނދާނެއް އަމުދުން ނުވެސް ހުންނާނެ. މަގުމަތީ ހާދިސާތައް މުޅިންވެސް ޖެހޭނީ ރިޕޯޓުކުރަން. އަމިއްލައަށް ފެނިގެން މިވީހާތާކަށް ބޮޑުކަމެއް ހިންގާފައެއްނެތް. މަގުމަތިން ކުދިންގެ ސައިކަލު ހުއްޓުވާ! މަގުގަ ކޯނުޖަހާ. އެއީ ކުރާހާވެސް ކަމަކީ
އޭކު ސަވާލް
07 September 2024
ކޮން ފިޔަވަޅެއްތޯ އަޅާނީ؟
ޑރ ވާންޗޯ
07 September 2024
ބޭފުޅާ ކޮބާތޯ ހއ އަށާ ފުނަދުއަށް ތޯއްޗެ ރެޖިސްޓްރީކޮށްގެން ހުޅުމާލޭގަ ދުންޖަހާ ކާރުތައް.. މައިތިރިކުރަން ކުރިންވެސް ވިދާޅުވެފަ ހުޅުމާލެއަށް ރެޖިސްޓްރީ ބަދަލުކޮށްދީފަ ޕާކުކުރަން ބިންވެސްދިނީދެއްތޯ. މިދުވަސްވެސް ނިމޭނީ ހަމަ އެކަހަލަ ޖަމަލު ފޮޑިއަކުން.
ޑރ ވާންޗޯ
07 September 2024
މިއަދުވަރަށް ފުއްޕާފަ ބުނާނެ ފިޔަވަޅުއަޅާނަން. އެނިމުނީ، ދެމަހެއް ފަހުންވެސް އެޅުނުފިޔަވަޅެއް ނެތިގެން ރިޕޯޓަރަކު އަހާލިޔަސް އިންނާނެ ބުނާނެއެެއްޗެއް ނޭނގިފަ ވައިގޮސްފަހުރި ފުއްޕާހަމަކަށް ބަދަލުވެފަ.
ތަކަނޭ އޭ
07 September 2024
އަޅާނަން ކުރާން، މިނޫން އެއްޗެއްނުފެނޭ، އަމަލު ވަރަށްދައްކޮށްމިދަނީ
އޮޑިހަނު
07 September 2024
ތިހެންނުއުޅޭ! އަނެއްކާ އޮޑިވެރިއަކު ކަންފަތްމައްޗަށް އަތްދޮވެލަފާނެ.
މޫސާކުއްދާ
07 September 2024
ހަމަ ބުނެލަންއޮތީ މި ސަރުކާރުން އަދި މިހާތަނަށް ކަންކަން ކުރަމުން ގެންގޮސްފައިވަނީ މުޅިންވެސް އަނގައިން.
ދޮންބޭ
07 September 2024
ގަރާޖް ހަދާފަ، ޓޯ ކޮށްފަ... ވަގުތެއް އަދި ނުވެގެން މިއުޅެނީ
ބަބްސް
07 September 2024
މިއީ އާކަމެއް ނޫން. އަދިކިއެއްތަ މިއީކީ ކުރީ ސަރުކާރުތަކުގައިވެސް ރަށްޔިތުން ތާއަބަދު ދައްކަމުން އަންނަ ވާހަކައެއް. މައުސޫމު މީހެއްގެ ފުރާނަ ދާކޮއްމެ ފަހަރަކު ނޫސްތަކުގެ ހެޑްލައިންތަކުގައި މިއޮންނަނީ " ކުރާނަން ، ހަދާނަން ، އަޅާނަން ... " ... މިއީ ރަށްޔިތުން އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ނޫން.
ހޮޓްކިންގ
07 September 2024
އެހެން ނޫންތަވާނީ ރައީސް ދުރުވިސްނުންފުޅާ ޙިކުމަތު އަމަލީ ތަންފީޒުކުރަން ތިބޭ މީހުންވީމާ.