މޯލްޑިވްސް އިމިގްރޭޝަން ބެޖު: ވަޓްސްއެޕް މެދުވެރިކޮށް އިމިގްރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާ މައްސަލަ ވަނީ ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 ސެޕްޓެމްބަރ 2024 - 10:55
މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ވަޓްސްއެޕުން އޮޅުވާލައިގެން ވީޑިއޯ ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވާން އެދެފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރަކުން ދަނީ އެ އިދާރާގެ ނަމުގައި އޮޅުވާލައިގެން ވީޑިއޯ ކޯލްތަކެއް ކުރަމުން ކަމަށެވެ. އެ ވީޑިއޯ ކޯލްތަކުގައި ތިބެނީ އިމިގްރޭޝަންގެ ޔުނިފޯމާ ވައްތަރު ޔުނިފޯމެއްގައި ތިބޭ ބަޔަކު ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
"ވީމާ، މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން ދެން. އަދި މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން،" އިމިގްރޭޝަނުން ބުންޏެވެ.
އެ ނަންބަރުތަކުން އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން މިހާރު އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި އިމިގްރޭޝަނުން މިހާތަނަށް ވަނީ 3،000 އަށް ވުރެ ގިނަ ބިދޭސީން ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
09 September 2024
ކަލޭމެންގެ މީހުން ގުއިކޯޓުވީމަ ރާގު ބަދަލުކޮށްލީ ދޯ؟