ޒަހަމްތަކާ އެކު އޮތް މީހާ ގެސްޓްހައުސްއިން ނެރެގެން ގެންދަނީ: އެ މީހާއަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުން
09 ސެޕްޓެމްބަރ 2024 - 13:41
މާލޭގެ ގެސްޓް ހައުސްއެއްގައި ޒަހަމްތަކަކާއެކު އޮއްވާ ފެނުނު މީހާއަށް އަނިޔާ ކޮށްފައި ހުރި ކަމަށް ފުލުހުން ބުނެފި އެވެ.
ގެސްޓް ހައުސްއެއްގައި އުޅޭ ދިވެހި ފިރިހެނެއްގެ ހަބަރެއް ނުވެގެން އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު ޒަހަމްވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު އެވެ. އެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ މީހާއަށް ބަޔަކު އަނިޔާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ގެސްޓްހައުސްއިން އެ މީހާ ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި އެވެ. އެ ވީޑިއޯގައި، ސްޓްރެޗާއެއްގައި އޭނާ ނެރޭއިރު ފެންނަނީ އެ މީހާގެ މޫނު އެކަންޏެވެ. އަދި ގައިގައި ފޮތިގަނޑެއް އަޅާފައި އޮތްއިރު އޭނާގެ މޫނު ވަރަށް ބޮޑަށް ދުޅަވެފައިވެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ތަނުގައި ފުލުހުންގެ ތަހުގީގު ޓީމު މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިމީހާ
09 September 2024
މި މީހާގެ އަޕްޑޭޓަކީ ކޮބައިތޯ މިހާރު. ވަނަވަރެއްވެސް ނޭނގޭތޯ؟
ގޮއް
09 September 2024
ނޫސްވެރިން އެމީހާގެ ގައިމަތިން ފޮތިގަނޑު ނަގާފަ ފޮޓޯ ނެގި ނަމައެންނު ނޫސްވެރިކަން ކުރެވުނު ކަމަށްވާނީ.
އޮނަރަބްލް ގަމާރުއްދީން
09 September 2024
ގެސްޓުހައުސްތަކުގަ އުޅެނީ ޑްރަގް ވިއްކާ މީހުންތަ، އެހެންވެއްޖެއްޔާ ބަޔަކު އަނިޔާކޮއްފާނެ.
މަބޫޔ
09 September 2024
މިހާރު ދެން ފެންނަ ހުރިހާ މަންޒަރެއް ފޮޓޯ ވީޑިއޯ ނަގާފަ ވީހާވެސް އަވަހަކަށް ސޯޝަލް މީޑިއާއަށް. ޕްރައިވެސީ އާއި މީހެއްގެ އަބުރަށް ބެލުމެއް ނެތް. ދެރަ ކަމެއް
މިހާލު
09 September 2024
ކޮއްކޯ ތަހުގީގު ޓީމް ހަރަކާތްތެރިވުން ފިޔަވާ އިތުރު ހަރާކާތެއް ޕޮލިސްގަ ނެތެވެ.
ސާޖި222
09 September 2024
ހަރަކާތް ކޮށްލީމަ ނިމުނީ ވާ ކަަމެއް ނޯންނާނެ. ދަށްފަންތީގެ މީހެއް ވެއްޖެއްޔާ އެމީހަކަށް ހޭއަރުވާލާނެ ބާރު ދައްކާލާނެ. ކަމަކާ ޖެހުނީމަ ހަމަ ހަނު ތިބޭނީ... މި އޮތީވާ ޤައުމެއް.