ގެސްޓް ހައުސް މާރާމާރިއާ ގުޅިގެން ހައްޔަރުކުރި ދެމީހުން.
12 ސެޕްޓެމްބަރ 2024 - 14:07
ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮއްވައި މާލޭގެ ގެސްޓް ހައުސަކުން މިދިޔަ ހޯމަ ދުވަހު ފެނުނު މީހާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އަހްމަދު މާޒިން އިބްރާހިމް، 23، މއ. ވޮއްކޮޅުގެއާގެ، މާލެ އާއި ފައުޒާން ޒަރީރު، 23، ފެރިސް، ކ. ތުލުސްދު އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ، ޒަހަމްތަކަކާ އެކު އޮއްވައި ފެނުނު މީހާއާ މެދުގައި މާރާމާރި ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، ގެސްޓް ހައުސްއެއްގައި އުޅޭ ދިވެހި ފިރިހެނެއްގެ ހަބަރެއް ނުވެގެން އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު ފެނުނީ ޒަހަމްކޮށްލާފައި އޮއްވަ އެވެ. އެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނެވެ.
ސްޓްރެޗާއަކަށް އަރުވައިގެން އެ މީހާ ގެސްޓް ހައުސް އިން ނެރެގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އޭނާގެ މޫނު އޮތީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
12 September 2024
ޒުވާނުންގެ ތެރޭގައި އެބަތިބި ހުނަރުވެރި ފަންނީ ކުދިން ސަރުކާރުން އެބަޖެހޭ ޒުވާނުންގެ ތެރެއިން ފަންނީ ހުނަރު ހުންނަ ކުދިންނަށް ހާއްސަކޮށްގެން ވޯކްޝޮޕް ތަކެއް ކުރިއަށް ގެންދަން އެކި އެކި ފަންނީ ޒުވާނުން ރަޖިސްޓަރީ ވާން ސަރުކާރުން ޒުވާނުންނަށް ދަފްތަރެއް ގާއިމުކޮއް ދެއްވާ، ޒުވާނުންވެސް ބޭނުންވާނެ ރަނގަޅު ދިރިއުޅުމެއް ޒުވާނުންގެ އަޑު އައްސަވާ ސަރުކާރުން އެއްވެސް ޒުވާނަކު ބާކީ ނުކޮށް ވޯކްޝޮޕް ހުނަރުގެ ނަމުގައި ޒުވާނުން ބައިވެރި ކުރުވާ ކުރިޔަށް ގެންދޭ
ފަހި
12 September 2024
ނޫސްތަކުގާ މީހާގެ ވަނަވަރު ލިޔާއިރު އޮޅުންފިލުވަންޖެހޭ މަޢުލޫމާތު އިތުރު ކޮށްލަންޖެހޭ! ފައުޒާން ޒަރީރަކީ ދ.ރިބުދޫއިން ތުލުސްދޫއަށް ހިޖުރަކުރި މީހެއްކަން މައުލޫމާތައްޓަކާއި ދަންނަވާލަން.
ނުޖެހޭ
13 September 2024
އޭނަގެ މިހާރުގެ ދާއިމީ އެޑްރެސް އަކީ ތުލުސްދޫ. އޭނައަކީ މިހާރު ތުލުސްދޫ މީހެއް. ނުޖެހޭ ތަފާތު ކުރާކަށް. އޭނަ ކުށްކުރަނީ ރަށް ބަލައިގެނެއް ނޫން. އަދި އޭނައަށް އަދަބު ދޭނީވެސް ރަށް ބަލައިގެނެއް ނޫން. ތުލުސްދޫ މީހެއް ނޫން ވީމަ އޭނަ ކުރި ކުށް ބޮޑުވަނީ އެއް ނުވަތަ ކުޑަ ވަނީ އެއް ވެސް ނޫން. ތިހެން ޖަހަންޏާ މާލޭއޭ މިލިޔާ އެންމެންނަކީ މާލޭ މީހުންތަ؟
ވޭސްޓެޑް
12 September 2024
ކޮންމެއަކަސް ގައުމުގެ މުސްތަގުބަލް ވަރަށް އުޖާލާ!
ފޯޅަވަހި ސަރުދާރ-0924
13 September 2024
ވަރަށޤ އުޖާލާ އެހެންވެ މިތިބެނީ ދިވެހިންގެ ރާއްޖެއަށް އައިސް ކޮނޑުހުޅު ނެއޓެންދެން އަތްޖަހާލަޖަހާލާ
ހޭލާ
12 September 2024
ރައްޔިތުންނޭ ހޭއަރާކަށް ނުވޭތޯ. ސިޔާސީ މީހުންގެ ފަހަތުން ދުވުން ހުއްޓާލާފަ ދަރިން ރަނގަޅަށް ބޮޑުކުރެވޭތޯ ބަލަންވީ. ޒުވާން ޖީލެއް ކުއްކުރުމުގައި ހަލާކުވެގެން ގޮސް މިއޮއް ނިމެނީ.
ދިވެހިން
12 September 2024
އެމީހުންގެ ފަހަތުގައި ދުވެވެނީ ސިޔާސީ ޕާޓީ އުފެދުނީމާ. ވެރިކަމަށްނއަންނަން ކުރާ މަސައްކަތުގައި ގޭންގުގެ ބާރުވެރިކަން ހޯދާތީ މިޖެންވަނީ. ދައުލަތުން ޚަރަދު ދީގެން ސިޔާސީ ޕާޓީ ހިންގަނީ ކޮން ޤައުމަކު މި ދިވެހި ޤައުމުމޫނީ. ރައްޔިތުންގެ ޓެކްސް ފައިސާ ޕާޓީ ހިންގަން ދެވިގެން ނުވާނެ
އަދޫބް
12 September 2024
ގެސްޓްހައުސް މާރާމާރީ 23އަހަރުގެ 2ޒުވާނުން..ފުލުހެއްގައިގަ ސައިކަލުން ޖައްސާ ފިލަންއުޅުނީ 23އަހަރު ޒުވާނެއް..ކޮންމެ ކުށެއްގައި ޒުވާނުން..
އަދި އެއީ ވެސް އަވަށްޓެރިން
12 September 2024
ވޮށްކޮޅުގެއާގެ އާއި ހިތްތަލަވިލާ ހުންނާނީ ކުރިމަތިން ކަހަލަ ގޮތަކަށެވެ.
އުދުހޭ
12 September 2024
ހިއުމަންޓަރިއިޓްސް ކޮމިޝަން ހޭލަން އުޅޭހެން އެބަހީވޭ.