މާލޭގެ މަގެއް ފުލުހުން ބަލަހައްޓަނީ: ތުލުސްދޫގެ ގެސްޓްހައުސްއަކުން ބަނގުރަލާއެކު ހައްޔަރުކުރި ބައެއްގެ ތެރޭގައި ފުލުހަކު ހިމެނޭ ކަމަށް ފުލުހުން ބުނި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ނޮވެމްބަރ 2025 - 11:52
ކ. ތުލުސްދޫގައި ހިންގާ ގެސްޓް ހައުސްއަކުން ބަނގުރަލާ އެކު މިދިޔަ މަހު ހަތް މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރޭގައި ފުލުހަކު ހިމެނޭ ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ނަމަވެސް ތަހުގީގު ބޭނުމަށް އެ މީހުންގެ ބަންދު އިތުރު ކުރުމާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުގެ ބަދަލުގައި ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ކަމަށެވެ.
އެހެންވެ، އެ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑުކޮށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ބެލުމަށް ފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ފުލުހުންގެ ވަޒީފާ އިން ވަކިކުރުމަށް ލަފާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ތުލުސްދޫގެ ގެސްޓް ހައުސްއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގެސްޓް ހައުސް އިން ފުލުސްމީހާ ހިމެނޭ ގޮތަށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ތިން ފިރިހެނުންނާއި 26 އަހަރުގެ އަންހެނަކާއި 23 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އެންމެންނަކީ ވެސް ދިވެހިންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކުރީ ގެސްޓް ހައުސް ބަލައިފާސްކުރި އިރު އެ މީހުން ތިބި ތަނުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ ދެ ފުޅި އާއި ތައްޓެއް ފެނުނު މައްސަލާގަ އެވެ.
އެ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު، މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
04 November 2025
ފުލުހުންގެ ތެރެ ސާފުކުރަން ފެނޭ، ހުރިހާ ކުއްތަކެއްގަ ފުލުހަކު ބައިވއެރި ވާ ވާހަކަ ނޫސް ތަކުން މީހަރަކަސް އައިސް ފެނޭ. ފުލުހުންގެ ތެރޭގައި ތިބި މިކަހަލަ ކުއްކުރާމީހުން ބަލާ ބޭރުކުރުކަށް ސަރުކާރަށް ގޮވާލަން.
raajje
03 November 2025
ފުލުހުންގެ ފެންވަރުވަރަށްދަށް ހަރުދަނާކަމެއްނުހުރޭ ޑިސިޕުލިންސުމެއް، މިހެންމިދިމާވަނީ ކުރިޔާހިލާފަށް މިހާރު ބޭސިކުޓުރޭނިންގގެ ފެންވަރުދަށްވީމަޔާ ތައުލީމީފެންވަރު ވަރަށްދަށް މީހުން ސިފައިންނާ ފުލުހުންގެތެރެއަށްވައްދާތީ، ސީރިއަސްމައްސަލައެއް، ތިމަންމަމިހުރީ ހުވާނުކޮށޭ (ހުވާކޮށްގެންހުރެ ބުހުތާންދޮގުކޯޓުގައި) ބުނާ ފެންވަރަށް ސިފައިންނާފުލުހުންގެ ފެންވަރުވަނީ ދަށްވެފެ، މިފަދަބައެއްގެމެދަށްވަދެ ގައުމުގެސިކިއުރިޓީ ފޫދުއްވާލުމަކީވެސް ފަސޭހަކަމެއް!!
raajje
03 November 2025
އަންހެންފުލުހުންނާމެދު ފިޔަވަޅުނާޅާދޫކުރާކަންފާހަގަކުރަން، މުގުރުންޖެހިމައްސަލައިގަވެސް ފިރިހެންމީހާގެބޮލުގައި މުގުރުންޖަހާ ފުނަޑާލިއިރު ހުރިހާކުށެއްކުރުމުގާ އޭނަގެބައިވެރިޔާ ސިފައިްގެވަޒީފާގަހުރީމަވަނީ ރައްކާތެރިކޮށްސިއްރުކޮށްފަ! ކުޑަކަމުދާއެއްޗެހި "ނެގެޓިވް" ތިބީގެސްޓުހައުސްއެއްގަ، ތިބިތަނުންފެންނަހާ އެއްޗަކާމިމައްސަލައިގާ ހިމެނޭމީހުން ޒިންމާވާކަށްނުޖެހޭނެދޯ، ގެސްޓުހައުސްތަކަކީ ގިނަމީހުންވަންނަތަންތަން، ތިކަމާ ގެސްޓުހައުސްއިން ޒިންމާކުރުވާ
ނަވީނު ސޯ އަށް ވެދުން
02 November 2025
ތިއީ މިރާއްޖޭގައި އޮތް އެންމެ ބޮޑު ކުރައިމް ސިންޑިކޭޓް. ހުރިހާޖަރީމާއަކާ ގުޅި ލާމެހިފަ. ނަވީނު ސޯ މެން އަޅެ ފޮޅިތަ އަޅަނީ؟
މަޖޭ
02 November 2025
މެންބަރު ނާޒިމު ވިދާޅުވި ރަގަޅު ވާހަކައެއް.
ޒިޔާދު
02 November 2025
އަހަރެން ދަންނަ ބައެއް ފުލުހުން މުނި ފޫހި ފިލުވާލަންވެސް ބަލަނީ ކުރައިމް ކެޓަގަރީގެ ސީރީޒްތައް. އެބަލައިގެން އާއްމު ދިރިއުޅުމުގައި ވެސް ނުކިއްސަރު އަމަލުތައް ހިންގާ ފުލުހުން ގިނަ.
ދާއޫދުބޭބެ
02 November 2025
ފުލުހުން ކުށް ކުރުމާ، ގާނޫނާ ހިލާފުވުން ދުވަހަކު އާއްމު ނުވާ ވަރަށް މިވެރިކަމުގައި އާއްމުވެއްޖެ. ގޭންގެކޭ އެއްވަރު. ވަކި ވަކި ގިނަ ފުލުހުންގެ ވެސް ހުންނަނީ ކުރިމިނަލް ޖަރީމާ މައިންޑް.
ހަތް ފެން
02 November 2025
ޕޮލިސް ޓުރޭނިންގައި އަޅެ ކިޔާފެނީ ޖަރީމާ ހިންގާ ކުށަށް އަރައިގަންނާނެ ގޮތްތަ؟ ބޮޑުވަރު. ކުރިމިނަލް މައިންޑެޑް މީހުން ތިރިބީ ތިތާ. ލައްފިލުވަ ލައިންވެސް ކުލީން ނުވާ ހިސާބުގައު.
ުަޒީދް
02 November 2025
ކޮބާ ކުއްކުރި ފުލުހުގެ ފޮޓޯ؟ އާއްމު މީހަކަށް ތުރެ ޔުނީފޯމް ބޮޑީ މީހަކު ކުއްކުރީމަ އޭގެ އަދަބު ބޮޑުވާން ޖެހޭނެ. އެހެންނުނި ޔުނިފޯމެއް އެޅުމުގެ ބޭނުމެއް ނެތް. ތިޔަ ފުލުހެކޭ މިހާރު ކުރިމިނަލް މާފިޔާ ގޭންގެކޭ އެއްވަރު. ދެދުވަހުން އެއްދުވަހު ކޮންމެސް އޭގެ މީހެއްގެ ޖަރީމާއެއް. ވައްކަމާ މަސްތުވާތަކެއްޗާ ކޮރަޕްސަނާ ނުކުރާކަ ނޭއްގާނީ އަމަލެއް ނެތް. ސުލޫކުގެ ކަންފުޅެްއް ވެސް ނެތް. ލަދުން ބޯހަލާކު
މޮޑިސް ޖަރީމާ ސާވިސް ތޭ؟؟؟؟
02 November 2025
މިހަފުތާގެ މޮޑިސް ޖަރީމާ ސާވިސް ގެ ފަސްޓު އެޕިސޯޑު! ޝުކުރިއްޔާ ނަވީން ސޯ. ޝުކުރިއްޔާ ރައީސް. އަދިވެސް ބޮޑެތި ސެލެރީއާ އިނާޔަތާ އެމީހުންގެ މުޅި އައުލާދަށް ޕުރައިވެޓް ފުރީ މެޑިކަލް ދީފަ ބަހައްޓާ. އަހުލާގު ސުމެއް!