90،000 އަކަފޫޓުގެ ބިމުން 50،000 އަކަފޫޓު ހާއްސަ ކުރަނީ ޓެކްސީތަކާއި އެހެނިހެން ވެހިކަލްތަކަށް. އަދި 40،000 އަކަފޫޓު ހުސްކުރަނީ ފުލުހުން ޓޯކުރާ ވެހިކަލްތައް ބާއްވަން.
ހުޅުމާލެ ސަހަރާ ކުރިމަތީ އޮތް ހުސް ބިން
09 ސެޕްޓެމްބަރ 2024 - 18:50
ހުޅުމާލެ ސަހަރާގެ ކުރިމަތީގައި އޮންނަ ހުސް ބިން ވެހިކަލްތައް ޕާކް ކުރަން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
އެޗްޑީސީން މިހާރު އަންނަނީ ޕޮލިސް ފްލެޓުތައް ކުރިމައްޗަށް ވާ ގޮތަށް އޮތް އެ ބިން ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ، ޓެކްސީ އާއި އެހެން ބޭނުންތަކަށް ވެހިކަލްތައް ދުއްވާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕާކު ކުރާނެ ޖާގަ ނެތުން ކަމަށެވެ.
އެ މައްސަލަ ހައްލުކޮށް، މާލެ އާއި ހުޅުމާލެ އަކީ އަމާން ތަނަކަށް ހެދުމުގެ ބޭނުމުގައި 90،000 އަކަފޫޓުގެ އެ ބިން ވަގުތީ ގޮތުން ބޭނުން ކުރަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
ހުޅުމާލެ އިން ޕާކިން އަށް ހާއްސަކުރާ ބިމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
އޭގެ ތެރެއިން 50،000 އަކަފޫޓުގެ ސަރަހައްދެއް ހާއްސަ ކުރަނީ އަމީން ވިދާޅުވި ގޮތުގައި ޓެކްސީތަކާއި އެހެނިހެން ވެހިކަލްތަކުގެ ޕާކިން އަށެވެ. ބާކީ 40،000 އަކަފޫޓުގެ ޖާގަ ހުސްކުރަން ނިންމާފައި ވަނީ ފުލުހުން ޓޯ ކުރާ ވެހިކަލްތަކަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި މިތަނުގައި ޕާކު ކުރަން ފުރުސަތު ލިބިގެން ދާނެ،" އަމީން ވިދާޅުވި އެވެ.
އެ ބޮޑު ބިމުގައި ޕާކު ކުރެވޭނެ ގޮތް ހަދަމުން އަންނަނީ ހުޅުމާލޭގައި ޕާކިން އިމާރާތްތައް އަޅަންދެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެޗްޑީސީން ވަނީ 4،000 ޔުނިޓު ހިމެނޭ ޕާކިން ބިލްޑިންގްތަކެއް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފަ އެވެ. އެ މަސައްކަތް ނިމުމުން ޕާކިން މައްސަލަ އަށް ބޮޑު ހައްލެއް އަންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމާން މުސްތޮފާ
10 September 2024
ޕާކިންގ މައްސަލަ ހައްލު ކުރާނީ މި ސަރުކާރުން
މިމްދާދް
10 September 2024
މި 5 އަހަރު މިހުރިހާ މައްސަލަތަކަށް ދާއިމީ ހައްލު ލިބިގެންދާނެ ކަމަށް އުއްމީދުކުރަން.
ބޮޑުބެއަލީ
10 September 2024
ތިސަރަހައްދު ޕާކިންގއަށް ދިނުމަށްފަހު ދެން އެހިސާބު މަގުތަކުގައި ދެފަރާތުގައި ޓެކްސީތައް އަތުރާފަ ހުންނަނަމަ ފުލުހުން ޖެހޭނެ ސްޓިކާރ ޖަހަން. މިހާރުވެސް އެބިމުގެ އިރުމަތީ މަގާއި އުތުރު ގޯޅީގައި ދެފަޅީގައި އެއޮންނަނީ ޓެކްސީތަކާއި ކާރުތައް ޕާކުކޮށްފަ އެމަގުތަކުން ދުއްވާށާއި، ހިނގާއުޅެން އިންތިހާއަށް އުނދަގޫވޭ. މިކަން ފުލުހުން ބައްލަވަންވާނެ.
ބޮންދުކަލޯ
10 September 2024
ތިޔަ ޕާކިން ސަރަހައްދު ވަކި ބަޔަކަށް މިލްކު ނުވާނޭ ގޮތަކަށް އުސޫލުތައް ބައްޓަންކުރާނެ ކަމަށް އުއްމީދު ކުރަން، ގިނަ ފަހަރަށް ވާގޮތަކީ ތިޔަ ކަހަލަ ތަނެއް ދެއްކިޔަސް މުޅިންވެސް ހުންނާނީ އެއްގޮތަކަށްވެސް ބޭނުންނުކުރާ އެއްޗެހި، ދެން އަސްލު ޕާކިން ބޭނުންވެގެން އުޅޭ މީހާއަށް ތިޔަތާ ޕާކުކޮށްލެވޭ ގޮތެއް ނުވާނެ، ހުރިހާ އެންމެން އުޅޭނީ ތަން ލިޔެގެން. މިވީހާ ތަނަށް ރާއްޖޭގައި ކަންތައްތައް ދިޔަ ގޮތަށް ބަލާއިރު މިހެންވުން ގާތީ
އައްޔަ
10 September 2024
މިހާރު ހުރިހާ ކަމެއް ހައްލުވީ އެބަޔަކު އުފަންރަށައް އެބަޔަކު މަޱުމަޱުން ލާންވީ ޓުރެފިކުވެސް ހައްލުވީ ޕާކިންވެސް ހައްލުވީ ސިމްޕަލް އޭރުން މާލޭމީހުނައްވެސް ހަމަޖެހިލައިގެން ނިދާލެވޭނެ އަދިރައްރަށުގެ މީހުނައްވެސް ހަމަޖެހިލައިގެން ނިދާލެވުނީ ވެހިކަލެއް ތިބިމީހުން ވެހިކަލް ތަކާއެކު އެމީހެއްގެ ރަށައް އެމީހަކު (މިސިޔާރުގެ ދަށުން) (އެމީހެއްގެރަށައް އެމީހަކު)
ހަލީމަތު.
10 September 2024
ކ.މާލޭ މީހުން އުފަންވީ ލަންޑަނަށާއި ސިލޯނަށާއި ސިންގަޕޫރު އަދި މެލޭށީޔާ އަށް. އެހެންވީމާ އެމީހުންވެސް އެމީހުންގެ އުފަންރަށަށް ފޮނުވާލަންވާނެ.
ލުބޯ
10 September 2024
ސައިކަލް ޖަހާފަ އަމިއްލަ ޕާކިން އަކަށް ހަދާލާނެ ދުވަސް ކޮޅަކުން.
ބޮޑުޅިޔަންބެ
09 September 2024
ތިޔަވަރުގެ ބިމެއް އޮތްގޮތަށް ޕާކިންކުރާށޭކިޔާފަ ދިނުމަކީ އިބުރާހީމު ރައީސް ހުޅުމާލެއިން ގާތްބަޔަކަށް ބިންބެހުން ކަހަލަ ކަމެއް. ތިޔަބިމުގައި އެކަށީގެންވާ ޕާކިން އިމާރަތެއްކޮށް އެކަށޭނެ ކުއްޔަށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސަންވީ. މިވަރު ހަމަ ނުވިސްނެނީތަ
ދޮންތި
10 September 2024
އެއީ ފްލެޓް އަޅަން ކަނޑައަޅާފަ ޕްލޭން ކޮށްފަ އޮތް ބިމެއް. އެބިމުގެ އުތުރުން އެއަންނަނީ ފްލެޓްތައް އަޅަމުން. އަހަރުތަކެއް ފަހުން އެބިން އަދި ހުސްކުރާނެ.
ވަގުތީ
10 September 2024
ޕާރޓީ ރޫހުގަ ކޮމެންޓް ކުރާތި ބޮޑުޅިޔަންބެ. ރަގަޅަށް ކިޔާލާ ލިޔުން. ވަގުތީ ހައްލެއް ބޭނުންވޭ ދާއިމީ ހައްލެއް ލިބެންދެން
ކަޑަ
09 September 2024
ބޮކި ދިލާލަދެޗޭ ކެމެރާއެވެސް
ގޮމާފުޅު
09 September 2024
އެހެންވީމާ ފުލުހުން ފުލުފުލުގައި ބޮޑުކަންނެލި ބާނައިގެން ތިޔަތަން ފުރާލާނެތާ ނިކަން އަވަހަށް.
ރިބިދޫ އަލީ
09 September 2024
ވަގުތީ ބިންތައް ޖަންގަލީ ވާން ދޫކޮށްނުލާ މި ފަދަ ކަންކަނމަށް ބޭނުން ކުރުން ރަނގަޅު. މަގުތަކުގަ ހުރި ބޭކާރު ވެހިކަން މި ވަގުތައް މިފަދަ ތަންތަނަށް ލާ މަގު ހުސްކޮށްލަން ވީ. ޓްރެފިކް މައްސަލަ ހައްލު ކުރަން އުޅޭ ސަރުކާރަކީ މީ. އެހެން ސަރުކާރަކުން މިކަން ކުރަންވެސް ނޫޅޭ