އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ މައުލޫމާތު އެންޑީއެމްއޭގެ އޮފިޝަލުން ނަގަނީ.-- ފޮޓޯ: އެންޑީއެމްއޭ
09 ސެޕްޓެމްބަރ 2024 - 20:43
ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހ. ދޫހިމިރިގޭގައި ހުންނަ ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 37 މީހަކު ހާލުގައި ޖެހިފައިވާ ކަމަށެވެ. އެއީ 37 ދިވެހިންނާއި 20 ބިދޭސީން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ މައުލޫމާތު އެންޑީއެމްއޭގެ އޮފިޝަލުން ނަގަނީ.-- ފޮޓޯ: އެންޑީއެމްއޭ
"މި މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް މި އޮތޯރިޓީން މިވަގުތު އަންނަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.
ގާމަގު ކެފޭ ހުންނަ އިމާރާތުގައި ތިން ފްލޯ ހުރެ އެވެ. އެ އިމާރާތުގެ މަތީ ދެ ފްލޯ ހަދާފައި ވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ.
އެނގިފައިވާ ގޮތުގައި، އެ ކެފޭގެ މަތީ ދެ ފްލޯ ބޭނުންކުރަނީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ. އެ ތަނުގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭ ކަމަށް ވެސް ވެ އެވެ. ބިދޭސީން ހިންގާ އެ ކެފޭއާ އެކު، އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
އެ ކެފޭއާ ޖެހިގެން ހުރި، ދިވެހިން ދިރިއުޅޭ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.
އަލިފާނުގެ ހާދިސާގައި ހިނގި ތަނުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެންޑީއެމްއޭ
އަލިފާން ރޯވީ ކެފޭގެ ބަދިގޭގަ އެވެ. މިއަދު މެންދުރު ފަހު 3:30 ހާއިރު ރޯވި އެ އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ނިއްވާލީ ގަޑިއިރެއް ހާއިރުވި ފަހުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން ބިދޭސީ ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަންގާޖަމުނާ
11 September 2024
8 ނަމްބަރ ގޯޅި ގައި ހުންނާނެ މިކބުނާ ކަހަލަ ޓިނުން ބުރި ބުރިޔަށް ނަގާފަ ހުރިތަންތަން. ޢެއިން ތަނެއް ބަލާލަބަލަ ކިތަކަށް މީހުން އެތާނނިދައި ހަދާތޯ. ޙަމަނކޮސްވާނެ. މިކަހަލަ އިންސާނުން ފުނިތައް.
މަހާރަދުން
10 September 2024
ތިއީ މިހާރު ބިދޭސީން ޖަހާ އުކުޅަކޭ!....ހިސާބަށް ވުރެ ގައުމެއްގަ އުޅޭ މީހުންނަކީ ގަޅި ކޮހުންނަށް ވީމަ ބޭރުން އަރާ ހިޔަޅުން ބޭނުން މަޅިއެއް ޖަހާނެ. މިގައުމުގަ ގޮނޑި ހޫނުކޮށްގެން ބަތާ ކާ ކޮހުންނަށް ރޭކާވެސް ނުލާނެ...އަދި ގިނަ ދުވަސް ތަކެއް ނުވޭ މާވެޔޮ މަގުގަ އަންދާލިތާ!! މިމީހުންނަށް އެނގޭ ދުވަސް ހަމަ ވެފަ އޮނަްނަ ޕާސްޕޯޓާ އެއްޗެހި އަންދާލާ ހެދީމަ މިގައުމުގަ އުޅޭ ކޮހުންތައް އެއެއްޗެހި ފުރީ ކޮްން ހޯދަދީ އަރާމަުގަ ބައިތިއްބާފަ ރަށަށް ފޮނުވާކަން...
ގާކޮށި ފްލެޓް
10 September 2024
އެތަނުން ބައެއް ފަރާތްތަކުން މުޅި އިމާރާތް މަރާމާތުކޮށް ކުއްޔަށް ދީފައި އަދިވެސް އުޅެނީ ހިލޭ ގާކޮށީގައެވެ. އަދި ބައެއް ފަރާތްތަކުން ގެ ހަދަން ދިން ފައިސާއިން ރާއްޖެއިން ބޭރަށް ދަތުރުކޮށް މަޖާކުރުމުގައި ހޭދަކުރިއެވެ. އެ ވެރިން އަދިވެސް އެ އުޅެނީ ގާކޮށި ފުލެޓުން ނުނެރެވިގެންނެވެ. މުޅި އުމުރަށް ދައުލަތަށް ބަލަދު އަރާފައެވެ.
އަފްރާސިޔާބު
10 September 2024
އެހެންވީމާ ބިދޭސީން ވެސް އެތަން މަރާމާތުކޮށް ކުއްޔަށް ދީފާ އެމީހުންނަށް ވަގުތީ ބޯހިޔާވަހި ކަމުގައި ދިރިއުޅެވޭނެތާ ޢުމުރަށް. އެއިރުން އޮންނާނީ 5 އަހަރުވާންދެން މިގައުމުގައި އުޅުނީތީ ދިވެހިރައްޔިތެއްގެ ލަގަބު ލިބިފައި. މިއަށްވުރެ ފަސޭހައިން އުޅެވޭނެ ތަނެއް ނެތް މިދުނިޔެއަކު. ގައުމުގެ އުފަން ރައްޔިތުންނަށްވުރެ ގިނަ ބިދޭސީ އަންސްކިލްޑް ލޭބަރުންވެސް. އެވެރިން އުޅޭނެ ގޮތަކަށް މަސްތުވާ އެއްޗެހި ވިއްކައިގެންނާއި ހަށިވިއްކައިގެން މިގައުމުގައި އެބައުޅެވޭ.
ގާކޮށި ފްލެޓް
10 September 2024
މިގޮތަށް ހާލުގައި ޖެހޭމީހުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ދިނީމަ އެތަނުން ނުނިކުތުން އެއީ ބޯޑުވެފައިވާ މައްސަލައެކެވެ. 2019 ވަނަ އަހަރު އަބަދަށް ފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ގާކޮށި ފްލެޓުން 3 ކޮޓަރީގެ އެޕާޓްމަންޓް އަކާ އެތައްކެއް މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދިނުމުންވެސް އަދިވެސް އެ ވެރިން ދިރިއުޅެނީ ގާކޮށިން ހަމަޖައސައިދިން ވަގުތީ ބޯހިޔާވަހިކަމުގައެވެ.
ޖޯލިފަތި
10 September 2024
ތިޔަ ތަނުގައި ތިބި އިންސާނުންނަކީ ގުދަންކޮށްފަ ތިބި 'އެއްޗެހި' ތަކަކީތަ؟ ހޫނު އަރާ ބޮލިކާ ގައުމެއްގައި އިންސާނުން ބައިތިއްބަން ހަތަރު ފަރާތުން ޓިނު ޖަހާފަ ހުރި ވާހަކަ އޮތީމަ ހަމަ އަހާލީ. ބޭރަސް އެތެރެޔަސް ގައިމު އިންސާނުންވިއްޔާ ތިޔަތާ ތި އުޅެނީ. ހެޔޮނުވާނެ އެއްނު އެގޮތަށް ހިތަން. ތިޔަ ނޫން ގޮތެއް އޮތްނަމަ ތި ތަނުގަ އެކަކުވެސް ނޫޅޭނެ. ލަދުގަނެ ދެރަވޭ ދިވެއްސެކޭ ބުނަން. ކޮންފަދަ ބޮޑު މުސީބާތެއްތަ!!!
ހަސްފަސް
10 September 2024
އެ ގޭހެ 2 ފަލޯގައި 50 ހަކަށް މީހުން ދިރި އުޅެނީ. ޙަމަ ނޭވައެއް ލެވޭތޯ. މިވަރު ވީމާ ޞިއްޙީ ޚިދުމަތް ފުރިހަމައަށް ލިބިދެވޭނެތޯ.. "އިންސާނީ ފުނިގެހުން" މިޤައުމުގައި ހުއްޓުވޭނެ ގޮތެއް ހޯދައެއް ނުދެވުނު.
އަތްޖަހާ
10 September 2024
މިތަންތަން ހުންނަން ޖެހޭނީ އިންޝޫރެންސް ކޮށްފަ. އިންޝޫރެންސް އިން ހާލުގަ ޖެހުނު މީހުންނާ ހަވާލިވާން ޖެހޭނީ
ދަލޭކަ ދައިތަ
09 September 2024
ދިވެހިން ކުއްޔަށް ނުނަގާނެހެން ހުންނަ ތަންތަން ކުއްޔަށް ދެނީ ބޮންދަކަށް. އޭނަ އެތަން އެކޮމޮޑޭޝަން ބުލޮކަކަށްހަދާ މިތާ އުޅޭ ބިދޭސީން ނިދާ ހާއްޔެއްހެން އެތަނަށް ފައިސާ ދައްކާހާ ބަޔަކު އެތަނަކަށް ވައްދަނީ. ދިވެހި މީހާ ބަލާވެސްނުލާ އޭނަޔަށް ބަރާބަރަށް ގައިސާ ދަށްކާތީ.. މިހެން ކިތަންމެ ތަނެއް ހުންނާނެ.
ދަގަތްފާނު
09 September 2024
މިކަހަލަ ކޮންމެކަމެއްގައި "އެއީ ބިދޭސީން އުޅޭތަނެއް"... މިހެން ކިޔައިގެން ނިންމާލާތަން މިފެންނަނީ. އެކަމަކު ތިޔައީ ދިވެއްސަކަށް ދައުލަތުން ހަވާލުކޮށްފަ އޮންނާނެތަނެއް. އެމީހާ ހޯދާފަ ތިތަނުގެ ހާލަތު ތިގޮތަށް ހުންނަންޖެހުނު ސަބަބު އޭނާ ކާރިން ސާފުކުރަންޖެހޭ.
އަފްރާސިޔާބު
09 September 2024
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބޭނުން ކޮށް ފައިދާ ނަގާފައި ހާލުގައި ޖެހުނީމާ ދައުލަތަށް ބަލަދު މިއެރީ.
ގޮމަ
09 September 2024
50 އަށްވުރެގިނަ ބިދޭސީން ނިދާތަނެއްނަމަ ދެންތިބި މީހުންތައް ކޮބައިބާ؟ ޤަވާޢިދާ ޚިލާފަށް އުޅޭތީ ފިލިތޯ؟