ޗައިނާގެ ވާވޭއިން މިއަދު ތައާރަފްކުރި ފޯނު. -- ފޮޓޯ: އޭއެފްޕީ
10 ސެޕްޓެމްބަރ 2024 - 15:01
ޗައިނާގެ ވާވޭއިން މިއަދު އެ ކުންފުނީގެ އާ ފޯނު ދައްކާލައިފި އެވެ.
ވާވޭގެ މި ފޯނު އޭއައި އަށް ހާއްސަކޮށް އުފައްދާފައި ވާއިރު ތިން ތަނުން ފަތްޖަހާލެވެ އެވެ. މީގެ އަގަކީ 2،800 ޑޮލަރު ކަމަށް ވާއިރު މިއީ ވާދަވެރި އެޕަލް އިން ރޭ ތައާރަފްކުރި އައިފޯނުގެ އާ މޮޑެލްގެ އަގާ އަޅާބަލާއިރު ތިން ގުނަ ބޮޑު އަގެކެވެ.
އާ ފޯނު "މޭޓް އެކްސްޓީ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ވާވޭގެ އެގްޒެކެޓިވް ރިޗަޑް ޔޫ އެ ކުންފުނީގެ ހެޑްކުއާޓަރުގައި ބޭއްވި ކީނޯޓް ޕްރެޒެންޓޭޝަނެއްގަ އެވެ.
ޕްރިމިއަމް ފޯނެއްގެ ގޮތުގައި ފަރުމާކުރި މޭޓް އެކްސްޓީ ލޯންޗް ކުރުމުގެ ކުރިން ތިން މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މޭޓް އެކްސްޓީ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ޗައިނާގެ ވާވޭއިން މިއަދު ތައާރަފްކުރި ފޯނު ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ
މި ފޯނު ރަސްމީކޮށް ވިއްކަން ފަށާނީ އައިފޯނު ވެސް ވިއްކަން ހަމަޖައްސާފައިވާ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ރަތް ކުލަ އާއި ރަން ކުލަ ހިމަނައިގެން ވަރަށް ތުނި ޑިޒައިނެއްގައި އިޝްތިހާރުކޮށްފައިވާ މި ފޯނު 10.2 އިންޗި (26 ސެންޓިމީޓަރު) ގެ ޓެބްލެޓަކަށް ބަދަލުކޮށްލެވެ އެވެ. މީގެ ބަރުދަނުގައި ހުންނަނީ 298 ގްރާމެވެ.
"މިއީ ތިން ތަނުން ފަތްޖެހޭ ގޮތަށް ފުރަތަމަ ފަހަރަށް އުފެއްދި ފޯނު،" ކީނޯޓްގައި ޔޫ ވިދާޅުވި އެވެ.
ވާވޭ އިން މި ފޯނު ނެރެފައި މިވަނީ ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސަށް ހާއްސަކޮށްގެން އެޕަލް އިން އުފެއްދި އައިފޯން 16 ތައާރަފްކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮނާޑު
18 September 2024
ޖީބަށް ލެވޭފޯނެއް ނޫން. ތި ލާން ދަބަހެއް ހޯދަންޖެހޭނީ. ތިޔަށް ކިޔާނީ ފަށްޖެހޭ ޓެބްލެޓް. އަގާ ބަލާފަ މާ ރަނގަޅުވާނު ސަރފޭސް ޕްރޯއެއް ގަނެގެން ގެންގުޅުނަސް ހަމަ އަތުން ހިފައިގެން އުޅޭނީ. އޮފީސް365 ވިންޑޯޒްގައި ރަނގަޅަށް މަސައްކަތް ކުރާނީ. އޮފީހުގައި ސަޅިކޮށް ބޭނުންކުރެވޭނެ ތީތިގަނޑަށް ވުރެ.