މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
10 ސެޕްޓެމްބަރ 2024 - 21:47
ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަންދާ، މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސް އާ އެކުގަ އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން ހަ ދާއިރާއަކުން 561 ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސް އިން ނިންމާފައިވާ ކަމަށެވެ. އެއީ:
- އާރޓްސް އެންޑް ހިއުމެނިޓީސް: 75 ސްކޮލަޝިޕް
- އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ: 150 ސްކޮލަޝިޕް
- ލައިފް ސައިންސަސް އެންޑް މެޑިސިން: 63 ސްކޮލަޝިޕް
- ނެޗުރަލް ސައިންސަސް: 11 ސްކޮލަޝިޕް
- ސޯޝަލް ސައިންސެސް އެންޑް މެނޭޖްމަންޓް: 255 ސްކޮލަޝިޕް
- އެހެނިހެން: 7 ސްކޮލަޝިޕް
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
"މި އެއްބަސްވުމުން ރަމްޒު ކޮށްދެނީ ތައުލީމީ ދާއިރާގެ ކުރިއެރުމާއި، ދެ ގައުމުން ތައުލީމީ މަރުކަޒުތަކުގެ ތަރައްގީގެ އިތުރުން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް ދެއްވާ އަހަމިއްޔަތު،" މާރިޔާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ދޫކުރާ ސްކޮލަޝިޕްތަކުގައި ދަރިވަރުންގެ ކޯސްފީއިން ދޭ މާލީ އެހީގެ އިތުރުން، ދަރިވަރުންނަށް ވިސާ އަދި އިދާރީ ކަންކަން ހަމަޖެއްސުމުގައިވެސް މެލޭޝިއާގެ އިދާރާތަކުގެ ލުއިފަސޭހަކަން ހޯދައިދޭނެ ކަމަށް ގްލޯބަސް ސާވިސް އިން ވަނީ ބުނެފަ އެވެ.
މެލޭޝިއާ އަކީ އެންމެ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލް ކުރަމުން އަންނަ އެއް ގައުމެވެ. އެގޮތުން އެ ގައުމުގައި 1700 އަށް ވުރެ ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޝީރު
11 September 2024
ޚަބަރަކީ އެ ޚަބަރެއް ކިޔައިގެން ކަންތައް އޮޅުން ފިލުން. މި ޚަބަރު ކިޔައިގެން އެނގުނު އެއްޗެއް އިނގެން އެ އޮތީ ހަމަ އެކަނި ހެޑްލައިން ކިޔާލީމަ ވެސް. ދެން މައުލޫމާތު ސާފު ކުރަން ހަޔަރ އެޑިއުކޭޝަނަށް ދިޔައިއްޔާ ބޭފުޅުންގެ ފައިންޕުޅު ނުފެންނާނެ. ކައުންޓަރގަ ތިބި ކުދީންނަށް މައުލޫމާތު ނުދެވޭނެ. ފޯނެ/މެސެޖް/އީމެއިލް ކޮށްގެން ރިޕްލައި ނުލިބޭ. ރައްޔިތުންނަށް ތުރާލަކަށް ވެފަ އޮތް ތަނެއް. ޥައުދުފުޅުވީ ކަންކަން ކުރަން ކޮށްފަ ދެއްކުން މުހިއްމެއް ނޫން.
އަނިޔާ
11 September 2024
މި އަނެއްކާ ސްކެމްއެއް ނޫންބާ! ކިޔާ ނިމުނުއިރުވެސް ވާ ނުވާއެއްނޭގޭ، ސްކޮލާޝިޕް އިޢްލާންކުރާއިރު ވެސް މި ކުރަނީ ދޮގާ، މަކަރާ އޮޅުވާލުން ހިމަނައިގެން. ބޯކަލާކުވެއްޖެ.
ވާނުވާގަ
11 September 2024
ފުލް، ނުނީ ހާފް ސްކޮލަޝިޕްތަ؟ ސްޓައިޕެންޑް ލިބޭތަ؟ އެކޮމޮޑޭޝަން ހިލޭތަ؟
ހަމަޖު
11 September 2024
މޮޅިންވެސް އޮޅުވާލުން، އެއުޅެނީ ސްޓޫޑެންޓް ލޯނު ނުދީ ކޮންމެސް މޮޅުއެއްޗެއް ހަދަން
އަލިބެގެ
11 September 2024
ތަންކޮޅެއް ތަފްސީލްކޮށްލިނަމަ ކޯސް ފީގެ މާލީ އެހީތެރިކަމަކީ ކޮބައިކަން؟ އާންމެ ގޮތެއްގައި ސްކޮލާޝިޕްއަކީ ދޭ ފަރާތުން މަދުވެގެން ކިޔެވުމަށް ދާ ހުރުހާ ޚަރަދެއް ދޭނެ.
އަބްޑޫޅް +
11 September 2024
އަހުރެން ބޭނުން ޕީއެޗުޑީ ނެގުމުގެ ރޮނގުން ޕީއެޗުޑީ ނަގަން. މިހާރު ނަގަން މި އުޅޭ ޖަމާތްތެރި ކަމުގެ ސަނަދު ލިބުނީމަ ފޯމު ވައްޓާލާނަން. އަދި ހަލާލު ކަތިލުމުގެ ސަނަދުވެސް އެބަ ނަގަން.
ޑީޓްސް
11 September 2024
ބެޗަލާޒް؟ މާސްޓާޒް؟ ކޮން ޔުނިވާސިޓީއަކުން؟ އެޕްލިކޭޝަން ތާރީހް؟
ކަކުނިބޯ
11 September 2024
މެލޭޝިޔާއަކީ އޭޝިޔާއަށްބަލާފިނަމަ މަތީތައުލީމުގެފެންވަރެއްއޮތަނެއްނޫން. މެލޭޝިޔަން ކޮލިފިކޭޝަނަކީ ފެންވަރުދަށް ކޮލިފިކޭޝަންތަކެއް އެހެންބުނީމާ އެއްމިއެއްނުބަލާ ކޮމެންޓްކުރާނީކީނީން މެލޭޝިޔާގަ ފެންވަރުރަނގަޅު ތައުލީމެއްލިބެނީ އެތަނުގައިހުރި ޔޫކޭ، އޮސްޓްރޭލިޔަން ފަދަ އިންޓަރނޭޝަނަލް ޔުނިވަރސިޓީތަކުން އެކަނީ. ޢެންމެކުޑަމިނުން މަދުރަސީތައުލީމުގެ އޭލަވަލް އަދި އޯލެވެލް ފެންވަރގެ މެލޭކޮލިފިކޭޝަންގެ ސިލަބަސްގެ ފެންވަރުވެސް ވަރަށްދަށް
ޢެމްއެޗް
11 September 2024
ތެދެއް ތިޔަބުނީ.. ސިންގަޕޫރާއި އަޅާ ބަލާފައި މެލޭޝިޔާ ވަރަށް ދަށުގައި އުޅެނީ.
އަހުމަދު ބޭ
11 September 2024
މެލޭޝިއާއިން ކިޔަވައިގެން އަންނަ ކުދިން ގިނަވާން ފެށިފަހުން ހަމަ ގައިމު ކޮންމެވެސް ކަހަލަ ބަދަލުތަކެއް ރާއްޖެއަށް އަތުވެއްޖެ. ތިބޭފުޅުން ނިންމަވާ ކޮންކަހަލަ ބަދަލުތަކެއްތޯ އައީ.
އަލިބެ.
11 September 2024
ސަރުކާރުގެ ބޮޑުންގެ ދަރިންނަށް ބޭނުންވާގޮތަައް ފަހަން އުޅޭ ކޯޓެއް މީ. ސަރުކާރާ ގުޅުންނެތް މީހުން ޖެހޭނީ ހުރިހާ ޚަރަދެއްވެސް އަމިއްލައަށް ކުރަން.
ބަރުބާދު
10 September 2024
އޮޅިއްޖެ، "ކޯސްފީއިންދޭ މާލީއެހީގެއިތުރުން ވިސާހަމަޖެއްސުމުގައިވެސް ލުއިފަސޭހަކަން ހަމަޖައްސައިދޭނެއެވެ.". ތީކިހިނެއްދޭ ކޯހެއްބާ، ކޯސްފީ ދައްކަންޖެހޭކަން އެނގިއްޖެ. ހުރުމާ ކެއުމާ ކިހިނެއްބާ؟.
ޖެނިން
11 September 2024
ޙުރިހާ ކަމެއްގަ ވެސް އޮޅުވާލުން ، ސާފުސީދާ ބަހުރުވައަކުން ބުނާނާކަށް ބޭނުމެއްނޫން ، އާޙިރުގަ ތިޔަ ސްކޮލަޝިޕްގެ ހުރިހާ ހަރަދެއްކުރަން ޖެހޭނީ ދަރިވަރުން