ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނަން ބޯޑު: ހައުސިންގެ ދަށުން ހިންގި ލޭންޑް އެންޑް ސާވޭ އޮތޯރިޓީ މިއަދު ވަނީ އުވާލައިފައި.-- ފޮޓޯ: މިހާރު
12 ސެޕްޓެމްބަރ 2024 - 12:22
ރާއްޖޭގެ ބިމާއި ފަރާއި ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުން އުފެއްދި ލޭންޑް އެންޑް ސާވޭ އޮތޯރިޓީ މިއަދު އުވާލައިފި އެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ ހިންގަމުން އައީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ. ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ އޮތޯރިޓީ އުވާލެއްވުމަށް ފަހު އެތަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ހައުސިން މިނިސްޓްރީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބަދަލު ގެނައީ އެ އޮތޯރިޓީން ކުރަމުން އައި މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. އެއީ ރާއްޖޭގެ ބިމާއި ފަރާއި ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން ގެންދާތީ، އެ މައުލޫމާތު ބޭނުންވާ މީހުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް އޭރު އުފެއްދި އިދާރާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު މުއާ
12 September 2024
މީ މިކަން ކުރަން ޖެހޭ ގޮތަކީ. އަބަދުވެސް މިކަން އޮންނަވީ މިހެން.
އިމްރާން އަލީ
12 September 2024
ފުރިހަމަޔަށް ތާއިދު. ބޭކާރު ހަރަދު ކުޑަކުރަން ޖެހޭ.
ޖުމާނާ އަލީ
12 September 2024
ކޮން ހަރަދެއްތޯ ކުޑަވީ؟ އެތާ މުއައްޒަފުން ބަދަލުކުރީ ހައުސިން އަށް. އެންމެ މީހަކު ވެސް ވަޒީފާއިން ވަކި ނުކުރޭ އެތަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ހައުސިން މިނިސްޓްރީން
އައިމަން މުހައްމަދު
12 September 2024
ލަސްްވެސް ވެއްޖެ ކަމެއް. ދެން މާ އެފިޝިއެންޓް ކޮށް މިތަން ވެސް ހިގާނެ
އީޒާން މުހައްމަދު
12 September 2024
މި ނިންމުން ހަމަ ސަތޭކަ. ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް މިހެން މިކަން ކުރިންވެސް އޮންނަން ޖެހޭނީ. ތަންތަން ހަދައިގެން ބޭކާރު ހަރަދު އިތުރު ކުރުމުގެ ބޭނުމެއް ނެތް
ތިހާމް ހުސައިން
12 September 2024
މިދިޔަ ސަރުކާރުތަކުން ބޮޑު ހަރަދުގަ ހިންގި ތަންތަން މިއީ. އެއް ގޮތަކަށްވެސް ކަމުދާ ކަމެއް ނޫން. މިހެން ވާންޖެހޭނެ. މިކަހަލަ ބޭކާރު ހަރަދުތައް ކުޑަވާން ޖެހޭނެ
ނަން ޖަހާ
12 September 2024
މަލް އާއި ޝިއު އިސްތިއުފާދިނީމަވެއް މި ކޮމެންޓު ލިޔެލި ނަމަ
އީމާން ޔޫސުފް
12 September 2024
ރައީސް މުއިއްޒްގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ހަމަ ވަރަށް ރަނގަޅު.
ޚަރަދު
12 September 2024
މިކަމުން ޚަރަދުކުޑަވާ ގޮތެއް ނޭންގުނު. ކިޔައިދީބަލަ.
އާބިދާ މުހައްދު
12 September 2024
ތިތާގަ އުޅުނު މީހެއްގެ ސަބަބުން ބުނެލާނީ މިތަނީ ހުންނަން ކޮންމެހެން ޖެހޭ ތަނެއް ނޫން ވަކި ތަނެއްގެ ގޮތުގައި. ބޭކާރު ހަރަދެއް ހަގީގަތުގައި ދަނީ. މި ނިންމުން ރަނގަޅޭ
ފޯޅަވަހި ސަރުދާރ724
13 September 2024
އެންމެ ލާރިއެއްވެސް ޚަރަދު ކުޑަވިތަ!
ހާމިދާ ޝަކީލް
12 September 2024
މީ ސަރުކާރުން ރައީސް ނިންމެވި ވަރަށް ރަނގަޅު ނިންމުމެއް. ސަބަބަކީ މީގެ ސަބަބުން ހަމަ ގައިމުވެސް ބޭކާރު ހަރަދު ކުޑަވާނެ.
އަދުހަމް ތައުފީގް
12 September 2024
ރައީސް މުއިއްޒް މި ގެންނަ ބަދަލްތައް ހަމަ ވަރަށް ރަނގަޅު. މީގެ ސަބަބުން އިހުނަށްވުރެ ފައިދާ ބޮޑުވާނެ.
ޒާހިރު ޖަނާހް
12 September 2024
މީ މަ ކުރިންވެސް ދައްކާ ވާހަކައެއް. ސަރުކާރު އިދާރާ ތަކުގެ ތެރޭގައި އެކި އެކި އޮތޯރިޓީތައް ގިނަކޮށް، ވަކި ބަޖެޓަކާއި ވަކި ހައިސިއްޔަތަކުން މަސައްކަތްތަކެއް ކުރުމުން ހަރަދު ބޮޑުވޭ، ހަރަދު ކުޑަ ކުރާ ނަމަ ހަމަ ހަގީގަތުގައިވެސް، މިކަހަލަ އެތައްކަމެއް ކުރަން އެބަ ހުރި މިނިސްޓްރީ ތަކުގައި. ވަރަށްވެސް މުހިންމު ނިންމުމެއް. އަދިވެސް ދެން ހުރި އިދާރާތައް އެއްކޮށްލުން ބުއްދިވެރި.