ޚަބަރު / މަތީ ތައުލީމު

ޕީއެޗްޑީ ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަނީ

އެމްކިއުއޭގެ ބައްދަލުވުމެއް ކުރިއަށްދަނީ: އެމްކިއުއޭއިން ގަބޫލު ނުކުރާ ޕީއެޗްޑީ ސެޓްފިކެޓެއް ބަލައިގަންނަން އަމުރުކުރި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް އެމްކިއުއޭއިން ބުނޭ --- ފޮޓޯ/އެމްކިއުއޭ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް އެމްކިއުއޭ އިން ބުނެފި އެވެ.

ފިލިޕިންސްގެ އެލްޑާސްގޭޓް ކޮލެޖުގެ ސަނަދު ލިބޭ ގޮތަށް ސްރީ ލަންކާގެ އެއިމްސް ކޮލެޖުގައި ހިންގާ ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭ އިން އެ ކޯސް ގަބޫލުކުރާކަން 2016 ގައި އެންގުމުންނެެވެ. އެކަމަކު ޖެނުއަރީ 2018 ގައި އެ ކޯސް ގަބޫލުކުރުން އެމްކިއުއޭ އިން ހުއްޓާލިޔަސް، އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލުކުރާނެ ކަން އެންގި އެވެ. ނަމަވެސް 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެކަމަށް އެމްކިއުއޭ އިން ދެކޮޅު ހެދި އެވެ.

އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރެވެން ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭ އިން ޒިންމާވާން ޖެހޭ ކަމަށް ވެސް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމްގައި އެންގީ އެ ތިން މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އެމްކިއުއޭއިން މިއަދު ކުރި އިއުލާނެއްގައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްކިއުއޭއިން އެގޮތަށް ބުނިއިރު، ދައުލަތުން ވެސް ހައި ކޯޓުގައި ވަނީ އެ ތިން މީހުންގެ ސެޓްފިކެޓް ބަލައިގަންނަން ޖެހޭ ކަމަށް ބުނެފަ އެވެ.

12 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 27%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަގެއްނެތް

13 September 2024

އަގެއް ނެތް ފެންވަރެއް ނެތް ފޭކު އެއްޗަކީ އަގެއް ހުރިއެއްޗެއް ކަމަށް ނިމްމީމާ އެވާނީ ޖޯކަކަށް. ވާލުސޮރުވެސް ހައިކޯޓުން އެކުރި ފެންވަރުގެ ހުކުމެއް ނުކުރާނެ. މީހަކު އެއްޗެއް ބުންޏަސް ނުބުންޏަސް އެޒާތުގެ ހުކުމް ކުރާ މީހުންގެ ޤާބިލުކަމެއް ނެތީ. ތައުލީމަކީވެސް ކުޅޭކުޅޭ އެއްޗަކަށް އެހެދީ. އަނގަތަޅައިގަތީމާ ދޮގުވެރިއަކު ތެދުވެރިއަކަށް ހަދައި ހުކުމްކުރުންފަދަ ހުކުމެއް.

The name is already taken The name is available. Register?

ޕޫރުބެ

12 September 2024

ދައުލަތުގެ ވަކީލުން ހުދު ދިދަނަގާ އަމާންދީފަ، ދެން އަލުން އެމްކިޔޫ އޭ އިންތޯ އެމައްސަލައިގާ ވާހަކަ ދައްކާނީ؟؟؟؟ މީގަ އޭޖީގެ ޑީލެއް އުޅޭހެން ހައުދަ ހީވެއޭ!

The name is already taken The name is available. Register?

ކުޑަވަކީލު

12 September 2024

ހައިކޯޓުގަ ބަންޑާރަނަައިބު އެއްބަސްވީ ގޯސް ނިންމުމެއްކަމަށް އެމްކިއުއޭއިން ނިންމީ. ދެން އިސްތިއުނާފަށް އެމްކިއުއޭއިންދަނީ އަމިއްލައަށްތަ؟ ދައުލަތުގެ ގާނޫނީ ނިޒާމު އޮންނަ ގޮތް އެމްކިއުއޭއަށް އެނގޭތަ؟ މިހެން އެކި ގޯސްތައް ދައުލަތުގެ އެކި ތަންތަނުން ހަދާފަ މަ މޮޅޭވާން ނޫސްބަޔާން ނެރެ ޕްރެސްކޮންފަރެންސް ބާއްވަނީ

The name is already taken The name is available. Register?

raajje

12 September 2024

އިސްތިއުނާފުކުރުމަކީ މައްސަލައެއްނޫން، ހަމައެންމެރަނގަޅުކަމެއް، މިމައްސަލައިގާ އިސްތިޢުނާފުކުރުން ނުކުރުމަށްވުރެން ރަނގަޅުކަމަށް އަޅުގަނޑުދެކެނީ، ސަބަބަކީ އިސްތިއުނާފުގެނަތީޖާ ނިކުންނަގޮތުން ދަށުކޯޓުގެނިންމުން ރަނގަޅުކަން އިތުރަށްހާމަވުމުގެފުރުސަތުއޮތުން، އަޅުގަނޑުގެ ތަޖުރިބާއާ ވިސްނުމުގެމައްޗަށްބުރަވެ މިމައްސަލައިގެ އެކޮޅުމިކޮޅާއި ވަށައިގެންބަލާލާއިރުވެސް ދަށުކޯޓުގެނިންމުން ގޯސްވުމުގެ އެއްވެސްފުރުސަތެއްނެތް، ދެންބަލަމާވާގޮތެއް!

The name is already taken The name is available. Register?

ބޭގަރާރު

12 September 2024

ފޭކު އެއްޗެއް ވާނީ ހަމަ ފޭކު

The name is already taken The name is available. Register?

އާމްސް ފަރީދު

12 September 2024

ހުކުމުގައި ނެތް އެޕީއެޗްޑީ ބަލައިގަންނާކަށް، ހުކުމުގައި އޮތީ އެމްކިޔުއޭގެ ގަވާއިދު ނުވަަތަ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ކިޔަވަންފެށި ކުދިންގެ މައްޗަށް އެއުސޫލު ނުހިނގާނެއޭ، އެހެންވީމާ އެކުދިންނަ އެމްކިޔުއޭއިން އެންގިއޭ ޕީއެޗްޑީ ގަބޫލުކުރާނެކަމަށް، އެހެންވީމާ އެކުދިންގެ ޕީއެޗްޑީ ގަބޫލުކުރަންވާނެއޭ، ފަހުން ހެދޭ ގާނޫނެއް ގަވާއިދެއް ކުރީގެ ކަންކަމަށް ނުހިނގާނެއޭ

The name is already taken The name is available. Register?

ކަނީރުމާގެ

12 September 2024

ކޮން ހަމަޔަކުން ކޮން ބިމަކުން ކޮން ގްރައުންޑަކުން ބާ؟ ދައުލަތުން ހައިކޯޓުގައި ބުނީ ތިމަންނަމެން ދައްކާނެ ވާހަކައެއް ނެތޭ، އަދުލުވެރި ހުކުމެއް ކޮށްދޭށޭ. ދެން އިސްތިއުނާފުކޮށްގެން ވާނެ މޮޅެއް އެބައޮތްތަ؟

The name is already taken The name is available. Register?

ީޖހ. ޙހހ

12 September 2024

ފިޒާނާ ސްޕްރީމް ކޯޓުން ބަލިވެއްޖެއްޔާ އިސްތިުފާ ދިނުން ރީތިގޮތަކީ..

The name is already taken The name is available. Register?

ކޮލިޓީ

12 September 2024

ނުޖެހޭ އިސްތިއުފާ ދޭކަށް!ކޯޓަށް ދިއުމަކީ ރޫޓިން ކަމެއް!

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

12 September 2024

އެމްކިޔޫއޭވެސް ދެންމިއުޅޭވައްތަރެއްދޯ؟ އަމިއްޔައަށް މަޅީގަބެދިފަ ދެންމިއުޅެނީ ދެރަނުވާންވެގެން.

The name is already taken The name is available. Register?

އެމްކީއުއޭ

12 September 2024

އެމްކިއުއޭ މިހާރު ސަރުކާރާ ދެކޮޅަށް ނުކުތީ ތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454