13 ސެޕްޓެމްބަރ 2024 - 15:17
ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމުގެ މަގުފަހިކޮ ށްދިނުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކޮށް، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.
"މި ފަހުމުނާމާގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދ،ު ދެ ގައުމުގެ ފައިސާ އިން މުއާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާ އިން އިމްޕޯޓްކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ،" ދިވެހި ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން މުހިންމު ފިޔަވަޅަކެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެ އެވެ. މިވަގުތު، ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
މިދިޔަ ހަފުތާގެ ނިޔަލަށް ޗައިނާ އިން މި އަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 200،000 ހުރަސްކޮށްފަ އެވެ.
ރާއްޖޭގެ އިގުތިސާދާއި އަދި މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް އިރު، ހާއްސަކޮށް ބޭރު ފައިސާއަށް އޮތް ޑިމާންޑު ކުޑަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޗައިނާގެ އިތުރުން ރާއްޖޭން އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އިންޑިއާއާ އެކު ވެސް ރުފިޔާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން މަޝްވަރާތައް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޝޔތ
14 September 2024
މިއީ އެމެރިކާ ޑޮލަރާއި ދުރަށް ޖެހުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޗައިނާގެ ރޭވުންތެރިކަމުގެ ދަށުން ކުރާ ކަމެއް....... މިއީ ވަރަށް ރަނގަޅުކަމެއް.......
އިސްމާއިލް އުޝާމް
14 September 2024
700 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރޭ އަހަރަކު. ދެން 700 މިލިޔަން ވަރަށް ސަލާމަތް ވާނެ
އައިޝަތު މާހާ.
14 September 2024
ރައީސް މުއިއްްޒް މާ ގަދަ. އެއްވެސް ބަޔަކަށް ނުވި ރަނގަޅު ކަންކަން މިކުރަނީ.
އުނބު
14 September 2024
ރުފިޔާއިން ފައިސާ ދެއްކިއަސް މިޤައުމުން ބޭރުވެގެންދާނީ ހަމަ ޑޮލަރު. ޗައިނާ ސަރުކާރުން މިޤައުމަށް އެއްޗެއް ދައްކަންޖެހިފައިހުރިނަމަ އެފައިސާ ޗައިނާ ސަރުކާރުން މިޤައުމަށް އަނބުރާ ދެއްކުމުގެ ފުރުޞަތު އޮންނާނެ. އެކަމަކު މިހާރު ދިވެހި ފައިސާއިން ޗައިނާ ސަރުކާރުން ކުރާނީ ކޮން ބޭނުމެއްތޯ؟ ހައްތަހާވެސް ބޯގޯސްވާހަކަ
އެމެރިކާ
14 September 2024
ކޮވިޑް ބަލިމަޑުކަމުގަ ޗައިނާއިން ރާއްޖެއައް ބޭނުންވާކަމެއް ކޮއްދޭން ބޭނުންވާ ވާހަކަ ފޮރިން މިންޓަރު ކައިރީ ބުނި. މިނިސްޓަރު އުޅުނީ އިންޑީޔާ ޕްރޮމޯޓް ކުރަން ދިވެހިންނަ އެމްމެ އަޅާލަނީ އިންޑިޔާއޭ ދައްކަން. އެމްޑީޕީ ކަޑަ
ސއދ ފ
14 September 2024
ފަހުމުނާމާއެއް މީގެން ކޮންފައިދާއެއްވާނީ؟
ޕޫރުބެ
14 September 2024
އިބޫ ސަރުކާރުން ބުނީ ޔާމީނު ވެރިކަމުގައި ނެގި ދަރަނިންނޭ ބަނގޫރޫތާއި ދިމާލަށް ދިޔައީ! މުއިއްޒު ސަރުކާރުން މިބުނަނީ އިބޫސަރުކާރާހެދި އޭ! ކަން ކަންމެގޮތަކަށް އޮތަސް ވެރިކަމަށްވީ ވަޢުދުތައް ހަނދާން ހުންނާނެކަމަށް އުއްމީދުކުރަން! ބަނގުރޫޓާއި ދިމާލަށް ދާއިރުވެސް ހުވާކުރުމުގެ ރަސްމިއްޔާތަށް 27 މިލިއަން! ބޮނޑެތި ބިޔަ ގައުމުތަކުގެ ކެބިނެޓަށް ވުރެ ބިޔަ ކެބިނެޓެއް! ސިޔާސީ މަގާމްތައް ހަބޭސް! މިހާރުވެސް ވަޒީފާތަކަށް ނަގާވަރުން ނަގަނީ؟؟؟
ޝޮކްތެރަޕީ
14 September 2024
ރާއްޖޭގެ އިގްތިސޯދު އަޑިއަޅުވާލީ އެމްޑީޕީގެ ފީކަޅާ ސިޔާސަތުގެ ސަބަބުން. އިގްތިސޯދު ހަމަޔަކައް އަޅުވަން ކުރާ މަސައްކައްތަ ދުވަސްކޮަޅެއް ނަގާނެ.
ވަކަބްލިސް
14 September 2024
އަޑިއަޅުވާލީ ހުރިހާސަރުކާރު ވެގެން. މިސަރުކާރުވެސް
އެއްކަލަ އެމރިކާ ކޮބާ
14 September 2024
މި އުޅޭ އެއްކަލަ އެމެރިކާ އެމްބަސީ މީހުން ވަރަށް ކަންބޮޑުވާނެ
އުއްތަމަ އުސްތާޛް
14 September 2024
ރުފިޔާ ޗާޕުކޮށްލާފައި ޗައިނާ ދަރަނި ދައްކާލަބަލަ